ޓްވީޓް ބެލޭ މިންވަރު ލިމިޓްކޮށް، ޝަކުވާތަކަށް މަސްކްގެ މަލާމާތް

ވެރިފައިޑް، އަންވެރިފައިޑް އަދި އަލަށް ހުޅުވާ އަންވެރިފައިޑް އެކައުންތަކަށް ވަނީ ތަފާތު ލިމިޓްތައް ކަނޑައަޅާފަ އެވެ.

ވެރިފައިޑް، އަންވެރިފައިޑް އަދި އަލަށް ހުޅުވާ އަންވެރިފައިޑް އެކައުންތަކަށް ވަނީ ތަފާތު ލިމިޓްތައް ކަނޑައަޅާފަ އެވެ.

ޓްވިޓާގެ ޔޫޒާސްއަށް ދުވާލަކު ބެލޭނެ ޓްވީޓްތަކުގެ އަދަދު ލިމިޓްކޮށްފައިވާ ކަމަށް އިލޯން މަސްކް ބުނެފި އެވެ.

ޓްވިޓާގެ އެގްޒެކެޓިވް ޗެއާ މަސްކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާގެ ޑޭޓާ ނަހަމަގޮތުގައި ބޭނުންކުރުން ހައްދު ފަހަނައަޅާފައިވާތީ، ވެރިފައިޑް އަދި އަންވެރިފައިޑް އެކައުންޓްތަކުން ދުވާލަކު ބެލޭނެ ޓްވީޓްތަކުގެ އަދަދު ލިމިޓްކޮށްފައިވާ ކަމަށެވެ.

މަސްކް މިކަން ފުރަތަމަ އިއުލާންކޮށް ކުރި ޓްވީޓްގައި ބުނެފައިވަނީ، ވެރިފައިޑް އެކައުންޓްތަކުގެ ލިމިޓަކީ ދުވާލަކު 6،000 ޕޯސްޓް ކަމަށާއި، އަންވެރިފައިޑް އެކައުންޓްތަކުގެ ލިމިޓަކީ ދުވާލަކު 600 ޕޯސްޓް ކަމަށެވެ. އަދި އަލަށް ހުޅުވާ އަންވެރިފައިޑް އެކައުންޓްތަކަށް ބެލޭނީ ދުވާލަކު 300 ޕޯސްޓްކަމަށް މަސްކް ބުނެފައިވެ އެވެ.

ނަމަވެސް އޭގެ ފަހުން ކުރި ޓްވީޓެއްގައި މަސްކް ވަނީ ވަގުތީ ގޮތުން ލިމިޓޭޝަންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ވެރިފައިޑް ޔޫޒަރުންނަށް މިހާރު ދުވާލަކު 10،000 ޕޯސްޓް ބެލޭއިރު، އަންވެރިފައިޑް އެކައުންޓްތަކަށް ދުވާލަކު 1،000 ޕޯސްޓް އަދި އަލަށް ހުޅުވާ އަންވެރިފައިޑް އެކައުންޓްތަކުން ދުވާލަކު 500 ޕޯސްޓް ބެލޭނެ އެވެ.

މި ލިމިޓޭޝަންތައް ކަނޑައެޅުމުގެ ކުރިން މަސްކަ ވަނީ، އޯޕަންއޭއައި ފަދަ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނިތަކުގެ ލެންގުއޭޖް މޮޑެލްތައް ތަމްރީނު ކުރުމަށް ޓްވިޓާގެ ޑޭޓާ ބޭނުން ކުރާތީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެތައް ސަތޭކަ ޖަމިއްޔާތަކުން ޓްވިޓާގެ ޑޭޓާ ނަހަމަ ގޮތުގައި ސްކްރޭޕް ކުރުމަކީ ޔޫޒަރުންގެ ތަޖުރިބާއަށް އަސަރުކުރާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

މަސްކް ޓްވިޓާގަތުމަށް ފަހު ގެންނަ ކޮންމެ ބަދަލަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ފަދައިން މި ނިންމުމަށް ވެސް ވަނީ އެތައް ބައެއްގެ ނުރުހުން އަމާޒުވެފަ އެވެ. މިފަދަ ޝަކުވާ ތަކަށް އަމާޒުކޮށް ސަމާސާ ރާގަކަށް މަސްކް ކުރި ޓްވީޓެއްގައި ވަނީ، ލިމިޓްތަކާ މެދު ޝަކުވާ ކުރަމުން ދަނިކޮށް ލިމިޓް ހަމަވުމުގެ މަޖާޒީކަމަށް އިޝާރާތްކޮށްފަ އެވެ. އޭނާގެ ޓްވީޓްތަކުގެ ސަބަބުން #RipTwitter އަދި #Twitterdown ފަދަ ހޭޝްޓެގްތައް ވަނީ ޓްރެންޑްވާން ފަށައިފަ އެވެ.

ޓްވިޓާ އައު ސީއީއޯ އަންނަނީ މަސްކްގެ މިލްކުވެރިކަމުގައި ޕްލެޓްފޯމް ދޫކޮށް ދިޔަ އިޝްތިހާރު ކުރާ ފަރާތްތައް އަލުން ހޯދުމަށާއި ސަބްސްކްރިޕްޝަން އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ވެރިފިކޭޝަން ޗެކްމާކްސް ޓްވިޓާ ބްލޫ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހެދުން ހިމެނެއެވެ.

ޓްވިޓާގެ ކޯ ފައުންޑަރު އަދި ކުރީގެ ސީއީއޯ ޖެކް ޑޯސީ ވަނީ ގިނަ ގޮންޖެހުންތަކެއް ހުރި ހާލަތެއްގައި އަދުގެ ޓްވިޓާ ޓީމުން ކުރާ މަސައްކަތަށް ތާއީދު ފާޅުކޮށްފަ އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓާ ހިންގުމަކީ އުނދަގޫ ކަމެއްކަމަށާއި މިހާރު އޮތް ޓީމަށް އިތުބާރު އޮތްކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox