އޮޅުވާލައިގެން ފައިސާ ހޯދުމުގެ 60 އިންސައްތަ މައްސަލައަކީ ކަސްޓަމަރުން އަމިއްލައަށް ހެދުނު ގޯސް: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކަސްޓަމަރުން ހޭލުންތެރި ކުރުމަށް މިދިޔަ އަހަރު ބޭންކުން އެއް މިލިއަނަށްވުރެ ގިނަ އެސްއެމްއެސް ފޮނުވާފައިވޭ -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކަސްޓަމަރުން ހޭލުންތެރި ކުރުމަށް މިދިޔަ އަހަރު ބޭންކުން އެއް މިލިއަނަށްވުރެ ގިނަ އެސްއެމްއެސް ފޮނުވާފައިވޭ -- ފޮޓޯ/ ބީއެމްއެލް

އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓާއި ގާތްކުރާ އަދަދަކަށް މައްސަލަ ހިނގާފައިވަނީ ކޮންމެވެސް އެއްޗެއް ނުވަތަ ހިދުމަތެއް ލިބުމުގެ އުންމީދުގައި އަމިއްލަ އިހުތިޔާރުގައި ފައިސާ ޓްރާންސްފާ ކޮށްގެން ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

"އިންޓަނެޓުން، ނޫނީ ވައިބާ އިން ފެނިގެން އެއްޗެއް ގަންނަން އަމިއްލަ އަށް ފައިސާ ފޮނުވައިގެން ގިނަ ސްކޭމް ތައް ހިނގާފައި ހުރީ، ދަރިންގެ އަތަށް ފޯނު ދީގެން ވެސް ވަރަށް ގިނަ ފައިސާ ގެއްލިފައި އެބަހުރި،" ހޯމަ ދުވަހުގެ ރޭ ބޭއްވި ބީއެމްއެލް ގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާަބެއްގައި ވެސް ސްކޭމްތައް ހިންގައިގެން ފައިސާ ހޯދުން ވަނީ އިތުރުވެފަ އެވެ. މީގެ ދެ އަހަރު ކުރިން ފޭސްބުކް ހެކް ކޮށްގެން ލީކުވި މައުލޫމާތުގެ ތެރޭގައި ރާއްޖެ އިން ފޭސްބުކް ބޭނުންކުރާ 80،000 މީހުންގެ ޕާސަނަލް މައުލޫމާތު ވެސް ހިނެމޭނެ ކަމަށް ވެސް ސްޓުމަކް ހާމަކުރެއްވި އެވެ. އެ މައުލޫމާތަކީ ވެސް ސްކޭމް ހިންގާ ފަރާތްތަކުން ބޭނުން ކުރާނެ މައުލޫމާތެވެ.

އެކައުންޓުގައި ހުންނަ ފައިސާ ގެއްލުމުގެ މައްސަލާގައި ބޭންކަށް އަމާޒުވާ ފާޑުކިޔުންތަކާއި ގުޅޭ ގޮތުން ކާލް ވިދާޅުވީ ބައެއް ހާލަތުގައި ބޭންކުން ވަކި އެއްޗެއް ނުބުނަނީ ކަސްޓަމަރުންގެ ފަރުދީ ހައްގުތަކާ ވެސް އެކަން ގުޅިފައިވާތީ ކަމަށެވެ.

"ބޭންކުގެ އިހުމާލަކުން ފައިސާ ގެއްލިއްޖެ ނަމަ، ބޭންކުން އެކަމުގެ ޒިންމާ ނަގާނެ،" ކާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޭމް ތަކަށް ކަސްޓަމަރުން ހޭލުންތެރި ކުރުމަށްޓަކައި ފާއިތުވި އަހަރު ބޭންކުން މިލިއަނަކަށް ވުރެ ގިނަ އެސްއެމްއެސް ފޮނުވާފައި ވާނެ ކަމަށެވެ. އަދި, ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ގާތްގަޑަކަށް 1,800 ފަހަރު އިސްތިހާރުކޮށް، ސްކޭމް އެވެއާނަސް އާއި ބެހޭ ގޮތުން 1.4 މިލިއަނަށް ވުރެ ގިނަ މީސްމީޑިއާ އިމްޕްރެޝަންސް ހަދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނެޓް ބޭންކިން ހިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަނެޓް އަދި މޮބައިލް ބޭންކިން މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފައިވެ އެވެ. ދުވާލެއްގެ މައްޗަށް ދެ މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިން ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައިވާކަން ބީއެމްއެލްގެ ތަފާސްހިސާބުތަކުން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox