އިބްރަހިމޮވިޗް މިލާން ދޫކޮށްލާނެކަން އިއުލާނުކޮށްފި

Jun 4, 2023, 3:35 AM
އިބްރަހިމޮވިޗް މިލާން ދޫކޮށްލާނެކަން އިއުލާނުކޮށްފި

މިލާން (ޖޫން 4) - މި މަހުގެ ނިޔަލަށް އޭސީ މިލާނުގެ ކޮންޓްރެކްޓްގައި ހުރި ޒަލަޓާން އިބްރަހިމޮވިޗް، އެ ޓީމާ އެކު އާ އެއްބަސްވުމެއް ނަހަދައި، ޓީމު ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

އެ ގޮތުން، އިބްރަހިމޮވިޗް މިލާނާ އެކު ނުކުންނާނެ ފަހު މެޗަކީ އިޓާލިއަން ލީގުގައި މިއަދު ހެލަސް ވެރޯނާއާ ކުޅޭ މެޗެވެ.

އުމުރުން 41 އަހަރުގެ އިބްރަހިމޮވިޗް، އަލުން މިލާނަށް ބަދަލުވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގަ އެވެ. މިލާނުން މިިިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މުހިންމު ވަގުތުތަކުގައި އިބްރަހިމޮވިޗްގެ ތަޖުރިބާގެ ބޭނުންކޮށްގެން މެޗުތަކުގެ ނަތީޖާ ނެރެފައިވެ އެވެ.

މިލާނުގައި އެންމެ ފުރަތަމަ ހޭދަކުރި އަހަރުތަކުގައި ވެސް އިބްރަހިމޮވިޗް ވަނީ އެ ޓީމާ އެކު ލީގު ޗެމްޕިއަންކަން ހޯދައިފަ އެެވެ. އެއީ 2011 ވަނަ އަހަރު އެވެ. އުމުރުން ދުވަސްވީ ކުޅުންތެރިއެއްގެ ގޮތުގައި މިލާނާ އެކު، އިބްރަހިމޮވިޗް ވަނީ ރެކޯޑްތަކެއް ވެސް ހަދައިފަ އެވެ.

މި ސީޒަނަށް ފަހު މިލާނުން އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް އާ ނުކުރި އެންމެ ބޮޑު ސަބަބަކީ އަނިޔާގެ މައްސަލަތަކާ ހެދި ގިނަ މެޗުތަކެއް ގެއްލުމެވެ. އިބްރަހިމޮވިޗަށް ފަހަކަށް އައިސް ކަކުލުގެ ގިނަ އަނިޔާގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަދި އޮޕަރޭޝަނެއް ވެސް ވަނީ ކޮށްފަ އެވެ.

އިބްރަހިމޮވިޗަށް މި ސީޒަނުގައި ޖުމްލަ އެކު، ކުޅެވުނީ ހަތަރު މެޗެވެ. އޭގެ ތެރެއިން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވަނީ އެންމެ މެޗެކެވެ.

އިބްރަހިމޮވިޗް ވަނީ އޭނާގެ ކެރިއަރުގައި މަލްމޯ، އަޔަކްސް، ޔުވެންޓަސް، ބާސެލޯނާ، އިންޓަ މިލާން، މެންޗެސްޓާ ޔުނައިޓެޑް، ޕީއެސްޖީ އަދި އެލްއޭ ގެލެކްސީ އަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox