ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މީހަކު ޖަލަށްލާން ހުކުމްކޮށްފި

ރާއްޖޭގެ ކޯޓްރޫމެއް ހުންނަ ގޮތަށް ކުރަހާފައިވާ އިލަސްޓްރޭޝަނެއް: ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ވަގަށް ނެގި މީހަކު މިއަދު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައި - ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު

ރާއްޖޭގެ ކޯޓްރޫމެއް ހުންނަ ގޮތަށް ކުރަހާފައިވާ އިލަސްޓްރޭޝަނެއް: ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ވަގަށް ނެގި މީހަކު މިއަދު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައި - ގްރެފިކްސް: ރައްޔާން މުހައްމަދު/އަދަދު

ވަގު ޑޮލަރު ބޭނުންކޮށްގެން އައިފޯނެއް ގަތް މީހަކު ނުވަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ޕީޖީއިން ދައުވާ އުފުލީ ނޮވެމްބަރު، 2022 ގައޮ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އައިފޯން 14 ޕްރޯ މެކްސް އަކަށް އޯޑަރުކޮށް އެ ފޯނު ހަވާލު ކުރަން ދިޔުމުން 15،000 ޑޮލަރަށްވާ 100 ޑޮލަރުގެ 15 ވަގު ނޫޓު ދިން މީހެއްގެ މައްޗަށެވެ.

ޕީޖީއިން އޭނާގެ މައްޗަށް ކުރީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ލިބުނު ފަރާތުން ވަނީ ކޯޓުގައި އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.

ޝަރީއަތުގައި އޭނާ އެއްބަސްވެ ކަން ހިނގި ގޮތް ކަމަށް ދިން ބަޔާނާއި ދައުވާގެ އުންސުރުތަކާ ފުށޫނާރާކަން ވެސް ކޯޓުން ބުނެފައިވެ އެވެ. އަދި އޭނާގެ އިއުތިރާފަކީ އަމިއްލަ އިހުތިޔާރުގައި އެއްވެސް ބިރެއް، މަޖުބޫރުކަމެއް ނެތި ވީ އިއުތިރާފެއްކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

އެ ކަންކަމަށް ބަލާ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ މައްޗަށް ކުރި ހުކުމުގެ ދަރަޖަ ދަށްކޮށްދެއްވައިފަ އެވެ.

އެގޮތުން އޭނާގެ މައްޗަށް ކޯޓުން މިއަދު އިއްވީ ނުވަ މަސް ދުވަހުގެ ޖަލު އަދަބެކެވެ. އަދި 480 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުމަށް ވެސް އޭނާގެ މައްޗަށް ކޯޓުން ހުކުމް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox