ވާގޮތް: ފިރިން އަނިޔާކުރާ އިރުވެސް އެކީ އުޅެނީ ކީއްވެ؟

ވާގޮތް: ފިރިން އަނިޔާކުރާ އިރުވެސް އެކީ އުޅެނީ ކީއްވެ؟

އެމެރިކާގެ ނޭޝަނަލް ފުޓްބޯޅަ ލީގުގެ (އެންއެފްއެލް) ކުޅުންތެރިއެއް ކަމަށްވާ ރޭ ރައިސް 2014 ގައި އޭނާގެ ފިއާންސޭ ޖެނޭ ޕާމާ މޫނިމަތީ ޖެހި ބާރުމިނުން އޭނާ ހޭނެތުނެވެ. ނަމަވެސް ފުރަތަމަ މި މައްސަލައަށް މާ ބޮޑު ސަމާލުކަމެއް ނުލިބެ އެވެ. ގެވެށި އަނިޔާގެ ދައުވާއެއް އޭނާގެ މައްޗަށް ކޮށް ދެ މެޗުން އޭނާ ސަސްޕެންޑް ކުރި އެވެ. ދުވަސްކޮޅެއް ފަހުން އޭނާއަށް ލުއި ހުކުމެއް އިއްވި އެވެ. އަދި ހުކުމް އިއްވި ދުވަހާއި ޖެހިގެން އައި ދުވަހު ދެމީހުން ކައިވެނި ކުރި އެވެ.

ނަމަވެސް، މިކަން ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖް އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބެން ފެށި އެވެ. އެ ވީޑިއޯގައި ފެންނަނީ ދެ މީހުން އިމާރާތެއްގެ ލިފްޓަކަށް އަރާ ތަނެވެ. އަދި ޖެނޭ ރައިސް އާއި ދިމާލަށް އެއްޗެއްހި ކިޔަމުން އޭނާގެ މޫނާ ކައިރި ވާތަން ފެނެ އެވެ. ލިފްޓް ތެރޭ ރައިސް އާއި ކައިރިވާން ފެށުމުން އޭނާ ޕާމާގެ މޫނުގައި ޖެހި އެވެ. ނަމަވެސް އަނެއްކާވެސް އެޔަށްވުރެ ކައިރިވާން ޕާމާ މަސައްކަތް ކުރި އެވެ. ދެވަނަ ފަހަރަށް ރައިސް ޖެހުމާއެކު ޕާމާ ލިފްޓް ތެރެއަސް ވެއްޓުނެވެ.

ލިފްޓްގެ ބޭރުގައި ހުރި ކެމެރާގެ ފުޓޭޖުން ރައިސް ޕާމާ ދަމާ ކޫތާ ލިފްޓުން ނެރެ ގެންދާތަން ފެނެ އެވެ. މި ވީޑިއޯ އިން އެތައް ބައެއްގެ ހިތަށް ނުތަނަވަސްކަމާއި ރުޅިވެރިކަން ގެނަ އެވެ. އަދި ރައިސް އާއި ދެކޮޅަށް އަޑު އުފުލަން ފެށި އެވެ. މިކަމުގެ ސަބަބުން ރައިސް އަށް ދީފައިވާ އަދަބު ބޮޑުކުރުމަށް އެންއެފްއެލް އިން ނިންމި އެވެ.

މައްސަލައިގެ އަޑު ފެތުރި ހޫނުވަމުން ދަނިކޮށް ގިނަ ބަޔަކު ހައިރާންކޮށްލީ ރައިސްގެ ޝިކާރައަކަށް ވީ ޕާމާގެ ހިޔާލު އެކަމާއި މެދު ހުރި ގޮތުންނެވެ. ޕާމާ އޭނާގެ ފިރިމީހާ ދިފާއުކުރުމަށް ސޯޝަލް މީޑިއާގައި ފެށި އެވެ. އަދި އެރޭ މައްސަލައަކީ އޭނާ އުޅުނު ގޮތް ކަމަށް ސިފަވާފަދަ ގޮތަކަށް ވާހަކަ ދައްމުން ދިޔަ އެވެ. ޕާމާ ބުނީ ރައިސް އަށް މީހުން ކުރާ ފުރައްސާރަ އާއި ތުހުމަތުތައް ހުއްޓާލަން އެދޭ ކަމަށާއި ފިރިމީހާގެ އަތުން އެއްވެސް އެއްޗެއް ގެއްލެން ބޭނުންނުވާކަމަށެވެ.

ޕާމާ ދައްކަން ފެށި ވާހަކަތަކުގެ ސަބަބުން އިތުރު މީހުންގެ ސަމާލުކަން ވެސް މައްސަލައަށް އައިސް، މިކަން ގަބޫލުކުރަން ދަތިވެ ސުވާލުތައް ކުރަން ފެށި އެވެ. ރައިސް ފަދަ މީހަކާ އެއްކޮށް އުޅެނީ ކީއްވެތޯ އާއި އޭނާ ދިފާއު ކުރަނީ ކީއްވެތޯ މީހުން އަހަންފެށި އެވެ. އަދި ޕާމާގެ ސިއްހަތާއި ހަމަބުއްދިއާއި މަގުސަދާއި މެދުވެސް ސުވާލު އުފައްދަން ފެށި އެވެ. އަނިޔާ ކުރާ ފިރިއެއް ކައިރީ ހުންނަންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ އަނިޔާ ދިފާއުކު ރަނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކަށް ޖަވާބުދޭން ފެށީ ޕާމާއެއް ނޫނެކެވެ. ނަމަވެސް ކުރިން މިފަދަ ކައިވެނިތަކުގައި ނުވަތަ އަނިޔާ ކުރާ ފިރިހެނުންނާއި އެކީ އުޅެފަ ތިބި އެހެން އަންހެނުންނެވެ. އެމީހުން ދިޔައީ އެފަދަ ފިރިހެނުންނާއެކު އުޅޭ އިރު އަންހެނުން ވިސްނުމަށް އަންނަ ބަދަލުތަކާއި ގަބޫލުކުރެވޭ ބިލާހުތައް ކިޔައިދީ ޕާމާ ދިފާއުކުރަމުންނެވެ. އަދި އެ މީހުންގެ އަމިއްލަ ހަޔާތުގެ ވާހަކަތައް ވެސް ހިއްސާ ކުރަން ފެށި އެވެ. އެގޮތުން "ވައި އައި ސްޓޭޑް" (މާނަ: އަހަރެން މަޑުކުރި ސަބަބު) ގެ ހޭޝްޓެގެއް އުފެދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އަންހެނުންގެ ވާހަކަތައް ހިއްސާ ކުރަން ފެށި އެވެ.

އަހަރުމެން ތެރެއިން ވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެކުގައި އުޅޭ ދެމީހުންގެ ތެރެއިން އެކަކު ފަރާތުން އަނިޔާ ލިބޭ އިރު ވެސް އެ ގުޅުން ދޫކޮށްނުލާ ހުރުމަކީ އަނެކަކު ނިންމާ ނިންމުމެކެވެ. އަނިޔާ ލިބެން ބޭނުންނުވާ ނަމަ ގުޅުން ކަނޑާލަންވީ އެވެ. މިފަދަ ވާހަކަތައް ފެންޑާތަކުގައި ދައްކާ އިރުވެސް އާންމުކޮށް އިވޭނެ ބަސްތަކަކީ "މަށެއް ނުހުންނާނަން އެހެންވެއްޖިއްޔާ" ނުވަތަ "އެއްފަހަރު ވެސް ޖަހާފިއްޔާ ވަކިވާނަން" މިފަދަ މޭރުމަކުން ބުނެވޭ ބަސްތަކެކެވެ. މިއީ ބުނެލަން ފަސޭހަ ބަސްތަކެކެވެ. މިހެން ބުނެ އަނިޔާ ލިބޭ މީހާގެ ބޮލަށް މައްސަލަ "ކަނޑައިލަން" ކިތަންމެހާވެސް ފަސޭހަ އެވެ. ދަތި އުދަނގޫ ކަމަކީ އެމީހުންގެ ވިސްނުން ހުރި ގޮތް ދެނެގަނެ އެ އަނިޔާތަކުން އެމީހުންނަށް މިންޖުވެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ނަމަވެސް މި ދަތި އުދަނގޫކަން އަހަރުމެން ތަހައްމަލު ކޮށްލައިފިއްޔާ އަނިޔާވެރިންގެ ވަކިތަކުން ސަލާމަތްވާނީ ކިތައް އަންހެނުންތޯ އާއި މެދު ވިސްނާލާށެވެ.

ވަކިވާން ބޭނުންނުވާ ސަބަބުތައް

1. ވިސްނުން ކޮށިވުން

އަނިޔާ އާއި ގޯނާ ލިބުމަކީ އޭގެ ސަބަބުން އިންސާނާގެ ވިސްނުމާއި ފިކުރުކުރަމަށް އެތައް ނޭދެވޭ އަސަރެއް ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން އޮޅުންތައް އަރާ އަމިއްލަ ނަފުސަށް ދެވޭ އަހައްމިޔަތު ކުޑަވެގެން ދެ އެވެ. ހަމައެޔާއެކު އަނިޔާ ކުރާ މީހާގެ ބަސްމަގު އާންމުކޮށް ހުންނަ ގޮތުން އަނިޔާ ލިބޭ މީހާއަށް ޖިސްމާނީ އަދި ނަފުސާނީ ގޮތުން ހަޖޫ ޖަހާ ފުރައްސާރަ ކުރެ އެވެ. މިކަމުގެ ސަބަބުން ވެސް ނަފުސަށް ދެވޭ ގަދަރު އިތުރަށް ކުޑަވެގެން ދެ އެވެ. އަދި ލިބޭ ކޮންމެ އަނިޔާ އަކީ ވެސް އަމިއްލަ އަށް ކުރެވުނު ކުށަކުން، އެކުށަށް ހައްގު އަނިޔާއެއް ކަމަށް ގަބޫލުކުރެވެން ފަށަ އެވެ.

2. އަނިޔާ ކުރާ މީހާ ބަދަލުވާނެކަމުގެ އުންމީދުގަ

ބައެއް ފިރިހެނުން އަނިޔާކުރުމަށް ފަހު އެކަމާއި ދެރަވެ އެއީ ކޮންޓްރޯލް ނުކުރެވޭ ކަމެއްގެ ގޮތުގައި އަންހެނުންނަށް ސިފަކޮށްދީފާނެ އެވެ. މިކަމުގެ ސަބަބުން ބައެއް އަންހެނުންނަށް ގަބޫލުކުރެވެނީ ފިރިހެން މީހާ ކޮންޓްރޯލުން ނެއްޓީ އަމިއްލަ މީހަގެ އުޅުން ހުރި ގޮތުންކަމަށެވެ. އަދި ތިމަންނަގެ އުޅުން ބަދަލުކޮށްފި ނަމަ އޭނާގެ އުޅުން ވެސް ބަދަލުވާނެކަމަށް ހީވެދާނެ އެވެ. އަނެއް ކަމަކީ ބައެއް އަންހެނުންނަކީ "ހެލްޕާ މެންޓަލިޓީ" އެއް ގެންގުޅޭ އަންހެނުން ކަމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ޒިންމާއަކީ މީހުންނަށް އެހީވުމެވެ. މިފަދަ އަންހެނުން އަމިއްލަ ނަފްސަށް ވުރެ އިސްކަން ދެނީ އެހެން މީހުންނަށެވެ. މިއީ ރަގަނޅު ސިފަ އެއް ނަމަވެސް އަނިޔާކުރާ މީހުން މި ސިފައިގެ ނާޖާއިޒް ފައިދާ ނަގާ ބަދަލުވާނެ ކަމުގެ ދަޅަ ދައްކައިގެން އަންހެނުން ގެންގުޅެ އެވެ.

3. އަނިޔާކުރާ މީހާދެކެ ބިރުން

ޖިސްމާނީ ނުވަތަ ނަފްސާނީ އަނިއްޔާއެއް ލިބިދާނެ ކަމުގެ ބިރަކީ އޭގެ ސަބަބުން އިންސާނެއްގެ އުޅުމަށް ނުވަތަށް ހިޔާރުކުރާ ކަންކަމަށް ބޮޑެތި އަސަރުތަކެއް ކުރާ އެއްޗެކެވެ. އަނިޔާކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު އާންމުކޮށް އެކަން ކުރަނީ ކުދިކުދި މައްސަލަތަކުގަ އެވެ. މިހެން ކަމުން އެފަދަ ކުޑަކުޑަ ކަމަކާއި ރުޅިއައިސް "މިވަރު އަރުވާލާނަމަ" ވަކިވާން މަސައްކަތް ކޮށްފި ނަމަ ހަދާނެ ގޮތަކާއި މެދު އަންހެނުންނަށް ބިރު ހީވެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ބައެއް ފިރިހެނުން އެފަދަ ހާލެއްގައި ކުރާނެ ކަންކަން އަންހެނުންނަށް ތަސައްވަރުކޮށްދީ ވެސް ބިރު އުފައްދާ ކަމެވެ. އެގޮތުން ވަކިވެއްޖިނަމަ ހުރި ތަނަކުން ހޯދާ މަރާލާނެކަމަށް ނުވަތަ އާއިލާ މެންބަރުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ބިރު ހިތައް ވައްދަ އެވެ.

4. ދަރިންގެ ހައްގުގައި

ދަރިންގެ ހައްގުގައި މައިން ނުކުރާނެ ކަމެއް މަދުކަން ކަށަވެރެވެ. އެފަދައިން ފިރިމީހާގެ ކިބައިން ކިތަންމެ އަނިޔާއެއް ލިބުނަސް، ދަރިންނަށްޓަކައި އެ އަނިޔާތަކަށް ކެއްކޮށްލައިގެން އުޅޭ ކިތަންމެ އަންހެނެއް އެބައުޅެ އެވެ. ރުޅިވާފައިވާ އާއިލާ އަކާއެކު ދަރިން ބޮޑުވާކަށް މިފަދަ އަންހެނުންނެއް ނޭދެ އެވެ. މިކަމުގެ ސަބަބުން ކިތަންމެ ވޭނެއް ލިބުނަސް ދަރިންނަށް އުފާވެރިކަމުގެ މޫނުމަތި ދައްކަން މަސައްކަތްކުރެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިފަދައިން މަސައްކަތްކުރާ އިރު މޫނުމައްޗަކުން ނުފޮރުވޭވަރުގެ ޒަހަމްތައް ލިބި، ފިރިމީހާގެ އަނިޔާވެރިކަން ދަރިންނަށް ފެންނަން ފަށަ އެވެ.

5. މުޖުތަމައު ދެކޭ ގޮތްތަކުން

ގިނަ މުޖުތަމައުތަކުން ދެކޭ ގޮތުގައި ކައިވެންޏެއް ކުރާ ހިސާބުން ދެމީހުން ދުނިޔެއަށް އަލްވަދާއު ކިޔަންދެން އެކީގައި އުޅެން ޖެހޭނެ އެވެ. އަދި އެއްވެސް ހާލަތެއްގައި ވަކިވުމަކީ ވަރަށް ހަޑި ކަމެއްގެ ގޮތުގައި ސިފަކުރެ އެވެ. މީގެ އިތުރުން ކޮންމެ ދެމަފިރިއެއް ވެސް އުފަލުގައި އުޅުމަށް މުޖުތަމައު ބާރު އަޅަ އެވެ. މިއީ ރަނގަޅު ކަމެއް ނަމަވެސް އަނިޔާވެރި ގުޅުމެއްގައި އުޅޭ މީހަކަށް މިއީ ޕްރެޝަރަކަށް ވެ އެވެ. އެގޮތުން ކިތަންމެ އަނިޔާ އެއް ލިބުނަސް ބޭރަށް އުފާވެރި ދިރިއުޅުމެއްގެ އަވާމެންދުރު ދައްކަ އެވެ. ނަތީޖާއަކަށް ވަނީ ލިބޭ އަނިޔާތަކުގެ ވާހަކަ ގާތްތިމާގެ މީހުންގެ އިތުރުން އާއިލާ މީހުން ގާތު ބުނަންވެސް ހުރަސްއެޅުމެވެ. މީގެ އިތުރުން އެހެން މީހުން ކައިވެނިކޮށްގެން އެތައް އަހަރެއް އެކީ އުޅޭ އިރު ތިމަންނަ އަށް އެހެން ނޫޅެވުމަކީ ލަދުވެތި ކަމެއް ގޮތުގައި ދެކި ބައެއް އަންހެނުން މިކަންކަން ވަންހަނާ ކުރެ އެވެ.

6. ތަނަވަސްކަން ނެތުން

ކައިވެންޏެއް ރޫޅާލުމަކީ ފަސޭހަކަމެއް ނޫނެނެވެ. ފިރިމީހާގެ ގޭގައި ދިރިއުޅެމުން ދާނަމަ އެގެއިން ނުކުމެ އަމިއްލަ ތަނެއް ހޯދާ އަމިއްލަ ތަކެތި ހޯދަން އެތައް ހަރަދުތަކެއް ދާނެ އެވެ. މީގެ އިތުރުން ދަރިން ލިބިފައިވާނަމަ އެމީހުންނަށް ބޭނުންވާ އެތައް ކަމެއް ވެސް އެބަ ހުއްޓެވެ. އަނިޔާކުރާ ފިރިހެނުން، އަންހެނާގެ އިތުރު ކަންކަމަށް ވެސް ބާރުފޯރުވަން މަސައްކަތްކުރާނެ އެވެ. މީގެ ތެރޭ ވަޒީފާ އަދާ ކުރުން ނުވަތަ ނުކުރުމމުގެ ބާރާއި ފައިސާ ލިބޭ ނަމަ ފައިސާއަށް ބާރު ފޯރުވަ އެވެ. ނަތީޖާއަކަށް ވަނީ ވަކިވާން ވިސްނިޔަސް އެ މާލީ ތަނަވަސްކަން އަމިއްލަ ބާރުގައި ނެތުމެވެ.

ނިންމުން

އިސްވެ ދިޔަ 6 ސަބަބަކީ އަނިޔާ ކުރާ ފިރިން ދޫކޮށްނުލާ އާންމު ސަބަބުތަކެވެ. ނަމަވެސް މި ނޫން އެތައް ސަބަބަކާއި ހުރެ ވެސް ގުޅުން ރޫޅާ ނުލާ އެކީ އުޅެދާނެ އެވެ. މީގެ ތެރޭ އެކަނި އުޅެން ބޭނުންނުވުން ނުވަތަ އާއިލާ ތެރޭ އަނިޔާވެރިކަން ފެނި އާދައަކަށް ވެފައި ހުރުން ހިމެނެ އެވެ. ފިރިމީހާގެ ފަރާތުން އަނިޔާ ލިބޭ ނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާ އާއި ވަކިވުމެވެ. މިކަމުގައި އާއިލާ އާއި ރައްޓެހިންގެ އިތުރުން، ހާލަތު އެކަމަށް ތަންދީފި ނަމަ ރަސްމީ އިދާރާތަކުގެ އެހީ ހޯދިދާނެ އެވެ. ނަމަވެސް މިފަދަ އަންހެނަކަށް ފާޑު ކިޔުމެއް ނެތި ސާފު ހިތަކުން އެހީތެރިވާން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަނިޔާ ލިބޭ އަންހެނުން އެ އަނިޔާތަކުގެ ވާހަކަ ދައްކަން ފަސް ޖެހޭ މައިގަނޑު ސަބަބަކީ މީހުންގެ ކިބައިން ލިބޭ ނުރުހުމުގެ ބަސްތަކުންނެވެ. އޯގަތެރިކަމާއެކު އެމީހުންގެ ވާހަކަތަށް އަޑު އަހާ ފަހުމު ވާން މަސައްކަތްކޮށްފިނަމަ، އެ މަގުފަހިކޮށްދެވެނީ ޝިކާރަވެރިއެއްގެ ވަކިތަކުން ސަލާމަތް ވާނެ ގޮތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox