މާލޭ ސިޓީ ކައުންސިލާއި ދިރާގުން ގުޅިގެން އިންތިޒާމު ކޮށްގެން ބާއްވާ "ދިރާގު ގުޑިފެސްޓު" މިއަދު ހަވީރު މާލޭގައި އޮންނާނެ އެވެ.
ދިރާގު ގުޑިފެސްޓު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އުސްފަސްގަނޑުގައި މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
ދިރާގުން ބުނީ މި ގުޑިފެސްޓުގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ބައިވެރިވެވޭއިރު، މި އިވެންޓުގައި އެކި ވައްތަރުގެ ގުޑި ވެސް ބަހާނެ ކަމަށެވެ.
ރޯދަ މަހު ގުޑި އެރުވުމަކީ މަގުބޫލު ކަމަކަށްވާއިރު، ދިރާގުގެ އުންމީދަކީ މި މަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުން ކަމަށް ބުނެ އެވެ.
މި ރޯދަ މަހާ ދިމާކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް އެދޭ ކަމަށް ދިރާގުން ބުނެ އެވެ.









