މަޖިލިހުގެ ރައީސްކަމުން ވަކިކުރިޔަސް ނަޝީދުގެ ސެކިއުރިޓީއަށް އުނިކަމެއް ނާންނާނެ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ: މަޖިލިހުގެ ރައީސްކަމުން ނަޝީދު ދުރުކުރިޔަސް ސެކިއުރިޓީއަށް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިފެންސް މިނިސްޓަރު މާރިޔާ: މަޖިލިހުގެ ރައީސްކަމުން ނަޝީދު ދުރުކުރިޔަސް ސެކިއުރިޓީއަށް އުނިކަމެއް ނާންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރި ނަމަވެސް ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެމަނިކުފާނަށް ދޭން ޖެހޭ ސެކުއިރިޓީއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މެއި 6، 2021 ވަނަ ދުވަހުގެ ރޭ ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން، ނަޝީދު އަވަހާރަކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކުއިރިޓީ ވަނީ ކުރިއަށް ވުރެ އެތައް ގުނައެއް ވަރުގަދަކޮށްފަ އެވެ.

އެ ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ފުރުއްވާ ބޭފުޅަކަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ޖެހޭ ގޮތަށް ގާނޫނު ވެސް އިސްލާހުކުރި އެވެ. އެހެން ނަމަވެސް މިހާރު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީން މަސައްކަތް ކުރަމުން އަންނައިރު، އެ ސެކުއިރިޓީއާ މެދު ކަންބޮޑުވުން ފާޅުކޮށް ނަޝީދަށް ތާއީދުކުރާ މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

ނަޝީދު ސެކުއިރިޓީއާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސުވާލުކުރުމުން މިނިސްޓަރު މާރިޔާ ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވަނީ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ސެކުއިރިޓީ އެމަނިކުފާނަށް ލިބުމުގައި އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

"ގާނޫނުގައި ލާޒިމުކޮށްފައި، އޭގައި ބަޔާންކޮށްފައިވާ ސެކިއުރިޓީއަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް [އެމަނިކުފާނަށް] ދެވޭނެ،" މާރިޔާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މާރިޔާ އިޝާރާތް ކުރެއްވީ ކުރީގެ ރައީސުންނަށް ސިފައިންގެއިން ފޯރުކޮށްދޭ ސެކިއުރިޓީއަށެވެ.

241 ކޮމިޓީން ދިން ރެކޮމެންޑޭޝަންތަކާއި، ނެޝަނަލް ސެކުއިރިޓީ އޮތޯރިޓީން ލަފާދޭ ގޮތަކަށް އެމްއެންޑީއެފުން ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒުކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"241 ކޮމިޓީއާއި، ނެޝަނަލް ސެކުއިރިޓީ އޮތޯރިޓީން ދެން އިތުރަށް ސާފުކޮށްލުން ރަނގަޅު، އެމްއެންޑީއެފަކީ ލަފާދޭ ގޮތަކަށް ތަންފީޒުކުރާނެ ބަޔެއް،" މާރިޔާ ވިދާޅުވި އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުން ހިމެނެ އެވެ.

ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ވެސް ރެކޮމެންޑޭޝަނުގައި ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި، ނަޝީދަށް ދޭން ޖެހޭ ސެކިއުރިޓީ ދިނުމުގައި ހުރި ބައިވަރު މައްސަލަތައް ފާހަގަކޮށް މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ ފުރިހަމައަށް ޒިންމާއަދާކުރައްވާފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު މަޖިލިހުގެ ރިޔާސަތުން ވަކިކުރުމަށް އެމްޑީޕީން އިސްވެ ހުށަހެޅީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރިން ހުށަހަޅާފައިވާ ގަރާރަށް ވޯޓަށް ނާހަނީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.

ޖެނުއަރީ 28، ގައި އޮތް އެމްޑީީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވި ފަހުން އެމަނިކުފާނާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ މީހުން މަސައްކަތް ކުރަމުން އަންނަނީ، އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސޮއިކުރެއްވުމުން އޭނާ އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީން ނިންމުމާއެކު، ނަޝީދަށް ތާއީދުކުރައްވާ އިތުރު 12 މެންބަރަކު ވަނީ އެ ޕާޓީން އެ ދުވަހު ވަކިވެފަ އެވެ.

ނަޝީދު އިރުޝާދު ދެއްވައިގެން އެމަނިކުފާނަށް ތާއީދުކުރާ މީހުން އަންނަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަށް 3،564 މީހުންގެ ސޮއި ހިމެނޭ ފޯމުތައް އެ ކަމުގައި ހަރަކާތްތެރިވާ ހުށަހަޅާފައިވާއިރު، މިހާރު ދަނީ ފޯމުތަކުގެ ސައްހަކަން ޔަގީންކުރުމުގެ މަރުހަލާ އެވެ. 3،000 ސައްހަ ފޯމު އޮތްކަން ޔަގީންކުރެވުމުން ޕާޓީ އުފެއްދުމަށް ކޮމިޝަނުން ހުއްދަ ދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox