ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ނިންމި ނަމަވެސް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކަނޑަނާޅާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖޭޕީގެ އަސާސީ ގަވާއިދު މީގެ ކުރިން އޮންނަ ގޮތުންނަމަ އެ ޕާޓީގެ ލީޑަރަކީ އޮޓޯއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެއާއެކު ބެލެވިފައި އޮތީ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރުގެ މަގާމުގައި ހުންނެވި ގާސިމް ކަަމަށެވެ.
ނަމަވެސް، ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްއިން ފާސްކޮށްފައިވާ އާ ގަވާއިދުގައި ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމުގެ އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ވިދާޅުވި އެވެ.
އަލީ އާރިފް އަދަދު ނޫހަށް ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ނަމަވެސް ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
"އެކަން ކަނޑައަޅާނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަށް ވުމަށް އެދި ޕާޓީގެ މެންބަރުންނަށް ހުޅުވާލުމުން ކުރިމަތިލުމުން ލާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން،" އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވެވަޑައިގެން ޖޭޕީއާ ގުޅިވަޑައިގެން ހުންނެވި އަލީ އާރިފު ވިދާޅުވި އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޕާޓީގެ ކައުންސިލަށެވެ. އެހެން ރިޔާސީ ޕްރައިމަރީއަށް ވޯޓު ދޭނީ ކައުންސިލްގެ މެމްބަރުންނެވެ.
މުހިންމު ބައެއް ހަބަރު
- ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 51 އިންސައްތަ ވޯޓު ހޯއްދަވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމުމާ ގުޅިގެން، ދެން ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
- މި ސަރުކާރު ވެރިކަމަށް ގެންނަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަސައްކަތް ކުރީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި، ދައުރު ހަމަވުމުގެ ކުރިން އެ ކޯލިޝަނުން ޖޭޕީ ބޭރުކުރާނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
- އަންހެން ފަނޑިޔާާރުންނާއި ފިރިހެން ފަނޑިޔާރުން މިންތީގެ ގޮތުން ހަމަހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާާބުވި ކަމަށް ވާނީ އެކަމުގެ ތަފާސްހިސާބުތަކަށް ބަލަން ނުޖެހޭ ދުވަހަކުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވި އެވެ.
- ބަންޑާރަ ގޯއްޗެއްގެ މިލްކުވެރިކަން މީގެ 40 އަހަރު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
- ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރު ކާމިޔާބު ނުވެއްޖެ ނަމަ ދެވަނަ ބުރެއް ބާއްވާ ހާލަތެއްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަކީ 'ޗޮއިސް' އެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެއްބަސްވެއްޖެ އެވެ.
- ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ދުވަހުގެ ކޯޓޭޝަން
އެއާޕޯޓާއެކު ފަރެސްމާތޮޑާ އަށް މިހާރު ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ކުރިއަށް ދެން އޮތީ މާ ފަހި ދުވަސްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި އެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ؛
މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް ދެން އޮތީ އަދި މާ ފަހި ދުވަސްތަކެއް. މިރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. މިރަށުގައި އެންމެ އަވަހަށް ފުޅާވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ހިދުމަތް. ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރި އާއި އެނޫން ވިޔަފާރިތަކަށްވެސް މި ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް. މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން، ނުސީދާ ގޮތެއްގައި އުފެދޭ އިޤްތިޞާދީ ޙަރަކާތްތަކާއި އިތުރު ވަޒީފާތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް."
ދުވަހުގެ ފޮޓޯ

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުނިފޫހިފިލުވައި ދިނުމުގެ ހަރަކާތެއް ހުށަހަޅައި ދެނީ. -- ފޮޓޯ: ރައީސް އޮފީސް












