ޖަދޭޖާ ތަފާތު، އައިޕީއެލް ކާމިޔާބުކޮށް ޗެންނާއީ އިން މުމްބާއީގެ ރެކޯޑާ ހަމަކޮށްފި

May 30, 2023, 1:29 AM
ޗެންނާއީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޗެންނާއީ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އަހުމަދު އާބާދު، އިންޑިއާ (މެއި 30) - ދުނިޔޭގެ އެންމެ ބޮޑު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލް މެޗުގައި ރޭ ފަހު ދެ ބޯޅައިގައި ރަވިންދުރަ ޖަދޭޖާ ދެއްކި ތަފާތު ހިތްވަރާ އެކު ފަސް ވިކެޓުން އެންމެ ފަހުގެ ޗެމްޕިއަން ގުޖުރާތު ޓައިޓަންސް ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސް އިން ފަސް ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައި ރެކޯޑާ ހަމަކޮށްފި އެވެ.

މީގެ ކުރިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑް އޮތީ ފަސް ތަށި ހޯދި މުމްބާއީ އިންޑިއަންސް އަތުގަ އެވެ. ރޭގެ ފައިނަލުގައި ޑަކްވޯތު ލެވިސް މެތަޑް އިން ބަލައިގެން ފަސް ވިކެޓުން މޮޅުވެ، ޗެންނާއީ އަށް ތަށި ލިބުމާ އެކު، އެ ޓީމު ވަނީ 10 ފައިނަލް ކުޅެގެން ފަސް ފައިނަލުން މޮޅުވެ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ރެކޯޑްގައި އަމިއްލަ ނަން ވެސް ހިއްސާކޮށްފަ އެވެ.

ރޭގެ ފައިނަލަކީ އާދިއްތަ ދުވަހުގެރޭ ކުޅެން ތާވަލުކުރި ފައިނަލެއް ނަމަވެސް ވިއްސާރައިގެ ސަބަބުން މެޗު ޖެހުނީ ފަސް ކުރާށެވެ. ވިއްސާރައިގެ ސަބަބުން ރޭ ވެސް މެޗު ނުކުޅެވޭ ހާލަތަށް ދިޔަނަމަ ތަށި ލިބޭނީ ގުޖުރާތަށެވެ. އެއީ ލީގު ބުރުގެ ޕޮއިންޓް ސިސްޓަމަށް ބަލައިގެން، ގަވާއިދުގައި އޮތް ގޮތަށް ކުރިއަށްދިއުމުގެ ގޮތުންނެވެ.

އަހުމަދުއާބާދުގެ ސަރުދާރު ޕަޓޭލް ސްޓޭޑިއަމްގައި ރޭ 80،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީ އިން ނިންމީ ފީލްޑް ކުރާށެވެ. ގުޖުރާތުން އެންމެ ފުރަތަމަ ކުޅެން އެރި، ރިދިމަން ސާހާ އާއި މި ވަގުތު އެންމެ ފޯމުގައި ހުރި ޝުބްމަން ގިލްގެ ޕާޓްނަޝިޕުން ފެށީ ރަނގަޅަށެވެ. އެ ގޮތުން ސާހާ ނުބައިވީ 39 ބޯޅައިން 54 ލަނޑު ކުރި ފަހުންނެވެ. އެހެން ނަމަވެސް ގިލް އަށް މިއީ އެންމެ ރަނގަޅު މެޗެއް ނޫނެވެ. އޭނާ ނުބައިވީ 20 ބޯޅައިން 39 ލަނޑު ހެދި ފަހުންނެވެ. ގުޖުރާތު ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 47 ބޯޅައިން 96 ލަނޑު ހެދި ސައި ސުދަރްސަން އެވެ.

ރޭގެ މެޗުގެ ތެރެއިން ޗެންނާއީގެ ރަވިންދުރަ ޖަދޭޖާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މި އިނިންގްސްގައި 20 އޯވަރުގެ ތެރޭގައި ގުޖުރާތުން ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 214 ލަނޑު ހަދައިފަ އެވެ.

ވިއްސާރައިގެ ސަބަބުން ޑަކްވޯތު ލެވިސް މެތަޑަށް ބަލައިގެން، 15 އޯވަރަށް ބަލައިގެން ޓާގެޓް ވަނީ 171 ލަނޑަށް ކުޑަކޮށްފަ އެވެ. ޗެންނާއީ ޓީމުން އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ކުޅެން އެރި، ރުތުރާޖު ގައިކްވާޑް އާއި ޑެވޯން ކޮންވޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ރުތުރާޖް ވަނީ 26 ލަނޑު ހަދައިފަ އެވެ. އަދި ކޮންވޭ ވަނީ 25 ބޯޅައިން 47 ލަނޑު ހަދައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި، ޗެންނާއީ ޕްރެޝަރަށް ދިޔައީ އެ ޓީމުގެ ކެޕްޓަން އަދި ލެޖެންޑަރީ ކްރިކެޓް ތަރި، މަހިންދުރަ ސިންގް ދޯނީ އަށް އެއްވެސް ލަނޑެއް ނުޖެހި ނުބައިވުމުންނެވެ. އެކަމަކު، ދޯނީ ނުބައިވުމުން ދެން ކުޅެން އެރި، ޖަދޭޖާ ވަނީ ތަފާތު ދައްކައިފަ އެވެ. ޖަދޭޖާ ނުބައިނުވެ މެޗު ނިންމާލިއިރު، ފަހު ދެ ބޯޅައިން 10 ލަނޑު ހެދީ އެއް ބޯޅަ ހަޔަކަށް އަދި އަނެއް ބޯޅަ ހަތަރަކަށް ޖަހައިގެންނެވެ. މިއީ، އައިޕީއެލް ތާރީހުގައި ވެސް ހާއްސަ ވަގުތެެކެވެ.

"އަހަންނަށް އެރިއިރު ވެސް އޮތީ މެޗުގެ އޮއެވަރާ މެދު ވިސްނާލެވިފައި. އެ ގޮތުން ކޮންމެ ބޯޅައެއް ވެސް ބާރަށް ޖެހޭތޯ ބެލީ، ކޮންމެ ކަމެއް ވެސް ވެދާނެ ކަމުގެ ޔަގީންކަމާ އެކު ބޯޅައިގައި ޖެހީ، މި އޮތީ އެ ވިސްނުމުގެ އިނާމް ލިބިފައި،" މެޗަށް ފަހު ޖަދޭޖާ އުފަލުން ހުރެ ބުންޏެވެ.

ގުޖުރާތުގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ބުނީ ތަށި ދިފާއުކުރެވޭތޯ ޓީމެއްގެ ގޮތުގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި ޗެންނާއީ އަށް ތަށި ލިބުނީ ފަހު ވަގުތާ ހަމައަށް ތަޖުރިބާގެ ބޭނުންހިފައިގެން ކުރި ހިތްވަރުން ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox