ގޯތި ނުލިބޭ މީހުންނަށް، ނުލިބޭ ސަބަބު ޕޯޓަލް މެދުވެރިކޮށް އެނގޭނެ: އަސްލަމް

ގޯތި ނުލިބޭ މީހުންނަށް، ނުލިބޭ ސަބަބު ޕޯޓަލް މެދުވެރިކޮށް އެނގޭނެ: އަސްލަމް

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ގޯތި ނުލިބުނު މީހުންނަށް ގޯތި ނުލިބުނު ސަބަބު ވެސް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެނގޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 5000 ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، 5000 ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުގެ ދަށުން ދޫކުރާ ގޯތިތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ގޯތި ނުލިބޭ މީހުންނަށް ގޯތި ނުލިބުނު ސަބަބު އެނގޭނެ ކަމަށެވެ.

"ޑިސްކޮލިފައިވީ ފަރާތެއްވާ ނަމަ އެ ފަރާތެއް ޑިސްކޮލިފައިވީ ސަބަބު ވެސް ޕޯޓަލްއިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

Advertisement

ގޯތި ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮލިފައިވީ ހުރިހާ ފަރާތްތަކަކީ ވެސް ގޯތި ލިބެން ޖެހޭ ބައެއް ކަމަށް ބަލައިގެން ކުރިއަށް ދިއުމަށް ސަރުކާރުން ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެކަމަކު، މިއަދު އިއުލާނު ކުރާނީ ރައީސް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ 5000 ގޯތި ލިބޭ މީހުން ކަމަށް ވިދާޅުވި އެވެ.

"ލިސްޓު އޮންނާނީ ލައިވް ލިސްޓެއްގެ ގޮތުގައި. ސަރުކާރުގެ ސިޔާސަތެއް އެބަ އޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ބާކީ ތިބި ފަރާތްތަކަށް އެކަން ހަމަޖެއްސުމަށް ކަންކަން ތަރުތީބު ކުރާނެ ގޮތް ވެސް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ގޯތި ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ޝަކުވާތައް ބެލުމަށް ވަގުތު ދިނުމަށްފަހު ޖުލައި މަހުގެ ތެރޭގައި ކަމަށެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން 5000 ގޯއްޗާއި 4000 ފްލެޓަށް ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.

މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

މިދިޔަ އޮކްޓޫބަރު 15 ވަނަ ދުވަހު، ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 3000 ގޯއްޗަށް އެދި ޖުމްލަ 15،164 މީހުން ހުށަހަޅާފައިވެ އެވެ. އަދި, ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައެޅި 4000 ފުލެޓަށް އެދި 20،697 މީހުން ހުށަހަޅާފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ ތެރެއިން އެންމެ ކުޑަ ގޯތީގައި ވެސް 1250 އަކަފޫޓު ހުންނާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހުޅުމާލެއިން ދޭ ބިންތައް މިހާރު ސާފުކޮށްފައިވާއިރު، ގޯތި ދިނުމަށް ހަމަޖެހިފައިވާ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ދަނީ ކުރިއަށެވެ. އަދި, ގިރާވަރު ފަޅު ހިއްކުމަށް ވަނީ ޕްލޭންކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox