ހަޅުތާލުކުރި މުވައްޒަފުން އަނބުރާ މަސައްކަތަށް؛ ކޮންޓްރެކްޓަރު ބުނަނީ މައްސަލަތައް ހައްލުވެއްޖެ ކަމަށް

ހަޅުތާލުކުރި މުވައްޒަފުން އަނބުރާ މަސައްކަތަށް؛ ކޮންޓްރެކްޓަރު ބުނަނީ މައްސަލަތައް ހައްލުވެއްޖެ ކަމަށް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ 1800 އެއްހާ މުވައްޒަފުން، އެމީހުންނަށް ކެއިންބުއިމަށް ދޭ ތަކެތީގެ ފެންވަރު ދަށްވުމާއި ސަލާމުގެ ޗުއްޓީ ނުދޭތީ މަސައްކަތް ހުއްޓާލައި ކުރަމުންދިޔަ ހަޅުތާލު ނިމުމަކަށް ގެނެސް އަނބުރާ މަސައްކަތަށް ނުކުންނަން ފަށައިފި އެވެ.

އެއީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަޅަމުންދާ 2،000 ހައުސިން ޔުނިޓުގެ މަޝްރޫއުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ. އެކަމުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް މަސައްކަތް އެކުންފުނިން ކުރަނީ އައުޓްސޯސްކޮށްގެން ކަމަށްވެ އެވެ.

އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެފްޑީސީން ބުނީ އެކަމުގެ މައުލޫމާތު ލިބުމާ އެކު މުވައްޒަފުންނާއި ކޮންޓްރެކްޓަރާ ދެމެދު ހުރި މައްސަލަތައް ހައްލު ކުރުމަށް ބާރުއަޅަމުންދިޔަ ކަމަށެވެ.

Advertisement

"ކޮންޓްރެކްޓަރު މައުލޫމާތު ދީފައި ވަނީ މި ހުރިހާ ކަމެއް ހައްލު ކުރެވިފައިވާ ކަމަށާއި، މުވައްޒަފުން އެދިފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހަމަޖައްސައި ދިނުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ." އެފްޑީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންދާ ކަމުގެ ޔަގީންކަން ވެސް އެފްޑީސީން ވަނީ އަރުވާފަ އެވެ.

ކެއުންބުއިމުގެ ފެންވަރު ދަށްވުމާއި ބަލިވުމުން ސަލާމުގެ ޗުއްޓީ ނުދިނުމުގެ އިތުރުން މަސައްކަތް ކުރަންޖެހޭ ވަގުތު 10 ގަޑިއިރުން އަށް ގަޑިއިރަށް ކުޑަކުރުމަކީ ވެސް މަސައްކަތްތެރީން ކުރި ޑިމާންޑެކެވެ.

މާޗު 25 އިން ފެށިގެން ހަޅުތާލުކުރަމުންދިޔަ ހުރިހާ މުވައްޒަފުންނަކީ ވެސް އިންޑިއާ ރައްޔިތުންނެވެ. އެ އެންމެން ވެސް ރާއްޖެ އެތެރެވެފައި ވަނީ އެއް އެޖެންޓެއް މެދުވެރިކޮށެވެ.

އޭރު އެ މީހުން ބުނަމުންދިޔައީ އެމީހުންގެ ޑިމާންޑުތައް އެއް މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައިނުދީފި ނަމަ ކުންފުންޏަށް އޮތް ހަމައެކަނި ގޮތަކީ އެއް މަހުގެ މުސާރައާއެކު އަނބުރާ އިންޑިއާއަށް އެމީހުން ފޮނުވާލަދިނުން ކަމަށެވެ.

ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލު ކުރީ މާޗް 8، 2021 ގަ އެވެ. އެ ޕްރޮޖެކްޓުގެ ދަށުން 2000 ހައުސިން ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 650 އަކަފޫޓުގެ 600 ދެ ކޮޓަރީގެ ޔުނިޓާއި ތިން ކޮޓަރީގެ 900 އަކަފޫޓުގެ ޔުނިޓުތަކެކެވެ. އެ ޕްރޮޖެކްޓުގެ އަގަކީ 137 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ 2.1 ބިލިއަން ދިވެހި ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox