އެކްސްޕޯޓު ދެ ގުނަވެ, އާމްދަނީ އިތުރުވެއްޖެ

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްތެރިން ހަރަކާތްތެރިވަނީ. އެކްސްޕޯޓު އަދަދު ވަނީ ދެ ގުނަ އިތުރުވެފައި --- ފޮޓޯ; އަބްދުالله އިޔާން/އަދަދު

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްތެރިން ހަރަކާތްތެރިވަނީ. އެކްސްޕޯޓު އަދަދު ވަނީ ދެ ގުނަ އިތުރުވެފައި --- ފޮޓޯ; އަބްދުالله އިޔާން/އަދަދު

ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިތުރުން ބޭރުކުރާ މިންވަރު މިދިޔަ މާޗު މަހު ބޮޑުތަނުން އިތުރުވެ، އިމްޕޯޓް އެކްސްޕޯޓުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކޮށްފި އެވެ.

އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މާޗު މަހު އާމްދަނީގެ ގޮތުގައި ވަނީ 330 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ, މިދިޔަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު ތިން އިންސައްތައިގެ އިތުރުވުމެކެވެ. އަދި, ރޯޔަލިޓީގެ ގޮތުގައި ކަސްޓަމްސްއަށް ވަނީ 14 މިލިއަން ރުފިޔާ ލިބިފަ އެވެ.

ތަފާސްހިސާބުތަކުން އިތުރަށް ފެންނަ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް 924 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން އިމްޕޯޓުކުރީ ތެލެވެ. އެއީ 706 މިލިއަން ރުފިޔާގެ ތެލެވެ. ޖުމުލަ އިމްޕޯޓުގެ އަދަދު ތެޔޮ ނުހިމަނައި ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ. އެއީ, މިދިޔަ އަހަރުގެ މާޗު މަހާ އަޅާކިޔާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ މަހުގެ އެކްސްޕޯޓަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، މިދިޔަ މަހު 224 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ރާއްޖޭން ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެގޮތުން، އެ ގައުމުން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެ އެވެ.

އެކްސްޕޯޓަށް ބަލާއިރު، މިދިޔަ މަހު ރާއްޖޭން ބޭރުކުރި ޖުމްލަ މުދަލުގެ 66 އިންސައްތަ ހިއްސާކުރަނީ ތައިލަންޑަށެވެ. އެ ގައުމަށް 225 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހުގެ ތެރޭގައި ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox