ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ކްލަބް މޯލްޑިވްސްއިން މިއަހަރުގެ ތެރޭގައި ހަތަރު މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުގެ މުބާރާތްތައް މިރޭ ފަށާނެ އެވެ.
- 18/30 ތާޓީ ކްލެސިކް 2023
- އަށާރަ ތިރީސް 2023
- ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 2023
- ކްލަބް މޯލްޑިވްސް 2023
އެގޮތުން, 18/30 އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތެވެ. އަންހެނުން ބާރުވެރިކުރުވުމަކީ މައިގަނޑު ފޯކަސް ދާއިރާއަކަށްވެފައި މިއަހަރުގެ ޝެޑިއުލް މުބާރާތްތަކުގެ ސިލްސިލާއަށް މި އާ އެޑިޝަން ފެނުމަކީ އުފާކުރާ ކަމެއް ކަމަށް ދިރާގުން ބުނެ އެވެ.
ކްލަބް މޯލްޑިވްސް އަކީ 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. މި މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ފުޓްސަލް ތަރައްގީކޮށް ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ފުޓްސަލް ކުރިއެރުވުމެވެ.
ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެމުންނެވެ.











