ލޭ ހަދިޔާ ކުރުމުން ލިޓަސް އިން ޑިސްކައުންޓެއް

ލޭ ހަދިޔާ ކުރުމުން ލިޓަސް އިން ޑިސްކައުންޓެއް

ރޯދަ މަސް ނޫނަސް އާންމުކޮށް ހިންގާ އެކި ޕުރޮމޯޝަންތައް ބައްޓަން ކޮށްފައި ހުންނަނީ ވިޔަފާރި ކުރާ ފަރާތަށް ކުޑަ ފައިދާއެއް ލާފައި، ވިޔަފާރި ހިންގާ ފަރާތަށް ބޮޑެތި މަންފާތަކެއް ލިބޭ ގޮތަށެވެ.

އެހެންނަމަވެސް ލިޓަސްއިން މި ރަމަޟާން މަހަށް ހާއްސަކޮށް ފެށި ޕުރޮމޯޝަނުން ފެންނަނީ މުޅީން އެހެން މަންޒަރެކެވެ. ކުންފުނީގެ ފައިދާއިން ސޮދަގާތް ކުރުމުގެ އިތުރުން، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ޑިސްކައުންޓު ލިބެ އެވެ.

ލިޓަސް އޮޓޯމޯބިލްސްއިން މި ރޯދަމަހަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނުގައި ސައިކަލް ގަންނަ ފަރާތްތަކަށް 12000ރ. އާ ހަމައަށް ޑިސްކައުންޓު ލިބެ އެވެ. އަދިކުރާ ކޮންމެ ވިޔަފާރިއަކުން އެއް ޕަސެންޓު ބޭނުންޖެހިފައިވާ ފަރާތްތަކަށް ސޮދަގާތް ކުރާނެ އެވެ. އެ ސޮދަގާތް ކުރުމަށް ހަމަޖެހިފައި ވަނީ އެ ވިޔަފާރިއެއް ކުރާ ކަސްޓަމަރުގެ ނަމުގަ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ލޭ ހަދިޔާކުރުމަށް ފަހު ލިޓަސްއިން ކުރާ ކޮންމެ ވިޔަފާރިއަކުން 700ރ. ގެ ޑިސްކައުންޓެއް ލިބެ އެވެ.

މިފަދަ ތަފާތު ގޮތަކަށް ޕްރޮމޯޝަން ފެށީ މި ރަމަޟާން މަހު، ސޮދަގާތް ކުރުމާއި މުޖުތަމައުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ މުހިންމުކަން ހަނދާން ކޮށްދީ އެކަމަށް ބާރު އެޅުމުގެ ގޮތުން ކަަމަށް ލިޓަސް އިން ބުނެ އެވެ.

ފާއިތުވި އަހަރުތަކުގައި ލިޓަސް ފާހަގަވެގެން ގޮސްފައި ވަނީ މުޖުތަމައުގެ މަންފާއާއި ލާބައަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާ ކުރާ ކުންފުންޏެއްގެ ގޮތުގަ އެވެ.

"ކުންފުންޏެއްގެ ގޮތުގައި އަހަރުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުއަށް ހެޔޮ ބަދަލެއް ގެންނަން، އަހަރުމެން ގަބޫލު ކުރަނީ މި ޕްރޮމޯޝަން މެދުވެރިކޮށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކުރުމަށް އަހަރުމެންގެ ކަސްޓަމަރުންނަށް ބާރު އަޅައި ހިތްވަރު ދެވޭނެ ކަމަށް،" ލިޓަސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑު މާކެޓިން، އާސިފް ރަޝީދު ވިދަޅުި އެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ލިޓަސްގެ ކޮންމެ ޝޯ ރޫމަކުން ވެސް އެ ހުރިހާ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox