ޝާހީންގެ މަރު: ދިފާއީ ވަކީލުގެ އޮޅުންބޮޅުމާ ހުރެ ދައުވާއަށް ޖަވާބުދާރީ ނުވެވުނު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވަނީ؛ އޭނާގެ ދިފާއީ ވަކީލުގެ އޮޅުންބޮޅުމާ ހުރެ މިއަދު ދައުވާތަކަށް ޖަވާބުދާރީވުން ކުރިއަކަށް ނުގެންދެވުނު

ދޯންޏެއް ތެރޭ ބަންގްލަދޭޝްގެ ޝާހީން މަރާލި މައްސަލާގައި ދައުވާކުރާ އެ ގައުމުގެ މަސްއޫދު މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވަނީ؛ އޭނާގެ ދިފާއީ ވަކީލުގެ އޮޅުންބޮޅުމާ ހުރެ މިއަދު ދައުވާތަކަށް ޖަވާބުދާރީވުން ކުރިއަކަށް ނުގެންދެވުނު

ދ. މީދޫ މަސްދޯޏެއްގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދު ދައުވާއަށް ޖަވާބުދާރީވުން މިއަދުގެ އަޑުއެހުމުގައި ވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެ އަޑުއެހުން ނިންމާލައިފި އެވެ.

މާޗު 7، 2021 ވަނަ ދުވަހުގެ ދަންވަރު 3:45 ހާއިރު ދ.މީދޫ "ޖިހާދު" ދޯނި މަސްބޭނުމަށް ކ. ގުރައިދޫ މަސްބޮޔަށް ދިއުމަށް ދުއްވަމުން ދަނިކޮށް، އެ ދޯނީގައި މަސައްކަތްކުރަމުން ދިޔަ ޝާހިން އަށް ވަޅިން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

އެ މައްސަލައިގައި މެއި 5، 2021 ގައި ދައުވާކޮށްފައި ވަނީ އޭނާއާ އެކު އެ ދޯނީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. މުހައްމަދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.

އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހު މައްސަލާގައި ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އޭގެ ފަހުން މި މަސް ތެރޭ އަޑުއެހުމެއް ބޭއްވީ ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ގާޒީ އިބްރާހީމް އިހުސާން މި މައްސަލައާ ހަވާލުވުމުންނެވެ.

މިއަދު ހެނދުނު 11:00 ޖަހާއިރު ފަށަން އޮތް އަޑުއެހުން ތިރީހަކަށް މިނެޓު ލަހުން އަޑުއެހުން ފެށުނީ ދައުލަތުން މަސްއޫދަށް ހަމަޖައްސާފައިވާ ދިފާއީ ވަކީލު އަޑުއެހުމަށް ވަނުން ލަސްވެގެންނެވެ. އެހެންވެ އަޑުއެހުން ފަށާފައި ވެސް ގާޒީ ފުރަތަމަ ސާފު ކުރީ އެ ކަމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މަސްއޫދަށް ހަމަޖެއްސި ވަކީލު އަހުމަދު ޝިފާއު ވިދާޅުވީ މަސްއޫދު އަމިއްލައަށް ވަކީލަކު ހޯދުމަށް ފަހު އެ ވަކީލަކާ އެކު ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުމުގައި ބައިވެރިވާނީ އެ ވަކީލު ކަމަށް ހީކޮށްގެން ހުރުމުން އޭނާ ހުރީ ތައްޔާރުވެގެން ނޫން ކަމަށެވެ.

ގާޒީ ދެން ވިދާޅުވީ އެ ވަކީލު އަދިވެސް ކޯޓަށް ވަކީލު ފޯމު ހުށަހަޅާފައި ނެތުމުން ކޯޓުގެ އިދާރާއިން ބަލަމުން ދިޔައީ އަދިވެސް ވަކީލަކީ ޝިފާއު ކަމަށެވެ. އަދި އެ ވަކީލަށް ގުޅުމުން ވެސް އަޑުއެހުމުގައި ބައިވެރިވާނީ ޝިފާއު ކަމަށް އަންގާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ދައުވާކޮށްފައިވާ މަސްއޫދުގެ ފަރާތުން ސާފުކުރުމުން އޭނާ ބުނީ އަމިއްލަ ވަކީލަކާ އެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އަދި, ވީހާވެސް އަވަހަށް ކޯޓަށް ވަކީލު ފޯމު ހުށަހަޅައިގެން ގެންދަން އެ ވަކީލު ގާތުގައި އެދޭނެ ކަމަށް ވެސް ބުންޏެވެ.

ގާޒީ އިހުސާން ވިދާޅުވީ ދައުލަތުން ވަކީލަކު ހަމަޖައްސަން ޖެހޭ ހާލަތަކީ ވަކީލަކު ހަމަޖެއްސުމުގެ މާލީ ގާބިލިއްޔަތު ކަން ނެތުން ކަމަށާއި، އަމިއްލައަށް ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނާނީ މާލީ ގާބިިލިއްޔަތުކަން އޮތުމުން ކަމަށް ޝަރީއަތުން ދެކޭ ކަމަށެވެ.

އެހެންކަމުން މިހާތަނަށް މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރިވާ ދައުލަތުން ހަމަޖައްސާފައިވާ ދިފާއީ ވަކީލު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަން ނުޖެހޭނެ ކަމަށް ގާޒީ އެންގެވި އެވެ. އަދި މި މައްސަލައިން އެ ވަކީލު ދުރަށް ޖެހިފައިވާ ކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގަވަން ވެސް ގާޒީ އެންގެވި އެވެ.

މީގެ އިތުރަށް މިދިޔަ ދެ އަހަރު ދުވަހު މައްސަލަ ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ މައްސަލަ ހަވާލުކުރި ސެކްޝަންގައި ގާޒީއަކު ނެތުމުން ކަން ވެސް ގާޒީ ސާފުކޮށްދެއްވި އެވެ. މައްސަލަ ލަސްވެފައި އޮތުމުގައި، ދައުލަތުން ހަމަޖެއްސި ވަކީލުގެ އިހުމާލެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން މަސްއޫދުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން ޝާހީނަށް ހަމަލާ ދިނީ މުހައްމަދުގެ އަތުގައި އޮތް، ތިލައިގައި ހަ އިންޗު ހުރި ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއަކުނެވެ. އަދި ހަމަލާ ދީފައި ވަނީ ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށެވެ. އެހެން ނަމަވެސް، އޭނާއަށް ހަމަލާދިން ސަބަބެއް އަދި އެނގިފައި ނުވެ އެވެ.

ޝާހީން މަރުވި ހާދިސާ ހިނގީ، ދޯނީގައި އޮތް ވަލެއް އެއްގަމަށް ބޭލުމާ ގުޅިގެން އަމަލު ކުރި ގޮތަކުން އެ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއް ފަހުން ހޫނުވެގެންނެވެ. ތަހުގީގުގައި މުހައްމަދު ދިފާއުވެ ބުނެފައި ވަނީ އެކަން ކުރެވުނީ އޮޅިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox