ޗެއާމަންކަމުން ވަކިވީ، އެމްޑީޕީގެ ސްލޮޓަކުން ލިބުނު މަގާމުގައި އިތުރަށް ހުރުން ރަނގަޅުނުވާނެތީ: މައުސޫމް

ފެން ކުންފުނީގެ ޗެއާމަންގެ މަގާމުން އިސްތިއުފާދެއްވި މައުސޫމް (ކ) ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ - ފޮޓޯ: ޑިމޮކްރެޓްސް

ފެން ކުންފުނީގެ ޗެއާމަންގެ މަގާމުން އިސްތިއުފާދެއްވި މައުސޫމް (ކ) ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ - ފޮޓޯ: ޑިމޮކްރެޓްސް

މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު މައުސޫމް އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

މައުސޫމް އިސްތިއުފާދެއްވާފައިވަނީ ވެރިކަން ކުރާ މައި ޕާޓީގެ އެމްޑީޕީ ދޫކޮށް އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު އަލަށް އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތުމަށްފަހުގަ އެވެ.

"އެމްޑަބްލިއުއެސްސީ ގައި އަޅުގަނޑު ހުރީ އެމްޑީޕީގެ މެންބަރަކަށްވާތީ ލިބުނު ސްލޮޓެއްގައި. އަޅުގަނޑު އެމްޑީޕީއާ ގުޅުނު އަސާސްތައް މިހާރު ގެއްލިފައިވާކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑު އެމްޑީޕީ އިން ވަކިވީ. މިހާރު އަޅުގަނޑު އެހެން ޕްލެޓްފޯމަކަށް އަރައިފިން. އެހެންވީމާ އެމްޑީޕީގެ މެންބަރަކަށް ވީތީ ލިބުނު މަގާމު ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރަނީ" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ދަ ޑިމޮކްރެޓްސް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ނަޝީދު ވަނީ ޑިމޮކްރެޓްސްއާ ގުޅެމުންދާ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކިކުރަމުން ދާތީ އެކަމާމެދު ނުރުހުން ފާޅުކުރައްވާފަ އެވެ.

ސަރުކާރުން މިއަދު ވަނީ ޑިމޮކްރެޓްސްއާ ގުޅެމުންދާ، ސަރުކާރުގެސިޔާސީ މަގާމުތަކުގައި ތިބި ބައެއް މީހުން މަގާމުން ވަކިކޮށްފަ އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ސިޔާސީ މަގާމުތަކުން ވަކިކުރަމުންދަނީ އެމްޑީޕީގެ ސްލޮޓުތަކުގައި އެ މަގާމުތަކަށް އައްޔަނުކުރި ފަރާތްތައް އެ ޕާޓީން ވަކިވުމުން ކަމަށެވެ. އަދި އެ ފަރާތްތައް މަގާމުން ވަކިކުރަމުން ދަނީ އެމްޑީޕީއިން އެދިގެން ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މައުސޫމް ފެން ކުންފުނީގެ ޗެއާމަން ކަމަށް އައްޔަންކުރީ މި ސަރުކާރު ވެރިކަމަށް އައިފަހުން 2019 ގަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ އެ ދާއިރާގެ ރައީސްގެ މަގާމުގައިވެސް ހުންނެވި މައުސޫމަކީ ސިޔާސީ މަސްރަހުގައި ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox