އުރީދޫ ރޯދަ ޕްރޮމޯޝަން ފުވައްމުލަކަށް ހާއްސަ؛ ކޮންމެ ދުވަހަކު ހަދިޔާ ހޯދުމުގެ ފުރުސަތު

އުރީދޫ ރޯދަ ޕްރޮމޯޝަން ފުވައްމުލަކަށް ހާއްސަ؛ ކޮންމެ ދުވަހަކު ހަދިޔާ ހޯދުމުގެ ފުރުސަތު

ކޮންމެ އަހަރެއްގައި ވެސް ރޯދަ ޕްރޮމޯޝަން ވަކި ރަށަކަށް ހާއްސަކުރާ އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ ރޯދަ ޕްރޮމޯޝަން ފުވައްމުލަކު ސިޓީއަށް ހާއްސަކޮށް، ގިނަ ހަދިޔާތަކާއި އޮފާތަކާ އެކު މިއަދު ފަށައިފި އެވެ.

އުރީދޫގެ ރޯދަ ޕްރޮމޯޝަން އިފްތިތާހު ކުރުމަށް މިއަދު ހަވީރު ހަފްލާ ބޭއްވީ ފުވައްމުލަކުގަ އެވެ. އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަނުގެ ތެރެއިން ފުވައްމުލަކުގެ އާދަކާދަ އާއި ސަގާފަތާއި، ބަހުރުވަ އާއި ރަށުގެ ރީތިކަން ދައްކާލާ، ރޯދަ މަހާއި ދިވެހިންނާ ގުޅޭ މެސެޖެއް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށުގެ ހިތްގައިމު މަންޒަރުތަކާއި މުއްސަދި ސަގާފަތް ކުރިއެރުވުމަށް އުރީދޫ އިން އިސްނަގައިގެން ރޯދަ މަހުގެ ކެމްޕެއިން ފުވައްމުލަކަށް ހާއްސަ ކުރުމަކީ މިރަށުގެ ހުރިހާ ރައްޔިތުންނަށް ލިބޭ އުފަލެއް،" އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި، އުރީދޫގެ މޮބައިލް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަދިޔާ ފޯށި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

"ރަމަޟާން މަހަށް ހާއްސަކޮށް ލޯންޗި ކުރެވުނު އޮފާތަކަކީ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް. މި އޮފާތައް މެދުވެރިކޮށް މޮބައިލް އަދި ސުޕަނެޓު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ،" އެ ކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ކޮންމެ ކަސްޓަމަރަަކަށް ވެސް "އުރީދޫގެ ހަދިޔާ ފޮށި" ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އުރިދޫ ހަދިޔާ ފޮއްޓަކީ އުރީދޫގެ މޮބައިލް އަދި ސުޕަނެޓު ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެކެވެ.

"މައި އުރީދޫ އެޕްގައިވާ ހަދިޔާ ފޮއްޓަށް ފިތާލުމުން، ފެންނަ ހަ ފޮށީގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ފޮއްޓެއް ހިޔާރު ކުރުމުން ތަފާތު އިނާމުތައް ލިބޭނެ. އޭގެ ތެރޭގައި ސައިކަލު، ޓީވީ، އައިފޯނު ޕްރޯ 14، 1 ޓީބީއާ ހަމައަށް އިންޓަނެޓް ޑޭޓާ އަދި ގިފްޓު ވައުޗަރު ހިމެނޭ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު ދެ ފަހަރު ހަދިޔާ ފޮށި ހުޅުވައިގެން ހަދިޔާ ހޯދޭނެ،" އުރީދޫ އިން ބުނެ އެވެ.

އުރީދޫ އިން ވަނީ މީގެ އިތުރުން ވެސް އައު ޑޭޓާ ޕެކުތަކެއް ވެސް ރޯދައާ ގުޅިގެން ތައާރަފުކޮށްފަ އެވެ. އޭގެ އިތުރުން އާޗާ 500ގެ ޕެކޭޖު އެކްޓިވޭޓުކޮށްގެން ކޮންމެ ދުވަހަކަށް 2 ޖީބީ ޑޭޓާ، އާޗާ 750 ގެ ޕެކޭޖު އެކްޓިވޭޓުކޮށްގެން ކޮންމެ ދުވަހަކަށް 6 ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާގެ 500ރ. ގެ ޕެކޭޖު ނަގައިގެން ލިބޭ 35 ޖީބީ ޑޭޓާ އާއެކު ރޯދަ ހަދިޔާ އަށް ބޭނުން އެއްޗެއް ގަނެލަން 200ރ. ގެ ގިފްޓު ވައުޗަރެއް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.

ހަމައެހެންމެ، ރޯދަ މަހު އުމްރާއަށް ދާ ދިވެހިންނަށް ހާއްސަ ރޯމިން އަގުތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް އުރީދޫ އިން މައުލޫމާތު ދެއެވެ. އެގޮތުން، އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ގޮސް ޕާސްޕޯޓު ސިމް އެކްޓިވޭޓު ކޮށްގެން، އެންމެ އަގުހެޔޮ ރޯމިން ރޭޓުތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ އަކީ އަބަދުވެސް ހިދުމަތް ހޯދާ ފަރާތްތަކަށް ތަފާތު ލުއިފަސޭހަތައް ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox