އެސްއެމްއީ ޕޯޓަލް އަޕްގްރޭޑުކޮށް, ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޑީއެފްސީ އޮފީސް; އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް, ލޯނަށް އެދުމުގެ ފުރުސަތު ވަނީ އަނެއްކާވެސް ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު

އެސްޑީއެފްސީ އޮފީސް; އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް, ލޯނަށް އެދުމުގެ ފުރުސަތު ވަނީ އަނެއްކާވެސް ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށްޓަކައި ލޯނަށް ހުށަހަޅާ ޕޯޓަލް އަޕްގްރޭޑް ކުރުމަށްފަހު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ޕޯޓަލް އަޕްގްރޭޑު ކުރުމަށްޓަކައި ދެ ލޯނު ފިޔަވައި އެހެން ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މެދުކަނޑާލީ މިދިޔަ ޑިސެމްބަރު މަހެވެ. އޭރު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ ދަނޑުވެރިކަމަށް ހާއްސަކޮށް ދޫކުރާ ލޯނާއި، ކަނޑުފަޅު ނަފާ ލޯނަށް އެކަންޏެވެ.

ނަމަވެސް, އެސްއެމްއީ ޕޯޓަލް އަޕްގްރޭޑްކޮށް މިއަދު އިފްތިތާހު ކުރުމާއެކު ދެން އެހެނިހެން ލޯނުތަކަށް ވެސް އެދެވޭނެ އެވެ. އެގޮތުން ވިޔަފާރި ތަރައްގީ, ހަރުމުދާ, ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ, އަޕްގްރޭޑު ކުރި އެސްއެމްއީ ޕޯޓަލުން ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓު ބެލުމާއި, ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލޯނާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެ ކަމަށެވެ. އެގޮތުން, އެޕޮއިންޓްމަންޓު ހަމަޖެއްސުމާއި, މައުލޫމާތު ސާފުކުރުުމާއި އެއްތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ކަސްޓަމަރުންގެ މައުލޫމާތު ބެލެހެއްޓޭނެ ކަމަށް ވެސް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީން އިތުރަށް ބުނީ އާ ޕޯޓަލުގައި ކަސްޓަމަރު ހިޔާރުކުރާ އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއް ގާއިމްކުކޮށް, ޕޯޓަލްގެ ނެވިގޭޝަން ފަސޭހަ ކުރުމަށް ސާޗް ފީޗާއެއް ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ.

އެސްޑީއެފްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ނޮވެމްބަރު 8, 2020 އިން ފެށިގެން މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެ ކޯޕަރޭޝަން ވެގެން ދިއުމާއެކު މިދިޔަ މާޗު މަހުގެ ނިޔަލަށް 1387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެއީ 1.67 ބިލިއަން ރުފިޔާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޑީއެފްސީއަކީ ލުއި އިންޓްރެސްޓް ރޭޓެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެތަނުން ލޯނުު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ދަނޑުވެރި ނަފާ އަދި ވިޔަފާރި އެހީގެ އިތުރުން ރަށު ފަތުރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox