ފްލެޓް މަސައްކަތުގައި އުޅޭ މުވައްޒަފުން ހަޅުތާލުކޮށްފި

ފްލެޓް އެޅުމުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ. ފޮޓޯ:ރައްޔާން މުހައްމަދު/އަދަދު

ފްލެޓް އެޅުމުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ. ފޮޓޯ:ރައްޔާން މުހައްމަދު/އަދަދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މި ސަރުކާރުން ތަަރައްގީކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ މުވައްޒަފުން ހަޅުތާލަކަށް ނުކުމެއްޖެ އެވެ.

މި ސަރުކާރުން ފެށި ފްލެޓް މަޝްރޫއުގެ ތެރެއިން 2،000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާ އެވެ. އަދި އަނެއް 2،000 ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެގައުމުގެ ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ އެވެ.

މިއަދު ހަޅުތާލުކުރީ ޖޭއެމްސީގެ މުވައްޒަފުންނެވެ.

ފްލެޓް އެޅުމުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ. ފޮޓޯ:ރައްޔާން މުހައްމަދު/އަދަދު
ފްލެޓް އެޅުމުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ. ފޮޓޯ:ރައްޔާން މުހައްމަދު/އަދަދު

ފްލެޓް އެޅުމުގެ މަސައްކަތުގައި އުޅޭ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ. ފޮޓޯ:ރައްޔާން މުހައްމަދު/އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ވަގުތު ހުރި "އަދަދު" ނޫހުގެ ރިޕޯޓަރަކު ބުނީ މިއަދު ހަވީރުން ފެށިގެން މަގުމަތީގައި ގިނަ އަދަދެއްގެ މުވައްޒަފުން އުޅެމުންދާ ކަމަށެވެ. އެ މީހުން ކިޔައިދިން ގޮތުގައި އެ މީހުން އެ ތަނުގައި ތިބީ މަަސައްކަތް ހުއްޓާލައިގެންނެވެ. އެއީ އެ މީހުންގެ ކެއިިން ބުއިމުގެ ކަންކަން ގޯސްވުމުންނެވެ.

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް މި ރޭ އިރުއޮއްސުނު އިރު ހަރަކާތްތެރިވި އެވެ.

އެނގިފައިވާ ގޮތުގައި ފްލެޓްތަކުގެ މަސައްކަތް ހުއްޓާލައިގެން އެ މީހުން އެހެން ތިބޭތާ މިހާރު ތިންހަތަރު ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox