އައްޑޫ ސިޓީގައި ބިނާކުރަން ސަރުކާރުން ރާވާފައިވާ އިސްލާމީ މަރުކަޒު އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި ކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ހިތަދޫގައި އިމާރާތްކުރާ 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭ ގޮތަށް އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބީލަން ކާމިޔާބު ކުރީ ފީޑޯ ޕްރައިވެޓް ލިމިޓެޑެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ އައްޑޫ ކައުންސިލް އިދާރާގަ އެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއު 540 ދުވަސް (18 މަސް ދުވަސް) ތެރޭގައި ނިންމަންޖެހެ އެވެ.
އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްގީ ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

އައްޑޫ ސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒެއް ހެދުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް އައްޑޫގައި އިސްލާމީ މަރުކަޒެއްގެ ވައުދުވެވަޑައިގެންނެވި އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒެއް ބިނާ ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މުހިންމު ބައެއް ހަބަރު
އިމަޖެންސީ ހާލަތެއްގައި މެނުވީ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ފަށާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ކަމަށް ރިޕޯޓުކުރި އެވެ.
މި ރޯދަ މަހު ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ރޯދަ މަހު ކެއުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުގެ ސަބަބުން ދުވާލުގެ ވަގުތުގައި ވަރުބަލިވުމާއި ހަކަތަ ނެތުމަކީ އެންމެ ގިނައިން މީހުންނަށް ދިމާވާ އެއް އުނދަގުލެވެ. ވަރުބަލިވުން ކުޑަކޮށް، ގިނަ ވަގުތު ހަކަތަ ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ރޯދަ ނޫން ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ ބައިތައް ރަނގަޅަށް ހަމަކޮށްގެންނެވެ.
ދުވަހުގެ ކޯޓޭޝަން
މިދިޔަ ފެބްރުއަރީ މަހު 25، ގައި މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ އުމުރުން 30، އަހަރުގެ އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލުމާ ގުޅޭ ގޮތުން، އަދި ވެސް އެ ހިތޭމަ ތަހައްމަލު ކުރަމުން ގެންދާ އޭނާގެ ބައްޕަ ދިން ނިސޭހަތަކީ؛
ބޭބެ ވެސް ވަރަށް ޒުވާން ދުވަސްވަރު ލިބުނު ދަރިއެއް އެއީ، އެކަމަކު އެދިޔައީ، އެއީ ވާހަކައަކީ، މަގުމަތީގައި އުޅުމުގެ ސަބަބުންނޭ ބޭބެ ބުނާނީ، ބަސްނާހައި ބޭނުންހައި ގޮތަކަށް އުޅުމުގެ ސަބަބުންނޭ. ގުރޫޕުތަކާ ބައިވެ އެހެން އުޅުމުގެ ސަބަބުންނޭ ބޭބެ ބުނާނީ،"
ދުވަހުގެ ފޮޓޯ

ގަމުގެ އަވަށެއްގެ މަގުމަތީގައި އަންހެނަކު ކުނި ކަހަނީ. ތިން އަވަށަކަށް ބަހާލާފައި އޮންނަ މި ރަށަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ބޮޑު ރަށް. --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު











