އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތާޖުކޮޅު އެޅުވުމުގެ ހަފުލާއާ ގުޅިގެން ބާއްވާ ކޮންސެޓުގައި ކޭޓީ ޕެރީ އާއި ލަޔަނެލް ރިޗީ އަދި ޓޭކް ދެޓް ފަދަ ފަންނާނުންގެ ހުށަހެޅުން ފެންނާނެ ކަމަށް އިއުލާންކޮށްފި އެވެ.
އެ ކޮންސެޓް އޮންނާނީ މޭ ހަތް ވަނަ ދުވަހު ވިންޑްސާ ކާސްލްގެ ގޯތިތެރޭގަ އެވެ. ބެލެވޭ ގޮތުގައި 20،000 އަށް ވުރެ ގިނަ މީހުންނަށް އޯޑިއެންސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
އިޓަލީގެ އޮޕެރާ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެއްލީ އަދި ވެލްޝް ފަންނާނުން ސާ ބްރީން ޓާފަލް އާއި ފްރެޔާ ރައިޑިންގްސްގެ ހުށަހެޅުންތައް ވެސް ކޮންސެޓުގައި ފެންނާނެ އެވެ.
ކޮންސެޓުގެ އުއްމީދަކީ ލޯތްބާއި އިހުތިރާމް އަދި އުއްމީދެވެ.

ލަޔަނެލް ރިޗީ.

މިހާތަނަށް 57 މިލިއަން އަލްބަމް ވިއްކާފައިވާ ކޭޓީ ޕެރީއަކީ ބްރިޓިޝް އޭޝިއަން ޓްރަސްޓްގެ ،މަންދޫބެއްގެ ގޮތުގައި ރަސްގެފާނު ޗާލްސް އައްޔަނުކުރެއްވީ 2020 ގަ އެވެ. ލަޔަނެލް ރިޗީއަކީ ދަ ޕްރިންސެޒް ޓްރަސްޓް ޖަމިއްޔާގެ ފުރަތަމަ މަންދޫބެވެ.
މިޔުޒިކް ހުށަހެޅުންތަކުގެ އިތުރުން ކޮންސެޓުގެ އެންމެ ބޮޑު އުސްއަލީގެ ގޮތުގައި އޮންނާނީ ޑްރޯން، ލޭޒަރު އަދި ޕްރޮޖެކްޝަންގެ އެހީގައި ބާއްވާ ލައިޓް ޝޯއެކެވެ.










