41 އަހަރުގެ އިބްރަހިމޮވިޗަށް ރެކޯޑެއް، އެކަމަކު މިލާން މޮޅެއް ނުވި

Mar 19, 2023, 7:00 AM
41 އަހަރުގެ އިބްރަހިމޮވިޗަށް ރެކޯޑެއް، އެކަމަކު މިލާން މޮޅެއް ނުވި

މިލާން (މާޗް 19) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން އުދިނޭޒީ އަތުން 3-1 އިން އޭސީ މިލާން ބަލިވި މެޗުގައި ޖެހި ލަނޑާ އެކު، މިލާންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އާ ރެކޯޑެއް ހަދަައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މިލާނަށް ލިބުނު ޕެނަލްޓީއަކުން އިބްރަހިމޮވިޗް ،41، ވަނީ ލަނޑު ޖަހައިފަ އެވެ. އިބްރަހިމޮވިޗް ފުރަތަމަ ޖެހި ޕެނަލްޓީ އުދިނޭޒީގެ ކީޕަރު، މާކޯ ސިލްވޭސްޓްރީ މަތަކުރި އެެވެ. އެކަމަކު، އިބްރަހިމޮވިޗް ޕެނަލްޓީ ފޮނުވާލިއިރު، އުދިނޭޒީ ކުޅުންތެރިން އޭރިއާތެރެއަށް ވަނުމުން ދެ ވަނަ ފަހަރަށް ޖަހަން ދިނުމާ އެކު އޭނާ ގޯލަށް ބޯޅަ ފޮނުވާލި އެވެ. މި ލަނޑާއެކު، އިބްރަހިމޮވިޗަކީ އިޓާލިއަން ސީރިއާގެ ތާރީހުގައި ވެސް މިހާތަނަށް ލަނޑެއް ޖެހި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއެވެ.

މިއީ، ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އަކަށް ފަހު އަލުން އިބްރަހިމޮވިޗް ކުޅެން ފެށި ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގައި އިބްރަހިމޮވިޗަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އޮލިވިއޭ ޖިރޫ ސަސްޕެންޝަނެއްގައި ހުރުމުންނެވެ.

އިބްރަހިމޮވިޗް މިލާނަށް ލަނޑު ޖެހީ މެޗުގެ ކުރީކޮޅު އުދިނޭޒީގެ ރޮބާޓާ ޕެރޭރާ ޖެހި ލަނޑުން އެ ޓީމުން ލީޑު ހޯދާފައި ވަނިކޮށެވެ. އަދި އިބްރަހިމޮވިޗް މިލާނަށް އެއްވަރުކޮށްދިންތާ މިނިޓެއްހާއިރު ފަހުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެޓޯ ޖެހި ލަނޑުން އުދިނޭޒީ އިން އަލުން ލީޑު ހޯދިއެވެ.

އުދިނޭޒީގެ ތިން ވަނަަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި ޖެހީ ކިންގްސްލީ އެހިޒީބޭ އެވެ.

މި މެޗުން ބަލިވުމުން މިލާން އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. މި މެޗުން މޮޅުވެ އުދިނޭޒީ ވަނީ ތާވަލްގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox