ލަފްޒުގެ ދެވަނަ ސީޒަން ވީޑިއޯކްލަބުން ރިލީޒްކޮށް ފުރަތަމަ ދެ އެޕިސޯޑު ސްޓްރީމިން އަށް ދޫކޮށްލައިފި އެވެ.
ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު ލަފްޒުގެ ދެވަނަ ސީޒަން ވީޑިއޯކްލަބުން ރިލީޒްކުރިއިރު، މިއީ ވީޑިއޯކްލަބްގެ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ދިވެހި ސީރީޒްކަމަށް މީޑިއާނެޓުން ބުނެ އެވެ.
މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޑައިރެކްޓުކޮށް ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފައްދާފައިވާ އެ ސީރީޒްގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ވީޑިއޯކްލަބުގެ އެހެން ދިވެހި ސީރީޒްތަތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ހުނަރުވެރި އެކްޓަރުންކަމުގައިވާ މަރިޔަމް ޝިފާއާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އަހްމަދު ނިމާލް އެވެ.
ލަފްޒުގެ ދެވަނަ ސީޒަން މީޑިއާނެޓުގެ ވީޑިއޯކްލަބް، އެމްއެސް ޓީވީ، އެމްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ވަނީ ރިލީޒްކޮށްފަ އެވެ. އެހެންކަމުން މިހާރު އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑު މި ހުރިހާ ޕްލެޓްފޯމަކުންވެސް ހިލޭ ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ބޮޑު ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކޮންމެ އާދީއްތަ ދުވަހެއްގައި ލަފްޒުގެ ދެވަނަ ސީޒަންގެ އާ އެޕިސޯޑު ބަލާލެވޭނެ އެވެ. ފޯނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯދާ ފަރާތްތަކަށް އާ އެޕިސޯޑު ފެންނާނީ ބޮޑު ސްކްރީނަށް ނެރޭތާ ދެ ހަފުތާ ފަހުންނެވެ.
ވީޑިއޯކްލަބް މެދުވެރިކޮށް ލަފްޒުގެ ދެވަނަ ސީޒަން ބެލުމަށް ms.medianet.mv މެދުވެރިކޮށް ވީޑިއޯކްލަބަށް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ.
މީޑިއާނެޓަކީ މިވަގުތު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީބުރޯޑްކާސްޓިންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.









