ސްޕެޒިއާ އަތުން ބަލިވެ މިލާނަށް ހާސްކަން، އިންޓަ ތިނަކަށް

May 14, 2023, 5:30 AM
ސަސުއޯލޯ ކޮޅަށް ގޯލު ޖެހުމަށް ފަހު އިންޓަގެ ލުކާކޫ އުފާފާޅުކުރަނީ.

ސަސުއޯލޯ ކޮޅަށް ގޯލު ޖެހުމަށް ފަހު އިންޓަގެ ލުކާކޫ އުފާފާޅުކުރަނީ.

މިލާން (މެއި 14) - އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 2-0 އިން ބަލިވެ، އޭސީ މިލާނަށް ލީގުގެ ގަދަ ހަތަރެއް ލިބުމުގެ ފުރުސަތު ކުޑަވެފައިވާއިރު، ސަސުއޯލޯގެ މައްޗަށް 4-2 އިން ކުރިހޯދައި އިންޓަ މިލާން ލީގުގެ ތިން ވަަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ތިން ވަނަ އަށް އިންޓަ އެރީ ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް އަށް 34 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ އިން 66 ޕޮއިންޓް ހަމަކުރީ 35 މެޗު ކުޅެގެންނެވެ. ރޭގެ ނަތީޖާއާ އެކު މިލާން ވަނީ 35 މެޗު ކުޅެގެން 61 ޕޮއިންޓް ހޯދައިފަ އެވެ. މި ވަގުތު އެ ޓީމު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ ބުދަ ދުވަހުގެރޭ މިލާންގެ ހޯމް މެޗުގައި އިންޓަ ވަނީ 2-0 އިން މޮޅުވެފަ އެވެ. މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު މެޗަށް އެކަށީގެންވާ ބްރޭކެއް ދޭން ލީގު މެޗު ކުޅެފައިވަނީ ރޭގަ އެވެ.

ރެލިގޭޝަނުގައި އޮތް ސްޕެޒިއާ އިން ރޭ މިލާން ބަލިކުރި ދެ ގޯލު ވެސް ޖެހީ މެޗުގެ ފަހު 15 މިނިޓްގެ ތެރޭގަ އެވެ. ލީގުގެ 18 ވަނައިގައި އޮތް ސްޕެޒިއާ އަށް 75 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޕްރެޒެމީސްލާފް ވިސްނިއޭވްސްކީ އެވެ. ލީޑުނަގައިދިންތާ 10 މިނިޓް ފަހުން، ސްޕެޒިއާ އިން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑަކީ ހިލޭ ޖެހުމަކުން ސަލްވަޓޯ އެސްޕޮސީޓޯ ޖެހި ގޯލެކެވެ.

މި މެޗަށް ފަހު މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ މިލާން ކުޅުންތެރިންގެ ފޯކަސް މާ ބޮޑަށް ހުރީ ޗެމްޕިއަންސް ލީގުގެ މެޗަށް ކަމަށާއި، އެހެންވެ، މެޗުގެ ފަހު ކޮޅުގައި ވަރުބަލިކަން އިހުސާސްވި ވަގުތުގައި އަތުން މެޗު ގެއްލުނީ ކަމަށެެވެ.

ސަސުއޯލޯ ކޮޅަށް އިންޓަ އިން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ފަހަކަށް އައިސް ފޯމަކަށް އެޅެމުން އަންނަ ރޮމެއޫ ލުކާކޫ އެވެ. އަނެއް ދެ ގޯލަކީ ސަސުއޯލޯގެ ރުއާން އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން އިންޓަގެ ލަޓާރޯ މާޓީނޭޒް ޖެހި ގޯލެކެވެ.

މެޗު ފަށައިގެން ސަސުއޯލޯގެ ޑޮމެނިކޯ ބެރާޑީ އެ ޓީމަށް ޖަހައިދިން ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެެވެ. އިންޓަ އިން ތިން ގޯލުގެ ލީޑެއް ނެގި ފަހުން ސަސުއޯލޯގެ ދެ ގޯލު ޖެހީ މަތިއުސް ހެންރީކޭ އާއި ޑާވިޑޭ ފްރަޓޭސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox