ގަންގޫލީ އާއި ވިރާތުގެ "ފިނި ހަނގުރާމަ" އަދިވެސް ކުރިއަށް!

Apr 19, 2023, 8:04 AM
2016 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން ވިރާތު (ކ) އާއި ގަންގޫލީ.

2016 ވަނަ އަހަރުގެ މެޗެއްގެ ތެރެއިން ވިރާތު (ކ) އާއި ގަންގޫލީ.

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ތަރި ވިރާތު ކޯލީ އަކީ މި ވަގުތު ދުނިޔޭގެ އެންމެ މަގުބޫލު އެއް ކްރިކެޓް ކުޅުންތެރިޔާ އެވެ. އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަންގެ ގޮތުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު އެ މަގާމުން އޭނާ ވަކިވުމާ އެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. ކެޕްޓަން ކަމުން ވިރާތު ވަކިވުމުގައި އޭރު އިންޑިއާގެ ކްރިކެޓް ބޯޑުގެ ރައީސަކަށް ހުރި ސޯރަވް ގަންގޫލީއާ ހިތްހަމަނުޖެހުންތަކެއް ދިޔަކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ.

މިހާރު މި ކަންތައްތަކަށް އަހަރެއް ވެއްޖެ އެވެ. ހަގީގަތުގައި ވެސް ގަންގޫލީ އާއި ވިރާތާ ދެމެދު ދެބަސްވުންތަކެއް އުފެދުނު ކަމަށް ދެކެވުނު ވާހަކަތަކަށް ބާރު ލިބޭ ކަންތައްތަކެއް މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވެސް މި ވަނީ ފެނިފަ އެވެ.

އެންމެ ފަހުން އައިޕީއެލްގައި ވިރާތު ކުޅޭ ބެންގަލޫރުގެ ރޯޔަލް ޗެލެންޖާސް އާއި ޑެލީ ކެޕިޓަލްސް ކުޅުނު މެޗުގެ ތެރެއިން ގިނަ ބަޔަކަށް އަޅައިގަތީ ކޯލީ އާއި ގަންގޫލީގެ ހަރަކާތްތަކަށެވެ. މި ވަގުތު ޑެލީ ޓީމުގެ ޑިރެކްޓާ އޮފް ކްރިކެޓްގެ މަގާމުގައި ހުރި ގަންގޫލީ އާއި ވިރާތާ ދެ މީހުން މެޗު ނިންމާފައި ސަލާމްކޮށްފައި ވެސް ނުވެ އެވެ. އަނެއްކޮޅުން މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން ވާހަކަދައްކައި ބައްދަލުކުރިއިރު ވެސް ދެ މީހުން ތިބީ އެކަކު އަނެކަކަށް ފުރަގަސްދީގެންނެވެ. މިއީ އިންޑިއާގެ ނޫސްތަކުގެ ފަލަސުރުހީތަކުގައި މިދިޔަ ދުވަސްތަކުގައި އޮތް ވާހަަކަތަކުން ބައެކެވެ.

ޑެލީ ކެޕިޓަލްސްގެ ކޯޗު ރިކީ ޕޮންޓިން އާއި ވިރާތު ވާހަކަދައްކަން ހުރި ދަނޑިވަޅެއްގައި ގަންގޫލީ އެތަނަށް އައިސް ޕޮންޓިން ގާތު ވާހަކައެއް ބުނެފައި ދިޔައީ ވިރާތު އާ ދިމާއަށް ބަލާވެސް ނުލަ އެވެ.

މެޗުގެ ތެރެއިން ވެސް ވިރާތު ބެންޗުގައި އިން ދަނޑިވަޅެއްގައި ގަންގޫލީ އޭނާގެ ކުރިމަތިން ހުރަސްކުރި ވަގުތު ވިރާތު، ގަންގޫލީ އަށް ފޫހި ގޮތަކަށް ބަލާ ވީޑިއޯވެސް ދަނީ އާންމުވަމުންނެވެ.

މި ކަންތައްތަކުގެ ސަބަބުން ވިރާތު އަތުން އިންޑިއާގެ ކެޕްޓަންކަން ނެގުމުގައި ގަންގޫލީގެ އަތެއްވާ ކަމަށް ދެކެވޭ ވާހަކަތަކަށްވަނީ ބާރު ލިބިފަ އެވެ. މިދިޔަ އަހަރު އިންޑިއާގެ ކެޕްޓަންގެ ގޮތުގައި ހުރެފައި ވިރާތު އެ މަގާމު ދޫކޮށްލީ އެ ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަން ބޭނުން ނުވާކަމަށް ބުނެފަ އެވެ.

އޭރު މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ޓެސްޓް، އޯޑީއައި އަދި ޓީ20ގެ ކެޕްޓަންގެ ގޮތުގައިވެސް ހުރި ކޯލީ އެ މަގާމު ދޫކޮށްލީ ގަންގޫލީގެ ނުފޫޒުގެ ސަބަބުންނެވެ. ވިރާތު ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތެއްގެ ގޮތުގައި އޮތްއިރު، ސޯޝަލް މީޑިއާގެ ގިނަ އެކައުންޓްތަކުން ގަންގޫލީ އަށް ފޮލޯ ވެސް ނުކުރާތީ އެ ވެސް މީޑިއާގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ.

ވިރާތު އަށް ފަހު އިންޑިއާގެ ކެޕްޓަންކަން ހަވާލުކުރީ ބެޓްސްމަން ރޯހިތު ޝަރުމާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox