އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓު، މުހައްމަދު އައްބާސްގެ ބަންދަށް ފަސް ދުވަސް ޖެހި ކަމަށް ރިޕޯޓުކުރި އެވެ.
އެ މައްސަލައާ ގުޅިގެން ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު އެބަތިއްބެވެ. އޭގެ ތެރެއިން އައްބާސް ހައްޔަރުކުރީ އިއްޔެ އެވެ.
އިދިކޮޅު ޕީޕީއެމުން ބުނީ އައްބާސް ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖެހުމަށް ހުޅުމާލޭ ކޯޓަށް ގެންދިޔުމުން އޭނާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އައްބާސްގެ އިތުރުން، ފުލުހުންގެ ބަންދުގައި ތިބީ އަންހެނަކާއި ތިން ފިރިހެނުންނެވެ. އޭގެތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއެޅީ މާޗު 20، ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ރައީސް ސޯލިހުގެ ދެކަނބަލުން، ބައިނަލްއަގުވާމީ އަންހެނުން ދުވަސް ފާހަގަކުރުމަށާއި ރެހެންދި އެވޯޑު ދިނުމަށް ހުޅުމާލޭގައި އޮތް ހަފުލާއަށްފަހު މާލެ ވަޑައިގެންނެވި ވަގުތުގަ އެވެ.

އެކަމާ ގުޅިގެން ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދު ވަޒީފާއަށް ނުކުތުން މަނާކޮށް، ކަންތައް ހިނގައިދިޔަ ގޮތް ބެލުމަށް ސީރިއަސް ތަހުގީގެއް އެމްއެންޑީއެފުން ވަނީ ފަށާފަ އެވެ.
އެ މައްސަލާގައި ކޮމާންޑިން އޮފިސަރު އަބްދުﷲ މުހައްމަދުގެ އިތުރުން އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް އެހެން ސިފައިންގެ މީހުން ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެ މައްސަލަ ސިފައިންގެ އިންޓާނަލް ކޮމެޓީއަކުން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު އެ ކޮމެޓީ ޗެއާ ކުރައްވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.
އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއްގެ އިތުރުން، އެ ހާދިސާގައި އިހުމާލުވި ފަރާތެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ވެސް ވަނީ ނިންމައިފަ އެވެ.
މުހިންމު ބައެއް ހަބަރު
ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓްކުރާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކުރި އެވެ.
ހުޅުމާލޭގެ ޖެޓީއަކާ ދިމާލުން ފަޅަށް ކުނި އަޅައި ގޮނޑުކޮށްފައި އޮތް ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުން، އެ ރަށް ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެތަން ސާފުކުރި ކަމަށް ރިޕޯޓުކުރި އެވެ.
ސެޕްޓެމްބަރު 9، ގައި ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ ޖަމިއްޔާތަކުން އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލި އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހިލާފަށް މިއަދު ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގިވެއްޖެ އެވެ. ހުރިހާ ގޮޅިތައެއްގައި ވެސް ވަރުވަރުން އަތުރާފައި ހުއްޓެވެ. އެހެނަސް އަގަކަށް ބަދަލެއް ނާދެ އެވެ. ރޯދައިގެ ފުރަތަމަ ދުވަހުވެސް މިއަދުވެސް ތޮއްޑޫ ކަރަލުގެ އަގު ހުރީ ކިލޯއެއް 30ރ. އަށެވެ.
އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ މޮޅެތި ހިޔާލުތަކާއި އިންގިލާބުކުރަނިވި އުފެންދުންތައް ހުވަފެންތަކުގެ ސަބަބުން އައިސްފައި އެބަހުއްޓެވެ. ކުއެންޓަމް ފިސިކްސްގެ "ބައްޕަ"، ނީލްޒް ބޯ އަށް އެޓޮމްގެ ސްޓްރަކްޗާ ފެނުނީ ހުވަފެނަކުންނެވެ. ފަހާ ފޮށި އުފެއްދި އެލާޔަސް ހައު އަށް އެކަން ހާސިލްވީ، ފޮތީ ތެރެއަށް ތިނޯސް ވަދެގެންދާ ގޮތުގެ މެކޭނިކްސް ސާފުކޮށް ހުވަފެނުން ފެނުމުންނެވެ.
މީޑިއާނެޓުގެ ވީޑިއޯކްލަބުން ބެލެން ހުންނަ ފިލްމުތަކާއި ސީރީޒްތައް އެ ކުންފުނީގެ އައިސް ޓީވީ މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމައިފި އެވެ. މި ޕްރޮގްރާމް އައިސް ޓީވީން ކުރިއަށްގެންދާނީ "ރޯދަ ރީލް" ގެ ނަމުގަ އެވެ.
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށް ތާ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












