ޖަލުތަކުގެ ކުރީގެ ވެރިޔާ އިސްތަފާ އިބްރާހިމް މަނިކު އަވަހާރަވެއްޖެ

އިސްތަފާ އިބްރާހިމް މަނިކު: ރައީސް މައުމޫނުގެ ވެރިކަން ބަދަލުވި ފަހުން 2011 ވަނަ އަހަރު އޭނާ ހައްޔަރު ކުރި -- ފޮޓޯ: ފައިލް

އިސްތަފާ އިބްރާހިމް މަނިކު: ރައީސް މައުމޫނުގެ ވެރިކަން ބަދަލުވި ފަހުން 2011 ވަނަ އަހަރު އޭނާ ހައްޔަރު ކުރި -- ފޮޓޯ: ފައިލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ ޖަލުތައް ބެލެހެއްޓެވި އިސްތަފާ އިބްރާހިމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

އިބްރާހިމް މަނިކު އަވަހާރަވިއިރު އުމުރަކީ 82 އަހަރެވެ.

އޭނާ ވަނީ މަހުކަމަތުލް އަމަން އާންމާއި ވުޒާރަތުލް އަމަން އާންމުގެ ވަޒީފާތައް އަދާ ކުރައްވައިފަ އެވެ. އަދި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އާއި މިނިސްޓްރީ އޮފް ޑިފެންސްގައި ވެސް މަސައްކަތް ކުރެއްވި އެވެ. އިސްތަފާ އެންމެ ފަހުން އަދާކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމެވެ.

ރައީސް މައުމޫނުގެ ވެރިކަން ވެއްޓުނުފަހުން، ޖަލުތަކުގައި ހިންގި އަނިޔާވެރި އަމަލުތައް ބެލުމަށް ކުރުމަށް 2011 ވަނަ އަހަރު ސަރުކާރުން ވަނީ އިބްރާހިމް މަނިކު ހައްޔަރުކޮށް ތަހުގީގެއް ފަށައިފަ އެވެ.

އެކަމަކު، އިބްރާހިމް މަނިކު ހައްޔަރު ކުރުމަށް ކ. މާފުށީ ކޯޓުން އެއިރު ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްލުމުން އޭނާ ދޫކޮށްލީ އެވެ. އިސްތަފާ ހައްޔަރު ކުރީ މާލެއިންނެވެ.

އިބްރާހިމް މަނިކުގައި ބަންދުގައި ހުންނެވިއިރު، ގައިދީއެއްގެ މައުލޫމާތު ލިޔެފައި އޮތް، ގެއްލިފައިވާ ފައިލެއްގެ މައުލޫމާތު ދެއްވި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އެއިރު ވިދާޅުވެފައިވެ އެވެ. ނަމަވެސް އެ ފައިލު ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox