އޭޝިއާ ޔޫތު މުބާރާތުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އަހްނާ ސެމީ އަށް

Apr 28, 2023, 6:05 AM
ހުނަރުވެރި ދުވުންތެރިޔާ އަހްނާ: އޭނާ ވަނީ އޭޝިއާ ޔޫތު މުބާރާތުގެ 100 މީޓަރު އިވެންޓްގައި ސެމީ ފައިނަލަށް ދަތުރުކޮށްފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

ހުނަރުވެރި ދުވުންތެރިޔާ އަހްނާ: އޭނާ ވަނީ އޭޝިއާ ޔޫތު މުބާރާތުގެ 100 މީޓަރު އިވެންޓްގައި ސެމީ ފައިނަލަށް ދަތުރުކޮށްފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

އުޒްބެކިސްތާންގެ ޓަޝްކެންޓްގައި އިއްޔެ ފެށި އޭޝިއާގެ ޔޫތު މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލީޓު، އަހްނާ ނިޒާރު، 100 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މަހު 27-30 އަށް ކުރިއަށްދާ މި މުބާރާތުގެ 100 މީޓަރު ދުވުމުގައި އިއްޔެ އަހްނާ ވާދަކުރީ ހީޓު އެކެއްގަ އެވެ. ޖުމްލަ ހަތް އެތުލީޓުން ވާދަކުރި އެ ހީޓުގެ ހަތަރު ވަނައިގައި އަހްނާ ނިންމިއިރު، އޭނާގެ ޓައިމިން އަކީ 12.93 ސިކުންތެވެ. ހީޓުގެ އެއް ވަނަ ހޯދި ހޮންކޮން ޗައިނާގެ އެތުލީޓު، ލިޒް ޓީސްޒް ސޯގެ ޓައިމިން އަކީ 12.35 ސިކުންތެވެ.

އަހްނާ އަށް ސެމީ ފައިނަލުން ފުރުސަތު ލިބުނީ މި އިވެންޓްގައި ދުވި ހަތަރު ހީޓުގެ ޖުމްލަ ޓައިމިން އަށް ބަލައިގެންނެވެ.

މިއީ ކުރިއެރުން ހޯދަމުން އަންނަ ޒުވާން ދުވުންތެރިޔާ، އަހްނާ މި އަހަރު ވާދަކުރާ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. އަހްނާ، 15، ވަނީ މިދިޔަ ފެބްރުއަރީ މަހު ކަޒަކިސްތާންގެ އަސްތާނާގައި ކުރިއަށްދިޔަ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.

އޭޝިއާ ޔޫތު މުބާރާތުގެ 400 މީޓަރު ދުވުުމުގެ އިވެންޓްގައި ރާއްޖޭގެ އެތުލީޓު ޒިވާ މޫސާ ޝަފީއު ވާދަކުރި އެވެ. ހަތް އެތުލީޓުން ވާދަކުރި ހީޓު ދޭކުން ޒިވާ ދިޔައީ ފަސް ވަނަ އެވެ. ޒިވާގެ ޓައިމިން އަކީ 1 މިނިޓް 00.49 ސިކުންތެވެ. ފައިނަލް ބުރަށް ދިޔައީ ދެ ހީޓް އޮތްއިރު، ކޮންމެ ހީޓެއްގެ ގަދަ ހަތަރެކެވެ.

ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ބައިގައި ރާއްޖޭގެ ޒުއިޒް މުހައްމަދު ސުއާދު ވާދަކުރި އެވެ. އަށް ދުވުންތެރިން ވާދަކުރި ހީޓު ދޭކުން ޒުއިޒް ދިޔައީ ފަސް ވަނަ އެވެ. ޒުއިޒްގެ ޓައިމިން އަކީ 51.99 ސިކުންތެވެ. މި ހީޓުގެ އެއް ވަނަ އަށް ދިޔަ އިންޑިއާގެ ޝަރަން މެގްވަރްނަންގެ ޓައިމިން އަކީ 48.36 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox