ރާއްޖޭގައި ފުޅާދާއިރާއެއްގައި އަންނައުނު ވިޔަފާރިކުރަމުންދާ ޗޮކްލެޓްގެ ފިހާރަތަކުން ބޮޑު އީދާ ދިމާކޮށް އެތަނުން ވިއްކާ ހުރިހާ މުދަލެއްގެ އަގު 149ރ. އަށްވުރެ ހެޔޮކޮށްފި އެވެ.
ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސޭލްގައި ކުޑަކުދިންގެ އަންނައުނު ވިއްކާ ޗޮކުލެޓުގެ ފިހާރަތަކުގައި ވަނީ ހުރިހާ މުދަލަކުން 50 ޕަސެންޓު ޑިސްކައުންޓު ލިބޭ ސޭލެއް އަޅުވައިފަ އެވެ. އެގޮތުން ކުޑަކުދިންގެ އެންމެ އަގުބޮޑު އަންނައުނު ވެސް އެ ފިހާރަތަކުން 120ރ. އަށްވުރެ ހެޔޮކޮށް ލިބޭނެ އެވެ.
ޗޮކްލެޓްގެ ފަރާތުން މައުލޫމާތު ދެމުން ބުނީ އީދާ ދިމާކޮށް އެހާ ބޮޑުތަނުން މުދަލުގެ އަގުހެޔޮކުރުމުގެ މަގުސަދަކީ ވިހާވެސް ގިނަ ފަރާތްތަކަށް އަތްފޯރާފަށުގައި ވޮލެޓަށް ބާރުބޮޑު ނުވެ އީދަށް އާ ހެދުމެއް ލެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ.
"މިސޭލްގައި ފިހާރައިގައި ތިބޭ ކޭޝިއަރުންނާއި ސޭލްސް އެސިސްޓެންޓުން ފިޔަވައި އެހެން ހުރިހާ އެއްޗެއް -/149ރ އަށް ލިބޭނެ" ޗޮކްލެޓްގެ ޑިރެކްޓަރު ޝީހާން ސަމާސާ ރާގަކަށް ބުނެލި އެވެ.
ޗޮކުލެޓުގެ ހަތް ފިހާރައެއް މާލޭގައި ހިންގަމުންދެ އެވެ. އެ ފިހާރަތަކުގެ ލޮކޭޝަން ގޫގްލް މެޕްސްއިން ހޯދޭނެ އެވެ.
ބޮޑެތި މީހުންގެ އަންނައުނަށް ހާއްސަ ޗޮކުލޓު ފިހާރަތައް
- ޗާވެޓް – ޝޭޑީ ކެބިންމަގު ( ޝިޔާމް މޮޓޯ ގަރާޖު ކައިރި)
- ޗޮކްލެޓް އެކްސްއެސް – މަޖީދީމަގު ( މާފަންނު އޭއެޗް ބްރަދާސް ކައިރި)
- ޗޮކްލެޓް އެންވީ – ޗާންދަނީމަގު (ރެޑްބީ ކުރިމަތި)
- ޗޮކްލެޓް ޓީޓީ – ކަޅުހުރާމަގު/ކަރަންކާމަގު ހަތަރުއަނގޮޅި ކަންމަތި ( ހެންވޭރު ލިލީ އެފްއެންބީ ކުރިމަތި)
- ޗޮކްލެޓް އެޗްއެމް – ހުޅުމާލެ ނިރޮޅުމަގު 12 ނަންބަރު ގޯޅި
ކުޑަކުދިންގެ އަންނައުނަށް ހާއްސަ ޗޮކްލެޓުގެ ފިހާރަތައް
ޗާވެޓް ކިޑްސް - ޝޭޑީ ކެބިންމަގު ( ޝިޔާމް މޮޓޯ ގަރާޖު ކައިރި)
ޗޮކްލެޓް ކިޑްސް – ކަޅުހުރާމަގު/ހުސްނުހީނާމަގު ހަތަރުއަނގޮޅި ކަންމަތި (މަސްއޮޑިގެ ކައިރި)









