ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ދައުވާކުރި ގޮތަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ފާޑުކިޔުން

ލ. ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން؛ ދައުލަތުން ދައުވާ ބައްޓަންކުރި ގޮތަށް ފަނޑިޔާރުން ފާޑުވިދާޅުވި

ލ. ފޮނަދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން؛ ދައުލަތުން ދައުވާ ބައްޓަންކުރި ގޮތަށް ފަނޑިޔާރުން ފާޑުވިދާޅުވި

ލ. ފޮނަދޫގައި މާޗް 2017, ގައި ބަންގްލަދޭޝް މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރުމުގައި ފަރުވާ ކުޑަކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ހަސަން އުއްލާ ނަމަކަށް ކިޔާ މީހާގެ ކަރަށް ވަޅިން ހަމަލާދީ، ކަރު ބުރިކޮށް، އެ މީހާ މަރާލި މައްސަލައިގައި ދައުވާކުރީ އެ ގައުމުގެ އަށް މީހެއްގެ މައްޗަށެވެ. އެއިން އެކަކުގެ މައްޗަށް މަރާލުމުގެ ދައުވާ އުފުލާފައިވާއިރު، އަނެއް ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގުމަށް ފަހު ނިންމީ އެކަކު މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށެވެ. އޭގެ ތެރެއަށް ހަ މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދެ މީހެއްގެ މައްސަލަ އިސްތިއުނާފު ނުކުރީ އެހެން ނަތީޖާއެއް އަންނާނެ ކަމަށް ދައުލަތަށް ނުފެންނާތީ އެވެ.

Advertisement

އިއްޔެ ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ދައުލަތުން އެ މައްސަލާގައި ކޮށްފައިވާ ދައުވާ ހަވާލާ ދީފައިވާ ގާނޫނުގެ މާއްދާގައި ބަޔާންކުރާ ކުށާއި ދައުލަތުން ދައުވާ ފޯމުގައި ބަޔާންކުރާ ކުށާ ގުޅުމެއް ނެތް ކަމަށެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ފޯމުގައި ވެސް ހަވާލާދީފައިވަނީ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ކުށުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) އަށެވެ. މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތަކުގެ ފޯމުތަކުގައި ހަވާލާ ދީފައިވަނީ އެ މާއްދާގެ (ހ) އަދި (ށ) އަށެވެ.

ފަސްވަނަ މާއްދާގެ (ހ) ގައި ބުނަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްދުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ އެވެ.

އެ މާއްދާގެ (ށ) ގައި ބުނަނީ ހައްގަކާ ނުލައި މީހަކު މަރާލުމުގައި އެކަކަށް ވުރެ ގިނަ މީހުން އަމަލީ ގޮތުން ބައިވެރިވެއްޖެނަމަ އެ ހުރިހާ އެންމެން ހައްގަކާ ނުލައި ގަސްދުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ އެވެ.

"ޖަމާއަތް ހަދައިގެން އެތައް ބައިވަރު ބަޔަކު ވެގެން އެކަކު މެރިޔަސް ކުށްވެރިވާނީ ގަސްތުގައި މީހަކު މެރުމޭ، އެެހެންވީމަ ގަސްތުގައި މީހަކު މެރުމަކީ [އެ މާއްދާގައި ބަޔާންކުރާ] ކުށް، ދައުވާކޮށްފައި ވަނީ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ކުށް،" ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

"ކުރި ދައުވާއަކާއި، ގާނޫނުގައި ބުނާ އެއްޗަކާއި، ދަށު ކޯޓުން މި ހޯދި ހޯދުމަކާ އެއްވެސް އެއްޗެއް ދިމާވޭތޯ އެބަ، ތި ބޭފުޅުން [ޕްރޮސެކިއުޝަނުން] ދައުވާ ކުރުމުގައި ވަރަށް ފަރުވާ ކުޑަކޮށް މި ގެންގޮސްފައި ހުންނަނީ،" ޕްރޮސެކިއުޝަނަށް ފާޑުވިދާޅުވަމުން ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ބަޔާންކުރަނީ ފަސްވަނަ މާއްދާގެ (ބ) ގަ އެވެ. އެ ނުކުތާގައި ބުނަނީ އެ މާއްދާގައި (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

ދައުލަތަށް އެ ކަން ސާފުކުރަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ މަރާލަން މީހާ ހުރި ތަނަށް ހާޒިރުވެ އޭނާއަށް ހަމަލާ ދިނުމުގައި ބައިވެރިވެއްޖެނަމަ (ށ) ގައި ބަޔާންކުރާ ގޮތަށް ބައިވެރިވުމުގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލޭނެ އެވެ.

އަދި, މާއްދާގެ (ބ) ގައި ބަޔާންކުރަނީ، ވަކީލު ނައުޝާދު ވިދާޅުވި ގޮތުން ނަމަ، މުޅީން އެހެން ކުށެކެވެ. އެއީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ބަދަލުގައި މަރާލުމަށް ކޮންމެ ވެސް ސިފައެއްގައި އެހީތެރިވުން ކަމަށެވެ. މިސާލެއްގެ ގޮތުގައި މަރާލަން ބޭނުންވާ ހަތިޔާރު ނުވަތަ މަރާލި މީހާ ހުރި ތަނަށް ދަތުރުކުރި އުޅަނދެއް ދިނުން ފަދަ ކަންކަން ފާހަގަ ކުރެއްވި އެވެ.

ދެން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވެސް ވަނީ ފަނޑިޔާރު ނިޔާޒުގެ ނުކުތާ ފާހަގަ ކުރައްވައިފަ އެވެ. އެއީ މާއްދާގެ ފުރަތަމަ ދެ އަކުރުގައި ވެސް ބަޔާންކުރާ ކުށަކީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް ކަމަށެވެ.

"ހ. ގައި ވެސް ބަޔާންކުރަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް، ށ. ގައި ވެސް ބަޔާން ކުރަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް، ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ ގަސްތުގައި މީހަކު މެރުމުގެ ކުށުން ކުށްވެރިވާނޭ ކަމަށް،" ދައުލަތަށް ސުވާލުތަކެއް އަމާޒު ކުރައްވުމުން ފަނޑިޔާރު ފަރުހީޒާ ވިދާޅުވި އެވެ.

ދެން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ ބަލަން ޖެހޭނެ ކަމަކީ ދައުވާ ފޯމުގައި ހަވާލާދީފައިވާ ގާނޫނުގެ މާއްދާގައި ބަޔާން ކުރާ ކުށަކާއި އެ ކުށުގެ އުންސުރުތައް ސާބިތުވޭތޯ ކަމަށެވެ. އަދި, ގާނޫނުލްއުގޫބާތުގައި ކުށުގެ ނަން ވަކި ގޮތަކަށް ބަޔާންކުރާކަށް ނެތް ކަމަށް ވިދާޅުވި އެވެ.

ދައުވާގެ ނަމުގެ ސުރުހީ އިސްލާހުކުރަން ޖެހޭނެތޯ ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވުމުން، ވަކީލު ނައުޝާދު ވިދާޅުވީ ސުރުހީ ވަކި ގޮތަކަށް އޮވެގެން ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

އިއްޔެގެ އަޑުއެހުމަށް ދައުވާކުރާ މީހުން ހާޒިރުވީ ވަކީލަކު ނެތި އެވެ. އެ މީހުން ބުނި ގޮތުގައި އަމިއްލައަށް ވަކީލަކު ހަމަޖައްސަން މާލީ ތަނަވަސް ކަމެއް ނެތެވެ. އެހެންކަމުން, ފަހުން އަމިއްލައަށް ވަކީލަކު ހަމަޖެއްސޭ ގޮތް ވެއްޖެނަމަ އެ ފުރުސަތު ދެވޭ ގޮތަށް ދައުލަތުން ހަމަޖައްސައިދޭ ވަކީލަކާއެކު ކުރިއަށް ދިޔުމަށް އެ މީހުން އެއްބަސްވެފައިވެ އެވެ.

ދައުވާކުރި މީހުން މި ވަގުތު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގަ އެވެ. އެއީ, އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އިމިގްރޭޝަން ކޮންޓްރޯލަރަށް ލިބިދޭ ބާރުގެ ދަށުންނެވެ. ބަންދުގެ މުއްދަތު ޖަހައިދިނުމަށް ދައުލަތުން އެދިފައިވެ އެވެ. އިއްޔެގެ އަޑުއެހުމުގައި ބަންދު ކުރުމާ މެދު ގޮތެއް ނުނިންމަ އެވެ. އަދި ވަކީލުން ހަމަޖައްސައިދިނުމުގެ ކަންކަން އަވަސްކުރުމަށް ދައުލަތަށް ފަނޑިޔާރުން އެންގެވި އެވެ.

މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ އަބޫ ކަލަމްގެ މައްޗަށެވެ. މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި މީހުންގެ ތެރެއިން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ދީން އިސްލާމް، ޕަރުވޭޒް، އަލްއަމީން، ރުބެލްމިއާ، މުހައްމަދު ސުމޮން މިއާގެ ބައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox