ހުލާސާކޮށް އިއްޔެ: ފުއާދުގެ ވާހަކަ ދޮގުކުރުން

Jun 19, 2023, 1:26 AM
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު. -- ފޮޓޯ: އަދަދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު. -- ފޮޓޯ: އަދަދު

ވެރިކަންކުރާ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު އެޕާޓީގެ ކުރީ ސަފުގައި އުޅުއްވި ބޭފުޅުންްތަކެއް އިސްވެ އުފައްދާ "ދަ ޑިމޮކްރެޓްސް" ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން ދެ މެމްބަރަކު ބޭނުންވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވި ވާހަކަތައް އެ ދެ މެމްބަރުން ރޭ ދޮގުކުރެއްވި އެވެ.

ޑިމޮކްރެޓްސްގެ ހުއްދަ ދިނުން ތިން މަހަށް ދަންމަން ދެ މެމްބަރަކު ބޭނުންވާ ކަމަށް ވިދާޅުވީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. އޭނާ މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައިގެން ކަމަށް އެ ދެ މެމްބަރުން ގަބޫލު ކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ މިރޭ ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު އަލީ ނަޝާތު ވިދާޅުވީ މިރޭގެ ޖަލްސާގައި ހުށަހެޅީ "ކޮމިޝަނުގެ ރައީސްގެ އަމަލުތައް ހުންނަ ގޮތުން, ޕްރޮސެސްގެ ތެރެއަށް ނުފޫޒު ވަންނަ ކަމަށް ގަބޫލު ކުރެވޭތީ" ފަސް މެމްބަރުންގެ ކޮމިޓީއަކުން އަލުން ފޯމުތައް ޗެކު ކުރަން ކަމަށެވެ.

އެކަމަކު އެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ބަދަލުގައި ފުއާދު ވޯޓަށް އެއްސެވީ 3,000 ސައްހަ ފޯމު އޮތްކަން ކަށަވަރުވާ ކަމަށް ވިދާޅުވެ ޑިމޮކްރެޓުންނަށް ހުއްދަ ދިނުމަށް ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ ރައީސްގެ އަމަލުތައް ވެސް ހުރިގޮތުން ޕްރޮސެސްގެ އިތުބާރު ގެއްލިފައި އޮތީމައި އަލުން ބަލަން," އޭނާ ވިދާޅުވި އެވެ.

ފުއާދުގެ އަމަލުތަކާ މެދު ސުވާލު އުފެދުނީ އާންމު އުސޫލުގެ ތެރެއިން ކުރަމުން އައި ކަންތައްތައް އެހެން ގޮތަކަށް ބަދަލުކުރުމާ ގުޅިގެން ކަމަށް ނަޝާތު ފާހަަގަ ކުރެއްވި އެވެ.

"ރިޔާސީ އިންތިހާބަށް ނަގާފައި ތިބި ހުރިހާ މުވައްޒަފުން ލައްވާ [ފޯމުތައް ޗެކު ކުރުވަނީ]. މި ޕްރޮސެސް ތެރެއަށް ވަދެ, އެ ބޭފުޅުން އަންނަ އިރަށް އެންޓަޓެއިން ވެސް އެބަ ކޮށްދޭ މިއަދު ވެސް ރައީސްގެ ހުއްދައާ އެކު ކޮމިޝަން ހިސޯރުކޮށްގެން ތިބީ," ނަޝާތު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ފޯމުތައް ސިސްޓަމަށް އަޅަން ޖެހޭ ކަމަށާއި އެހެން ނަމަވެސް, އެއްވެސް ފޯމެއްގެ ހެކިވެރިންގެ މައުލޫމާތު މިހާތަނަށް ކަށަވަރުކޮށް ސިސްޓަމަށް އަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ވެސް, ފުއާދު ހުށަހެޅުއްވީ 3,000 ސައްހަ ފޯމު އޮތް ކަމަށް ވިދާޅުވެ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހާޒިރުވެ ތިބި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުންނާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ދެ މެމްބަރަކު ބޭނުން ވަނީ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުން ތިން މަހަށް ދަންމަން ކަމަށެވެ.

"އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް،" މިރޭ އީސީގައި ތިބި ޑިމޮކްރެޓުންނާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވި އެވެ.

އެހެން ނަމަވެސް, ތިން މަހަށް ދަންމާލުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް މިރޭ ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ކޮށްފައި ނުވާނެ ކަމަށް ވެސް ނަޝާތު ވަނީ މި ނޫހާ ހިއްސާ ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖެހިގެން އުޅޭކަން މިރޭ ހާމަވިއިރު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭނުމާ ގުޅޭ ގޮތުން ރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ނެގި ވޯޓުގައި ދެ މެންބަރު ދެކޮޅަށް ވޯޓު ދެއްވި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރޭ ވިދާޅުވި އެވެ.

އެ ބޭފުޅުން ބޭނުންވާ ކަންތައްތަކެއްކޮށް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރަށް އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް،"

ދުވަހުގެ ފޮޓޯ

ފައިވް ނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ރާއްޖެ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފައިވް ނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ރާއްޖެ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިވް ނޭޝަން ބާސްކެޓް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ރާއްޖެ ކުޅުނު މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox