އޭއައިގެ އެހީގަ ފަސް މިނެޓުން ސްކޭމް ކޮށްލައިފި

"ސޯޝަލް ޕްރޫފް ސެކިއުރިޓީ" ގެ ސީއީއޯ އަދި އެތިކަލް ހެކަރެއް ކަމަށްވާ ރޭޗަލް ޓޮބެކް. ފޮޓޯ: ސީބީއެސް

"ސޯޝަލް ޕްރޫފް ސެކިއުރިޓީ" ގެ ސީއީއޯ އަދި އެތިކަލް ހެކަރެއް ކަމަށްވާ ރޭޗަލް ޓޮބެކް. ފޮޓޯ: ސީބީއެސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީތެރިކަމާއެކު ސްކޭމްކޮށްލުން ފަސޭހަވެފައިވާ މިންވަރު، އެމެރިކާގެ ޓީވީ ޝޯ ސިކްސްޓީ މިނަޓްސްގައި ދައްކާލައިފި އެވެ.

ސިކްސްޓީ މިނަޓްސްގެ އެންމެ ފަހު އެޕިސޯޑްގައި ވަނީ ޓެކްނޮލޮޖީ އާއި އޭއައިގެ އެހީގައި ކުރަމުންދާ ޑިޖިޓަލް ސްކޭމްތަކަށް އަލި އަޅުވާލައިފަ އެވެ. އެގޮތުން މިފަދަ ސްކޭމްތަކުގައި ޖެހި ގެއްލުން ލިބިފައިވާ ފަރާތްތަކުގެ އިތުރުން މިފަދަ ކަންކަން މެދުވެރިކުރުމަށް މަސައްކަތްކުރާ ފަރާތެއްގެ އިންޓަވިއު ވަނީ ގެނެސްދީފަ އެވެ.

ޑިޖިޓަލް ސްކޭމްތަށް މަސައްކަތްކުރާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކާފައިވަނީ ޑޭޓާ ޕްރޮޓެކްޝަން ފާމް "ސޯޝަލް ޕްރޫފް ސެކިއުރިޓީ" ގެ ސީއީއޯ އަދި އެތިކަލް ހެކަރެއް ކަމަށްވާ ރޭޗަލް ޓޮބެކް އެވެ. ޝޯގައި ޓޮބެކް ވަނީ އަދުގެ ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ސްކޭމް ކުރުމަށް ފަސޭހަވެފައިވާ މިންވަރު ދައްކާލައިފަ އެވެ.

Advertisement

އެގޮތުން ޓޮބެކް ވަނީ ޝޯ ހުށަހަޅައިދޭ ފަރާތެއް ކަމަށްވާ ޝެރިން އަލްފޮންސީގެ ނަމުގައި، ޝޯގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކަށް ގުޅާފަ އެވެ. އެ މުވައްޒަފު ފޯނު ރިންގުވާން ފެށުމުން ފޯނަށް ބަލާލި ވަގުތު ސްކްރީނުގައި އިނީވެސް ޝެރިންގެ ނަމެވެ. މިއީ "ސްޕޫފިން ޓޫލް" އެއް ބޭނުންކޮށްގެން ޓޮބެކްކޮށްފައިވާ މަސައްކަތެކެވެ.

ނަމަވެސް އެކަން ނޭނގޭ މުވައްޒަފު އެއްވެސް ޖެހިލުމެއް ނެތި ފޯނަށް ޖަވާބުދިނެވެ. ޖަވާބުދިނުމުން އަޑު އިވުނީ ޝެރިންގެ އަޑެވެ. ޝެރިންގެ އަޑުން އެދުނީ އޭނާގެ ޕާސްޕޯޓް ނަންބަރު ކިޔަލާދިނުމަށެވެ.

އެ އަޑަކީ ވެސް ޓޮބެކްގެ މަސައްކަތެވެ. ޓޮބެކް ޝެރިންގެ އަޑު "ކްލޯން" ކޮށްފައިވަނީ އޭއައި ޓޫލެއް ބޭނުންކޮށްގެނެވެ. އެ ޓޫލްއިން، މީހެއްގެ އަޑުގެ ސާމްޕަލްތަކެއް ދިނުމުން އެމީހެއްގެ އަސްލު އަދި ސާފު އަޑު ޖެނެރޭޓްކޮށްދެ އެވެ.

އެހެންކަމުން އެއްވެސް ޝައްކެއް ކުރުމެއް ނެތި މުވައްޒަފު ފޯނުގައި ހުރެ ޝެރިންގެ ޕާސްޕޯޓް ނަންބަރު ހޯދާލުމަށް ފަހު ކިޔައިލައިފި އެވެ. ޓޮބެކް ބޭނުންވާ މައުލޫމާތު ހޯދުމަށް ފަހު ފޯނު ކޯލު ނިންމާލި އެވެ.

މިކަން ހިނގުމަށް ފަހު ޓޮބެކް، ޝެރިން އަދި ސްކޭމްވި މުވައްޒަފު އެލިޒަބަތް އެއް މޭޒަކަށް އެރި އެވެ. ޓޮބެކް ގެ ލެޕްޓޮޕުން އެވަގުތު ވަނީ އޭނާ އެލިޒަބަތްއަށް ގުޅައިގެން ބޭނުންކުރި އަޑު ޕްލޭ ކޮށްލައިފަ އެވެ.

އެލިޒަބަތްއަށް ލިބުނު ފޯން ކޯލަކީ އަސްލު ޝެރިންއެއް ނޫންކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ. އެވަގުތު ޓޮބެކް މިފަދަ ސްކޭމްތަކާއި ބެހޭގޮތުން ކޮންމެސް ވަރަކަށް ވާހަކަދައްކާލި އެވެ.

ޓޮބެކް ބުނީ އޭނާ އެލިޒަބަތްގެ ފޯނު ނަންބަރު ހޯދީ އިންޓަނެޓުން ކަމަށެވެ. އަދި ޝެރިންގެ އަޑު "ކްލޯން" ކުރުމަށް އޭނާ ބޭނުންކުރި ބައެއް ކްލިޕްތައް ދައްކާލި އެވެ.

ޓޮބެކް ބުނީ މިފަދަ ސްކޭމްތަކަށް އެތައް ބަޔަކު ހެއްލިގެންދާ ކަމަށާއި ޓެކްނޮލޮޖީ ކުރި އަރައިގެން ދިޔުމުގެ ސަބަބުން އޮޅުވާލުންތައް ދެނެގަތުމަށް އުދަނގޫވާ ކަމަށެވެ. އޭނާ ބުނީ ބައެއް ހާލަތްތަކުގައި ސްކޭމަރުން އެމީހުން ނުދަންނަ މީހުންނަށް ވެސް ގުޅާ ކަމަށާއި ނަމަވެސް މިފަދަ ހާލަތުގައި އެއީ ވަކި މީހަކާ ގުޅުމެއް އޮންނަ މީހެއްކަން ދެނަހުރެ، އެމީހާއަށް ވާކަމަށެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި މިޒަމާނުގައި ގެއަށް ވަދެ ވައްކަން ކުރުމަށް ވުރެ "ޑިޖިޓަލް ވައްކަން" ކުރުމުގެ ފުރުސަތު ބޮޑެވެ. އެފްބީއައިގެ ރިޕޯޓަކުން ދައްކާގޮތުގައި އޮންލައިން ސްކޭމްތަކާއި ޑިޖިޓަލް ފްރޯޑްތަކުގައި އެމެރިކާގެ ރައްޔިތުންގެ އަތުން 10 ބިލިއަން ޑޮލަރު މިދިޔަ އަހަރު ގެއްލިފައިވެ އެވެ.

ރާއްޖޭގައި ވެސް މިފަދަ ސްކޭމް ކުރުންތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މުއައްސަސާތަކުގެ ނަމުގައި އާންމުންނަށް ގުޅާ ޒާތީ މައުލޫމާތު ހޯދުމަށް މަސައްކަތްކުރެ އެވެ. އޭގެ އިތުރުން ރައްޓެހިންނާއި އާއިލާ މީހުންގެ ނަމުގައި މެސެޖުތައް ފޮނުވުމުގެ އިތުރުން ތަފާތު ލިންކުތައް މެދުވެރިކޮށް ޑިޖިޓަލް ވައްކަންކުރުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox