ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު މިއަދު ބާއްވައިފި އެވެ.
މިއަދު ހެނދުނު ހުޅުމާލޭގައި މި ދުވުން ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާ އަކަށެވެ. އެއީ؛
- 3 އަހަރާއި 5 އަހަރާ ދެމެދު ( 1 ކިލޯ މީޓަރު)
- 6 އަހަރާއި 8 އަހަރާ ދެމެދު ( 2 ކިލޯ މީޓަރު)
- 9 އަހަރާއި 11 އަހަރާ ދެމެދު ( 3 ކިލޯ މީޓަރު)
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ.
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު މެޑަލް ދިނެވެ.
މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ހަ ވަނަ އަހަރެވެ. މި ދުވުމަށް ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ.









