ރޯދަމަހަށް ހާއްސަކޮށް ރޯދަ ކުއިޒެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.
އެ ރޯދަ ކުއިޒެއް ރަނގަޅު ޖަވާބު ދިމާކޮށްގެން އައިފޯން 14 ޕްރޯ އެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.
ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިއަށްގެންދާ އެ ކުއިޒަކީ އުރީދޫ އިން ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށްގެންދާ ކުއިޒެއް ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ އިން ބުނީ އެ ކުއިޒްގެ ބޮޑު އިނާމެއްގެ ގޮތުގައި އައިފޯން 14 ޕްރޯއެއް ކަނޑައަޅާފައިވާއިރު ކޮންމެ ހަފްތާއަކު ހަފްތާގެ އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2، ގަޑިއެއް ކަނޑައާފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި އެ ކުއިޒަކީ 4 ހަފްތާ އަށް ކުރިޔަށްދާ ކުއިޒެ ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި ޖަވާބުގެ ގޮތުގައި ކޮމެންޓް ހުށަހެޅުމަށް ލިބޭނީ އެ ރޭގެ ދަންވަރު 23:59އާ ހަމައަށެވެ.
ޕީސް ފައުންޑޭޝަނާއެކު އުރީދޫއިން މި ރޯދަ ކުއިޒް ކުރިއަށްގެންދާއިރު އުރީދޫގެ "ހަފްތާގެ ހިކުމަތް" ވެސް ކުރިއަށްގެންދަނީ ޕީސް ފައުންޑޭޝަނާއި ގުޅިގެން އެވެ.











