މެމްބަރުން ހަމަނުވެގެން ރައީސް މައުމޫންގެ އެމްއާރުއެމް އުވާލައިފި

މެމްބަރުން ހަމަނުވެގެން ރައީސް މައުމޫންގެ އެމްއާރުއެމް އުވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް), އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުވާލައިފި އެވެ.

"އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި އެމްއާރުއެމް އުވާލާފައިވަނީ އެ ޕާޓީއަށް 3,000 މެމްބަރުން ހަމަނުކުރެވިގެންނެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ވެފައި ނުވެ އެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް 3000 މެންބަރުން ހަމަނުވެގެން އެމްއާރްއެމް ޕާޓީ އުވާލާނެ ކަމުގެ ނޯޓިސް އޮތީ ދީފަ އެވެ. އެކަމަކު ނޯޓިސް ދިނުމާ ގުޅިގެން އެމްއާރްއެމުން ވަނީ މެންބަރުން ހަމަކޮށްފަ އެވެ.

ނަމަވެސް, އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގައި އޭރު ތިބީ އެންމެ 2,900 މެންބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނުގައި އެމްއާރުއެމް ހިމެނެ އެވެ. އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ދެ ބޭފުޅަކު ސަރުކާރުގެ ދެ ވުޒާރާއެއްގެ މިނިސްޓަރުންގެ ގޮތުގައި އެބަތިއްބެވި އެވެ. އެއީ ހެރިޓޭޖު މިނިސްޓަރުގެ ގޮތުގައި ހުންނެވި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

އެ ޕާޓީ އުވާލަން ނިންމާފައިވާއިރު، އެ ޕާޓީގެ އިސްކޮށް ތިއްބެވި 11 މެންބަރަކު ވަނީ މި ފަހުން އިސްތިއުފާ ދީފަ އެވެ.

އެމްއާރުއެމް އުވާލާފައި މިވަނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ގޮތެއް ނިންމާފައި ނުވަނީހެވެ. ކޯލިޝަންގެ ދައުވަތު ރައީސް ސޯލިހު ވެސް ދެއްވާފައިވާއިރު އެ ޕާޓީން ގެންދަނީ ސިޔާސީ އެހެން ބައެއް ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. އަދި, އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވަކިން ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފަ އެވެ.

އެމްއާރްއެމްގެ ތާރީހު

ސިޔާސީ ޕާޓީ އުފައްދަން ދިން ހުއްދަ އާއެކު ރައީސް މައުމޫން އެންމެ ފުރަތަމަ ހެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމާ ގުޅިގެން އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެން ދެން އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

އެހެންނަމަވެސް، ކޮއްކޯފުޅު އަބްދުالله ޔާމީން ވެރިކަމަށް ވަޑައިގެން ޕީޕީއެމްގެ ކޮންޓްރޯލް އެމަނިކުފާނު ނެންގެވުމުން މައުމޫނަށް ޖެހިވަޑައިގަތީ އެ ޕާޓީ ވެސް ދޫކުރައްވައި އެހެން ސިޔާސީ ހަރަކާތެއް ފައްޓަވާށެވެ. އެ މަސައްކަތުގެ ތެރެއިން އުފަންވީ އެމްއާރުއެމް އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މައުމޫން މަސައްކަތް ކުރެއްވީ "މައުމޫން ރީފޯމް މޫވްމަންޓް"ގެ ނަމުގައި ހެދި ސިޔާސީ ހަރަކާތެއްގަ އެވެ. އެ ހަރަކާތް ޕާޓީއަކަށް ބަދަލު ކުރާނެ ކަން އިއުލާނުކުރީ ޖަނަވަރީ 31، 2019 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox