މިލާންގެ ދެ ޓީމަށް ވެސް ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު މޮޅެއް

May 7, 2023, 4:38 AM
މިލާންގެ ތެއޯ ހެނާންޑޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާންގެ ތެއޯ ހެނާންޑޭޒް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (މެއި 7) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި އިންޓަ މިލާނުން ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށްދާން މުހިންމު މޮޅެއް ހޯދައިފި އެވެ.

އެ ގޮތުން، ރޯމާ އަތުން އިންޓަ 2-0 އިން މޮޅުވިއިރު، ލާޒިއޯގެ މައްޗަށް މިލާނުން ކުރިހޯދީ 2-0 އިންނެވެ. މި ދެ ޓީމުން ދެން ކުރިމަތިލާނީ އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގަށެވެ.

ލީގުގެ އެއް ވަނައިގައި އޮތީ 33 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ޔަގީންކޮށްފައި އޮތް ނަޕޯލީ އެވެ. ނަޕޯލީ އަށް 33 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ 34 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 33 މެޗުން 63 ޕޮއިންޓް އެވެ. ހަތަރެއްގައި އޮތް އިންޓަ އިން ވަނީ 34 މެޗުން 63 ޕޮއިންޓް ހޯދައިފަ އެވެ. އަދި މިލާނުން ވެސް ވަނީ ރޭގެ މޮޅާ އެކު، 34 މެޗުން 61 ޕޮއިންޓް ހޯދައިފަ އެވެ.

ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ ދަނޑުގައި އެ ޓީމަށް ލީޑުނަގައިދޭން ލޮރެންޒޯ ޕެލެގްރީނީ ޖެހި ބޯޅަ ކީޕަރު އަންދްރޭ އޮނާނާ އަތުގައި ޖެހިފައިވަނީ ކޯނަރަކަށް ބޭރުވެފަ އެވެ. އިންޓަ އިން ލީޑުނެގީ މެޗުގެ 33 ވަނަ މިނިޓްގައި ޑެންޒެލް ޑަމްފްރީސް ނަގައިިދިން ހުރަހަކުން ފެޑެރީކޯ ޑި މާކޯ ޖެހި ގޯލުންނެވެ.

ރޯމާ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި، ލަޓާރޯ މާޓިނޭޒް ހުސްކޮށްލާފައި ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ވަނީ މެޗުގެ 74 ވަނަ މިނިޓްގައި އިންޓަގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން، އިންޓަ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ލަޓާރޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިލާނަށް ރޭގެ މެޗު ފަށައިގެން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ އަށް އަނިޔާވެގެން މެޗުގެ 10 ވަނަ މިނިޓާ ހަމައިން ބަދަލުކުރަން ޖެހުމެވެ. އޭގެ ހަ މިނިޓް ފަހުން، އޭރިއާތެރެއިން އޮލިވިއޭ ޖިރޫޑް ދިން ބޯޅައަކުން އިސްމާއިލް ބެނަސޭރު ވަނީ މިލާނަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި މިލާނުން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ އިންޑިވިޖުއަލީ ބަލާއިރު މިލާނުގެ ފުލްބެކް، ތެއޯ ހެނާންޑޭޒްގެ މޮޅު ގޯލެކެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، ލާޒިއޯ ހާފުގެ ތެރެއިން އޭރިއާބޭރުން ތެއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox