ސެލަނިޓާނާއާ އެއްވަރުވެ މިލާނުން ފުރުސަތު ނަގާލައިފި

Mar 14, 2023, 5:14 AM
ސެލަނިޓާނާގެ ތިން ކުޅުންތެރިން ކައިރިން މިލާނުގެ ޖިރޫ ބޯޅަ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

ސެލަނިޓާނާގެ ތިން ކުޅުންތެރިން ކައިރިން މިލާނުގެ ޖިރޫ ބޯޅަ ހިފައިގެން.--- ފޮޓޯ: އޭއެފްޕީ

މިލާން (މާޗް 14) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އޭސީ މިލާން ރޭ ކުޅުނު މެޗުން ސެލަނިޓާނާއާ 1-1 އިން އެއްވަރުވެ، ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު ފުރުސަތެއް ނަގާލައިފި އެވެ.

ރޭގެ މެޗުން މިލާން މޮޅުވިނަމަ، ދެ ވަނައިގައި އޮތް އިންޓަ މިލާނާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ތިން ވަނަ އަށް ޖެހިލެވޭނެ އެވެ. އެކަމަކު، އެއްވަރުވުމުން މިލާން އޮތީ ހަތަރެއްގަ އެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 26 މެޗުން 68 ޕޮއިންްޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ އަށް 26 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ލާޒިއޯ އޮތީ 26 މެޗުން 49 ޕޮއިންޓާ އެކު އެވެ. ހަތަރު ވަަނައިގައި އޮތް މިލާނަށް ލިބިފައިވަނީ 26 މެޗުން 48 ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން 11 އަހަރަށް ފަހު ފުރުސަތު ހޯދި މިލާން ރޭގެ މެޗު ފަށައިގެން ސެލަނިޓާނާ ކައިރީގައި ރަނގަޅަށް ކުޅުނެވެ. އެކަމަކު، ސެލަނިޓާނާ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިފަ އެވެ.

މިލާނުން މި މެޗުގައި ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިސްމާއިލް ބެނަސިއާ ނެގި ކޯނަރަކުން އޮލިވިއޭ ޖިރޫ ބޮލުން ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭގައި މިލާނަށް ލީޑުފުޅާކޮށްދޭން ރަފައެލް ލެއާއޯ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ސެލަނިޓާނާ އިން އެއްވަރުކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. މިއީ ޑޮމަގޯއި ބްރަދަރިޗް އޭރިއާ އެތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި ބުލާއޭ ޑިއާ ޖެހި ގޯލެކެވެ.

އަލުން ލީޑުނަގަން މިލާނުން ކުރި މަސައްކަތުގައި މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމުގެ ބެނަސިއާ އަށް ފައުލެއް ކުރި ކަމަށް ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ޕެނަލްޓީ ދޭން ނުޖެހޭ ކަމަށެވެ.

ބަދަލަކަށް ކުޅެން އެރި، މިލާނުގެ ތަޖުރިބާކާރު ފޯވާޑް، ޒަލަޓާން އިބްރަހިމޮވިޗްގެ ބައިވެރިވުން އޮވެގެން، ލެއާއޯ ފޮނުވާލި ހަމަލާއެއް ސެލަނިޓާނާ ކީޕަރު، ގިލެރްމޯ އޮޗޯއާ ވަނީ ހުއްޓުވައިފަ އެވެ. އަދި ފަހުން މިލާނުގެ އަލެސަންދްރޯ ފްލޮރެންޒީ ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރިއިރު، ސެލަނިޓާނާ އަށް ލީޑުނަގައިދޭން ކުރިން މިލާނަށް ކުުޅުނު ޕޮލެންޑްގެ ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް ޖެހި ޝޮޓް ކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ.

މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނީ ލިބުނު ފުރުސަތުތަކަށް ބަލާއިރު، މިއީ މޮޅުވެވެން ޖެހޭނެ މެޗެއް ކަމަށެވެ. އަދި މިލާނުން ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގައި ފަރުވާ ބަހައްޓައިގެން ކުޅެން ޖެހޭ ކަމަށް ޕިއޯލީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox