ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލިން އިންޑިއާއިން ހަދަން މަޝްވަރާއެއް ނުކުރޭ: އެމްއެންޑީއެފް

ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ -- އަދަދު ފޮޓޯ

ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނީ -- އަދަދު ފޮޓޯ

ރާއްޖޭގެ ސަލާމަތީ ބާރުތަަކަށް އަލަށް ނަގާ އޮފިސަރުންތަކެއްގެ ސައިކޮލޮޖިކަލް ފްރޮފައިލިން، އިންޑިއާގެ ގައުމީ ފޮރެންސިކް ޔުނިވާސިޓީއެއް މެދުވެރިކޮށް ހެދުމުގެ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

އިންޑިއާގެ ގުޖުރާތުގެ ގާންދީނަގަރުގައި ހުންނަ ނޭޝަނަލް ފޮރެންސިކް ސައިންސަސް ޔުނިވާސިޓީ (އެންއެފްއެސްޔޫ)ގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ "އަހުމަދުއާބާދު މިރާ" ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ "ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް" ރެކްރޫޓު ކުރާ އޮފިސަރުންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދާފައި ވަނީ ޔުނިވާސިޓީން ކަމަށެވެ.

ސިފައިން ވެސް ހިމެނޭ ގޮތަށް އެ ވާހަކަ ރާއްޖޭގައި ރިޕޯޓުކޮށްފައިވާތީ، އެމްއެންޑީއެފުން އެކަން ދޮގުކުރަމުން މިއަދު މީޑިއާތަކަށް ބުނެފައި ވަނީ، އެފަދަ ސައިކޮލޮޖިކަލް ޕްރޮފައިލިން ހެދުމުގެ އެއްވެސް މަޝްވަރާއެއް އެމްއެންޑީއެފުން ނުކުރާ ކަމަށެވެ.

އެންއެފްއެސްޔޫގެ ކެމްޕަސް ޑިރެކްޓަރު ޝަންކަރުރާއޯ ޗުނާރު، އަހުމަދުއާބާދު މިރާއަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެ ޕްރޮފައިލިން ހެދީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް ބިހޭވިއަރަލް ސައިންސްއިންނެވެ. އަދި އެ ޕްރޮފައިލިންތަކަށް ބިނާކޮށް، ސަލާމަތީ ބާރުތަކަށާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް މީހުން ރެކްރޫޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، ސަލާމަތީ ބާރުތަކާއި ގާނޫނުތަންފީޒު ކުރާ އިދާރާތައް އޭނާ މާނަ ކުރީ ދިވެހި ސިފައިންގެ ގޮތުގައި ކަމެއް ނުވަތަ ފުލުހުންގެ ގޮތުގައި ކަމެއް އޭނާގެ ވާހަކައިން ސާފެއް ނޫނެވެ. މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަނީ އެ އިދާރާތަކަށް ރެކްރޫޓު ކުރާ މީހުންގެ ކިބައިގައި ހުރި ސިފަތަކުން އެ މީހުން އެކި ނުފޫޒުތަކަށް ލެނބުމުގެ ފުރުސަތު އޮތް މިންވަރާއި ނަސްފާނީ ހާލަތު އަންދާޒާ ކުރުމަށެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 187 އޮފިސަރެއްގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހަދަން ރާއްޖެއިން އެދިފައިވެ އެވެ. އެއީ ދިވެހި ސަރުކާރާއި އެ ޔުނިވާސިޓީއާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުންނެވެ.

ދިވެހި 187 އޮފިސަރުންގެ ސައިކޮލޮޖިކަލް ޕްރޮފައިލިން ހެދި އެންއެފްއެސްޔޫގެ ވިޝާލް ޕަރުމާރު އެ ނޫހަށް ވިދާޅުވެފައި ވަނީ އެކަމަށް ޕޮލިގްރާފް މެޝިނުތަކާއި ސައިކޮލޮޖިކަލް ސްކްރީނިން ހެދުމަށް ބޭނުންކުރާ އެހެނިހެން ޓެކްނޮލޮޖީތައް ބޭނުންކޮށްފައިވާނެ ކަމަށެވެ. އެގޮތުން، އެ މީހުންގެ ވިސްނުމުގެ ގާބިލުކަން ހުރި މިންވަރާއި ހެވާއި ނުބައި ވަކިކުރުމުގެ ފެންވަރާއި ކުށުގެ ރެކޯޑާއި މުސްތަގުބަލުގައި އެ މީހުންގެ ކިބައިން ފެނިދާނެ އުޅުމާއި އަހުލާގު ވެސް އެނަލައިޒްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިންޑިއާއާއެކު ސަލާމަތީ ދާއިރާގައި ވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު، އެ ގައުމުން ރާއްޖޭގެ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ތުހުމަތު ކުރެ އެވެ.

އެގޮތުން، އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ހަރަކާތެއް ހިންގާފައިވާއިރު، އިރު އެ ޝިއާރު ބޭނުން ކުރުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox