މަރުވި ޒުވާނެއްގެ ބައްޕަގެ ހިތުގެ ހިތާމައިން ނަސޭހަތެއް

މަރުވި ޒުވާނެއްގެ ބައްޕަގެ ހިތުގެ ހިތާމައިން ނަސޭހަތެއް

މަސްވެރިންގެ ޕާކުގައި އެކަނި މާއެކަނި ޖޯއްޔެއްގައި އޮށޯވެލައިގެން އޭނާ އޮތީ ފުން ހިޔާލެއްގަ އެވެ. މޫނުމަތިން ފެންނާން ހުރީ ހިތްދަތިކަމާއި ކެކުޅުމެވެ. ފަހަރެއްގައި ވެސް އެ ޖޯލިފަތި ގާތަށް އަހަރުމެން ދިޔައީ އޭނާ އެތަނުގައި އޮތްކަން އެނގިގެނެއް ނޫނެވެ.

އޭނާ ނޫނަސް އެ ޖޯލީގައި އިތުރު ދެ މީހަކު ތިއްބެވެ. އަހަރުމެންގެ މަގުސަދަކަށްވީ ރޯދަ މަހަށް "އަދަދު" ނޫހުން ތައްޔާރު ކުރާ ކުރު ޕުރޮގުރާމަކަށް އިންޓަވިއުކޮޅެއް ހޯދައިލުމެވެ.

"ބޭބޭ، އަދުގެ ޒުވާނުންނަށް ދޭނެ ނަސޭހަތެއް އެބައޮތް ތޯ؟ އަޅުގަނޑުމެން ތައްޔާރު ކުރާ 'ސުންދުސް، ބޭބެމެންގެ ނަސޭހަތުގެ' އެޕިސޯޑަކަށް އިންޓަވިއުކޮޅެއް ދެވިދާނެތޯ؟ އަމިއްލަ ދަރިއަކަށް ދޭ ފަދަ ނަސޭހަތެއް؟" ޖޯލި ފަތީގައި ތިބި އަނެއް ދެމީހުން ކުރެން އަހަރެން އަހައިލީމެވެ.

ކެމެރާއަށް ލަދުން އެ ދެ މީހުން އެކަމަށް އިންކާރު ކުރި އެވެ. ނަމަވެސް ޖޯލީގެ އެންމެ ހުޅަނގަށް އޮތް މީހާ ކުޑަކޮށް ބޯ ހިއްލާލައިފައި އަހަންނާ ސުވާލެއް ކުރި އެވެ.

"ތިޔައީ ކޮން ބޭނުމަކު ނަގާ ޕުރޮގުރާމެއް؟" މާޔޫސްކަމުން ފުރިފައިވި މޫނެއްގެ ވެރި އެމީހާ ސުވާލު ކުރި އެވެ.

ޖަވާބުގައި މިއީ މި ރަމަޟާން މަހާ ދިމާކޮށް އަހަރުމެން "އަދަދު" ނޫހުން ގެނެސްދޭ ޕުރޮގުރާމެކޭ، ބޭނުމަކީ ދޮށީ ބޭފުޅުންގެ ތަޖުރިބާއިން ޒުވާނުންނަށް ކޮންމެ ދުވަހަކު ވެސް ނަސޭހަތެއް ގެނެސްދިނުމޭ އަހަރެން ބުނީމެވެ. އިތުރު ސުވާލެއް ނުކޮށް އޭނާ އިންޓަވިއު ދޭން އެއްބަސްވި އެވެ.

މައިކު ހަރުކޮށްލައި، ކެމެރާ ތައްޔާރުކޮށްލުމަށް އަވަސްވެގަތީމެވެ. އެ ވަގުތު ދެން އޭނާ ބުނި އެއްޗަކުން އަހަންނަށް ކުއްލިއަކަށް އޭނާއަށް ބަލައިލެވުނެވެ. އޭނާ އެބުނެދިނީ މޫނުމަތީން ފެންނާން ހުރި މާޔޫސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެވެ.

"އިހަށްދުވަހު މާފަންނު ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި އެ މަރާލީ އަހަރެންގެ ދަރިއެއް، އެއީ ކިހައި ދެރަ ކަމެއް؟" އޭނާ އުފެއްދީ ސުވާލެކެވެ.

މައިކު ހިފައިގެން އަހަރެން އޭނާގެ ގާތަށް ޖެހިލީމެވެ. މާ ބޮޑު ރައްޓެއްސެއް ނޫނަސް އެބުނާ ނައުޝާދަކީ އަހަރެން ވެސް ދަންނަ ޒުވާނަކަށް ވީތީ އެވެ.

"އެހެންތަ؟ ވަރަށް ދެރަ، އެކަމާ ގުޅުވައިގެން ނަސޭހަތެއް ދެއްވަންވީނޫންތޯ؟" އޭނާއާ އެއްބަސްވެލުމަށް ފަހު އަހަރެން އެދުނީމެވެ.

ކެމެރާމަން ތައްޔާރުކަމަށް ބުނުމުން އަހަރެން އޭނާގެ ގަމީހުގައި މައިކު ހަރުކޮށްލަދިނީމެވެ. އެއާއެކު އޭނާގެ ވާހަކަކޮޅު ފެށި އެވެ.

"ބޭބެގެ ނަސޭހަތަކީ މަގުމަތީގައި އެހެން ބޭނުންހައި ގޮތަކަށް ނޫޅޭށޭ ތިއިން އެއްވެސް ކުއްޖަކު، ކޮންމެ މީހަކާ ވެސް މަރު އައިސް ބައްދަލު ކުރާނެ ވަގުތެއް، ސާއަތެއް އެނގެނީއެއް ނޫނޭ،" އަސަރާ އެކު އޭނާ ބުންޏެވެ.

ހިތުގައި ޖެހިފައި އޭނާ އެ ކިޔައިދިނީ މިދިޔަ ފެބްރުއަރީ މަހު 25، ގައި މާފަންނު، މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ އުމުރުން 30، އަހަރުގެ އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލި ވާހަކަ އެވެ.

މާރާމާރީގައި މަރުވި ޒުވާނާ
މާރާމާރީގައި މަރުވި ޒުވާނާ

މާރާމާރީގައި މަރުވި ޒުވާނާ

އެ ޒުވާނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް އޭގެ ތިން ދުވަސް ފަހުންނެވެ.

"ބޭބެ ވެސް ވަރަށް ޒުވާން ދުވަސްވަރު ލިބުނު ދަރިއެއް އެއީ، އެކަމަކު އެދިޔައީ، އެއީ ވާހަކައަކީ، މަގުމަތީގައި އުޅުމުގެ ސަބަބުންނޭ ބޭބެ ބުނާނީ، ބަސްނާހައި ބޭނުންހައި ގޮތަކަށް އުޅުމުގެ ސަބަބުންނޭ. ގުރޫޕުތަކާ ބައިވެ އެހެން އުޅުމުގެ ސަބަބުންނޭ ބޭބެ ބުނާނީ،" އޭނާ ބުންޏެވެ.

ލިބުނު ހިތްދަތިކަމާއި ދެރައާ އެކު އެ ބޭބެ ދޭން އޮތީ އެންމެ ނަސޭހަތެކެވެ. އެއީ މަގުމަތީގައި ގޭންގު ހަދައިގެން، މީހުންނާ ދުޝްމަނު ވެގެން ނޫޅުމެވެ. އެންމެ ކައިރީގައި އޮތް އެއްޗަކީ މަރުކަން ދަނެގެން ދުނިޔޭގައި އުޅުމެވެ.

"[ބޭބެގެ ނަސޭހަތަކީ] އެގޮތަށް އެހެން ނޫޅޭށޭ، މަރު އައިސް ބައްދަލު ކުރާނީ ކޮން ސާއަތެއްގައި ކޮން ވަގުތެއްގައި ކަމެއް ހަމަ އެއްވެސް މީހަކަށް ނޭނގޭނެ،"

ކޮމެންޓް

ފަހުގެ ޚަބަރު

ފާޑުކިޔުންތަކާއެކު ވެސް "ދެވި" ޖާދޫގައި ބެލުންތެރިން ޖެހިއްޖެ

މަރްޔަމް އައްޒަގެ ޕްރޮޑަކްޝަނުން ނެރުނު ބިރުވެރި ފިލްމު "ދެވި" އަށް އެކި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ބެލުންތެރިންގެ ބޮޑު ތަރުހީބަކާއެކު ފިލްމުގެ ޓިކެޓްތައް ދަނީ ހަލުވިކަމާއެކު ވިކެމުންނެވެ. އައްޒަގެ ޑަބަލް ރޯލާއި ފިލްމުގެ ފަންނީ ފުރިހަމަކަން ފާހަގަކޮށްލެވޭ މި އުފެއްދުމަކީ، ދިވެހި ސިނަމާގައި މިހާރު އެންމެ މަގުބޫލު އެއް ފިލްމެވެ.

އޮސްޓްރޭލިއާގެ އެންމެ މަގްބޫލު ރޮކްބޭންޑު އެނބުރި އަންނަނީ

އޮސްޓްރޭލިއާގެ މަގުބޫލު ރޮކް ބޭންޑް "ޕައުޑާފިންގާ" ރޫޅާލިތާ 17 އަހަރު ފަހުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އަލުން އެނބުރި އައުމަށް ބާއްވާ ޓުއާގެ ތަފުސީލުތައް ހާމަކޮށްފިއެވެ. މި ޓުއާގައި އޮސްޓްރޭލިއާގެ އެކި ސިޓީތަކުގައި ޖުމްލަ 18 ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ގިނަ ދުވަސްތަކަކަށްފަހު ބޭންޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ.

އެމީލިއާ ދުއްވި ބޯޓުގެ ބައިތައް ހޯދަން މިޝަނެއް

މަޝްހޫރު އޭވިއޭޓަރު އެމީލިއާ އިއާހާޓް ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް، އޭނާ ދަތުރުކުރި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް ބެލެވޭ ނިކުމަރޯރޯ ރަށަށް އެމެރިކާގެ މެރިން އާކިއޮލޮޖިސްޓުންގެ ޓީމަކުން ދަތުރެއް ފަށައިފިއެވެ. މި މިޝަންގެ މަގްސަދަކީ ސެޓެލައިޓް ފޮޓޯތަކުން ފެނުނު ބައިތަކަކީ އިއާހާޓްގެ ބޯޓުގެ ބައިތައްކަން ކަށަވަރުކޮށް، 20 ވަނަ ގަރުނުގެ އެންމެ ބޮޑު އެއް ސިއްރު ހައްލުކުރުމެވެ.

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

Newsletter

Get the latest news delivered straight to your inbox