ވާހަކަ: ލޮލުގެ ކޮއި

ވާހަކަ: ލޮލުގެ ކޮއި

"ބައްޕި ގެއަށް ދިޔަޔަސް ރަނގަޅުވާނެ. މިސްމެން ތިބޭނެ ނިމެންދެން."

އާލާ އެހެން ބުނީ އަހަރެން ފޮނުވައިލަން ވެގެންނެވެ. އެކަން އަހަންނަށް އެނގެ އެވެ. އެހެން ކުދިންގެ ބެލެނިވެރިން މަޑު ނުކުރާތީ އެވެ. އަމުދުން ބައްޕައިން ހަރަކާތްތައް ނިމެންދެން ނުތިބޭތީ އެވެ. ދިހަ އަހަރަށްދާ އާލާއަކީ އަހަންނާއި މަލްހާއަށް ލިބުނު ހަމައެކަނި ދަރި އެވެ. އެވެސް އެތައް ފަރުވާއަކަށްފަހުގަ އެވެ. އެހެންވެ އާލާ ދެކެ ވެވެނީ އަމަށަކު ލޯތްބެއް ނޫނެވެ. އެންމެ ސިކުންތުކޮޅަކަށް ވެސް ލޯމަތިން އޭނާގެ ގެއްލޭކަށް ހިތެއް ނޭދެ އެވެ. އާލާގެ އިތުރު ހަރާކާތްތަކުގައި އުޅޭ ކޮންމެ ވަގުތަކު އަހަރެން ދުރުގައި ބަލަން އިންނަމެވެ. ކުޅިވަރު ހަރަކާތެއްނަމަ މުދައްރިސުން ބުނެގެން އެހީތެރިކަން ވެސް ފޯރުކޮށްދެމެވެ.

"ދެން ބައްޕި މިއަދު ދޭބަލަ. މަންމި ވެސް އުޅެނީ ބަލިވެއެއްނު."

އާލާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ބޭނުންވީ އަހަރެން ފޮނުވާލާށެވެ. ނަމަވެސް އަހަރެން އެއްގޮތަކަށް ވެސް ދާކަށް ބޭނުމެއް ނޫނެވެ. އަމުދުން މިއަދުއެވެ. އާލާމެން މިއަދު އެއީ ފަސްގަޑީއިރު، ގައިޑު ހަރަކާތަކަށެވެ. އެއީ ލައްކަ އިރެވެ.

"ބައްޕި ތި ބޯއީ ކުއްޖެއްނު. މި ގައިޑުކުދިން އުޅޭ ތަނެކޭ. މިތާ އުޅޭނީ ހުސް ގާލް ކުދިންނޭ." އާލާ ދެވަނަ ބަހަނާއެއް ހޯދި އެވެ.

އެންމެ ފަހުން އަހަރެންގެ ދެކެ ރުޅި އައިސް ތުންފަތް ދިގުކޮށްލަމުން މޫނު ކުނިކޮށްލި އެވެ. "ބައްޕި މިއަދު މިދަނީ ދަރިފުޅު ހިތްހަމަ ޖައްސުވަން ވެގެން. ބައްޕި ވަރަށް ލޯބިވޭ." އާލާއާ އެއްހަމައަށް ތިރިވެލަމުން އޭނާގެ ކޮލުގައި ހިފައިލީމެވެ.

"ތޭންކިޔޫ. ލަވްޔޫ ބައްޕީ." އާލާ ހިނިތުންވެލިއެވެ.

އޭނާގެ އުފާވެރި މޫނު ފެނުމުން އަހަންނަށް ބުނަން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދެ ހިޔާލުގައި ހުރެފައި ސްކޫލުން ގޭޓާ ހަމައަށް ދިޔައީމެވެ. ގޮސް އެންމެ ފަހު ފަހަރަށް އާލާއަށް ބަލައިލީމެވެ. އާލާ އަތް ހޫރައިލި އެވެ. އަހަރެން ވެސް އަތްހޫރައިލަމުން ހިނިތުންވެލީމެވެ. އާލާ އަތުގެ އިޝާރާތުން ހިތެއް ފޮނުވާލި އެވެ. އަހަރެން ބޮޑު ހިނިތުންވުމެއް ދެމުން ދެ ފަރާތަށް ބޯހޫރައިލީމެވެ.

ލިފްޓަށް އަރައި ދިހަވަނަ ފިތަށް އޮބާލުމާއެކު ލިފްޓުގެ ދޮރު ލެއްޕުނެވެ. ފޯނު ވައިބުރޭޓްވާން ފެށީ ވެސް އެވަގުތު އެވެ. ފޯނަށް ބަލައިލީމެވެ. ގުޅަނީ ކުލާސް މުދައްރިސެވެ. ހިތުގެ ތެޅުން އަވަސްވާ ގޮތްވިއެވެ. ގޯހެއްވީބާއޭ ހިތް ބުނެލިއެވެ. އަވަސް އަވަހަށް ފޯނު ނެގީމެވެ. ނަމަވެސް އެކޮޅުން ދެއްކި ވާހަކައެއް ނީވުނެވެ. އަޑު ކެނޑުނީއެވެ. ފޯނު ކަނޑައިލުމަށްފަހު އަނެއްކާ ވެސް ގުޅީމެވެ. ހަމަ ވީ އެއްގޮތެކެވެ. ހަނދާންނަށް އައީ ލިފްޓުގައި ހުރުމުން ރޭންޖު ނުލިބޭނެ ކަމެވެ. އޭރު ތިންވަނަ ފަންގިފިލާ ހުރަސްކޮށް ހަތަރަކާ ހަމައަށް ދަނީއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔަ އެވެ. ލިފްޓުގެ ދުވެލި އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ބެލުނެވެ. ނަމަވެސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތެވެ. ހިތުން ސިކުންތު ގުނަމުން ފެންނަމުންދާ ނަންބަރަށް ބަލަން ހުރީމެވެ.

ކުލާސް މުދައްރިސް ތިން ހަތަރު ފަހަރު ގުޅައިފިއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ވާހަކަ ދެއްކޭނީ މިތަނުން ނިކުމެވިގެންތާ އެވެ.

އަށެއް ހުރަސްކޮށް ނުވައަކާ ހަމައަށް އާދެވިއްޖެ އެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު އަހަރެން ބޭރަށް ދެމިގަތީމެވެ. އަވަސް އަވަހަށް ފޯނު ނަގައި ޑައިލްކޮށްލީމެވެ. އަވަސް އަރުވާލައިފައި ހުރުމުގެ ސަބަބުން ކޮންމެ ވެސް މީހެއްގެ ގައިގައި އަހަރެން ލައިގަތެވެ. އެމީހާގެ ގައިގައި ޖެހުނު ގޮތުން ފޯނު އަތުން ދޫވި އެވެ. އެންމެ ފަހުން އެމީހާ ކިބައިން މައާފަށް އެދެމުން ފޯނު ނަގަން ގުދުވެ ގުދުވެ އޮއްވާ ލިފްޓުގެ ދޮރު ލެއްޕުނެވެ. ފޯނު އޮތީ ލިފްޓު ތެރޭގައެވެ. ދެ އަތް މުއްކަވާލެވުނެވެ. ފާޑަކަށް ރުޅި ވެސް އާދެވުނެވެ. ނަމަވެސް އެއީ އަހަރެން ސަބަބުން ދިމާ ވިހާ ކަންކަމެވެ.

އަވަސް އަވަހަށް ނަންބަރަށް ފިތައިލަން ހިތަށް އެރިއެވެ. ނަންބަރަށް ފިތައިނުލައި އުޅެނިކޮށް ލިފްޓު ހުޅުވުނެވެ. ކުރިމަތީގައި ހުރި އަންހެން މީހާ ހިނިތުންވެލައިގެން ހުރެ ފޯނު ދިއްކޮށްލިއެވެ. އަހަރެން އަވަހަށް ފޯނު އަތުލީމެވެ. ޝުކުރިއްޔާއޭ ބުނަން ވެސް ހަނދާން ނެތުނީ އެވެ. އޭރު ވެސް މުދައްރިސް ގުޅަނީ އެވެ. "ކިހިނެއްވީ މިސް؟" އަހަރެން އަވަސް އަވަހަށް އަހައިލީމެވެ.

"އާލާ! ވަރަށް އަވަހަށް އޭޑީކޭއަށް. އިމަޖަންސީގައި މިގެންދަނީ." އަވަސް އަވަހަށް މުދައްރިސް ބުނެލި އެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އާލާއަށް ކިހިނެއްވީ ބާ އެވެ؟ އޭޑީކޭއަށް ގެންދަންވީ ކީއްވެ ހެއްޔެވެ؟ އިރުކޮޅެއް ވަންދެން ހުއްޓިފައި ހުރެވުނެވެ. ހަދަންވީ ގޮތް ނޭނގިފަ އެވެ. އެންމެ ފުރަތަމަ ކުރާންވީ ކަމެއް ސިކުނޑިއަށް ނޭނގިފަ އެވެ.

ލިފްޓުގެ ނަންބަރަށް ފިތައިލަން ހަދާންވީ ވެސް އިރުކޮޅެއްވީ ފަހުންނެވެ. ލިފްޓަށް އަރަން ވެއްޖެ ނަމަ އަނެއްކާ އަނެއް ހަކަތަށް ޖެހޭނޭ ހިތަށް އެރިއެވެ. އެހެންވެ ބޭނުންވީ ސިޑިން ފައިބާށެވެ. ބިމަށް ފުއްމައިލައިގެން އަވަހަށް ދެވޭނެ ނަމަ އަހަރެން އެކަން ވެސް ކުރާނެ އެވެ. ވަގުތުން ވަރައެއް ފަޅާނެ ނަމައޭ ހިތަށް އެރިއެވެ. އެހައި ވެސް ބޮޑަށް އަހަރެން ހުރީ ހާސްވެފަ އެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި ތިރިއަށް ދެވުނެވެ. އަވަސްއަރުވާލައިފަ ސައިކަލާ ދިމާއަށް ދުއްވައިގަތީމެވެ. ސައިކަލުގައި އިން އިރު ވެސް އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އާލާ އެންމެ ފަހުން ދެއްކި ވާހަކަތަކެވެ. އޭނާ އަހަންނާ ދިމާއަށް ހަދައިލި ގޮތްތަކެވެ. ލޯބިން ފުރިގެންވާ އެ ހަރަކާތްތަކާއެކު އަހަރެންގެ ހިތްފަޅިފަޅިވަމުން ދިޔައެވެ. ކަރުނައިން ދެ ލޯ ފުރެމުން ދިޔަ އެވެ.

ހޮސްޕިޓަލަށް ދެވުމާއެކު އިމަޖަންސީއާ ދިމާ ދުއްވާގަތީމެވެ. ހަލަބޮލި މާހައުލުގެ ތެރެއިން އެކެއްގެ ގައިން އަނެއްކެއްގެ ގައިން ނެއްޓެމުންނެވެ. ވަކި ހިސާބަކަށް ދެވުމާއެކު ހުއްޓެއް މަޖުބޫރުވީ އެވެ. މީހުން ގިނަކަމުން ކުރިއަށް ނުދެވިގެންނެވެ.

"އާލާގެ ބެލެނިވެރިއަކު އެބަހުރިތޯ!" ނަރުސް ކުއްޖެއްގެ އަޑު އިވުނެވެ.

އަހަރެން އަތް ނެގީމެވެ. ބާރުބާރަށް ބުނެލީމެވެ. އާލާގެ ބައްޕައަކީ އަހަރެން ކަމަށެވެ. އެންމެން އަހަންނާ ދިމާއަށް ބަލައިލިއެވެ. މަގު ދައްކަމުން އަހަންނަށް ދާންވީ ދިމާ ވެސް ދައްކައިދިނެވެ. "ވެއްޓި ޖެހުނު ގޮތުން ކަނދުރާ ބިނދިފަ. ފުރާނަ.."

ނަރުސް ކުއްޖާގެ އަޑު ޖެހުމާއެކު އަހަރެންގެ މޫނު މައްޗަށް އަނދިރިވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ. ހޭވެރިކަންވީއިރު ހުރިހާ ކަމެއް ނިމެނީއެވެ. ކިތަށްމެ ބޭނުން ނުވިނަމަވެސް މިއަދު މިޖެހެނީ ކެތްކުރާށެވެ. ދުނިޔެއަކީ އުފަލާއި މަޖަލުގެ ގޮވައްޗެކެވެ. ހިތާމައާއި ކެކުޅުމުގެ މަންޒިލެކެވެ. އިންސާނުންނަށް އޮތީ މިންވަރަށް އީމާންވުމެވެ. އީމާންކަން ހަރުދަނާ ކުރުމެވެ.

މިކަމުގައި އެއްވެސް މީހެއްގެ އިހުމާލެއް ނެތެވެ. ކަމެއް ދިމާވާންވީމަ ކިތައްމެ ރަނގަޅަށް ކަންކަން ކޮށްފައި ހުއްޓަސް ކިތައްމެ ފުރިހަމައަށް އިންތިޒާމު ކުރިޔަސް އެކަމެއް ދިމާވާނެއެވެ. ލޮލުގެ ކޮއި ފަދައިން ދަރިން ބެލުމުގައި ސައުވީސް ގަޑިއިރު ހޭދަކުރި ނަމަވެސް ތަގުދީރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މިއީ އާލާ އިހުތިޔާރުކުރި ގޮތެވެ. އޭނާގެ ފަހު ވަގުތުކޮޅު އޭނާގެ އެއްވެސް މީހަކަށް ނުފެނި އެ ދިޔައީ އެވެ. އެ މަންޒަރު އަހަންނަށް ފެނުނު ނަމަ އަހަންނަށް މި ކެތްތެރި ކަމެއް ނުލިބުނީހެވެ. އަހަރުމެން ދެމަފިރިންނަށް މިއަދާ ހަމައަށް ވެސް ކެތެއް ނުކުރެވުނީހެވެ. ދެން އޮތީ ލޮލުގެ ކޮއި ނެތި ހަޔާތުގެ ބާކީ ދުވަސްތައް ގުނުމެވެ. އެކަމަށް ވެސް އޮތީ ކެތްކުރުމެވެ. އިންޝާﷲ ކެތްކުރާނަމެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox