ޑައިނަސޯގެ މުޅިން އާ ބާވަތެއް ހޯދައިފި

އާ ޑައިނަސޯގެ ބައިތައް ފެނުނީ ޗިލީއިން. -- ފޮޓޯ: އޭއެފްޕީ

އާ ޑައިނަސޯގެ ބައިތައް ފެނުނީ ޗިލީއިން. -- ފޮޓޯ: އޭއެފްޕީ

ސޭންޓިއާގޯ، ޗިލީ (ޖޫން 17) - މީގެ ކުރިން ސައިންސްވެރިންނަށް ދެނެގަނެވިފައި ނުވާ ބާވަތެއްގެ ޑައިނަސޯއެއްގެ ބައިތައް ޗިލީއިން ހޯދައިފި އެވެ.

އަލަށް ފެނުނީ "ޑަކް ބިލްޑް" ޑައިނަސޯ ގްރޫޕަށް ނިސްބަތްވާ ބާވަތެކެވެ. ދިގުމިނުގައި ހަތަރު ފޫޓު ހުންނަ ގޮންކޯކެން ނަނޮއި ޑައިނަސޯގެ ބަރުދަނުގައި ޓަނެއް ހުންނަ ކަމަށް ބެލެވެ އެވެ.

އެއީ މީގެ 72 މިލިއަން އަހަރު ކުރިން ޗިލީގައި އުޅުނު ޑައިނަސޯތަކެއް ކަމަށް ސައިންސްވެރިން ކުރި ދިރާސާތަކުން ދައްކަ އެވެ. އެއީ "ހާބިވޮރަސް" ނުވަތަ ފަތާއި ގަހުގެ ބާވަތްތައް ކައިގެން އުޅުނު އެއްޗެކެވެ.

ޗިލީއިން އެ ޑައިނަސޯގެ ބައިތައް ފެނުމުން ސައިންސްވެރިން ބުނީ "ޑަކް ބިލްޑް" ނުވަތަ ހެޑްރޮސޯޒް ގްރޫޕަަށް ނިސްބަތްވާ ތަކެތި ދުނިޔޭގެ ދެކުނުގައި އުޅުނުކަން ސާބިތުވާ ކަމަށެވެ.

މީގެ ކުރިން އެ ބާވަތުގެ ޑައިނަސޯގެ ކަށިތައް ފެނިފައި ވަނީ އުތުރު އެމެރިކާ، އޭޝިއާ އަދި ޔޫރަޕުންނެވެ. ދުނިޔޭގެ ދެކުނަށް އެ ޑައިނަސޯ ފޯރި ގޮތެއް ދެނެގަންނަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ގޮންކޯކެން ނަނޮއިއަކީ ޗިލީއިން ފެނުނު ފަސް ވަނަ ބާވަތުގެ ޑައިނަސޯ އެވެ. ގޮންކޯކެން ނަނޮއި ފެނުނީ 2013 ގައި ނަމަވެސް، ހޯދުންތައް ކަށަވަރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox