ސިނަމާލެ ބްރިޖުގެ އެއާޕޯޓު ލައިޓު ސަރަހައްދުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަަން އިން މީހާއަށް އަނިޔާވެގެން މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓު ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 7:49 ހާއިރު ކަަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި އެކްސިޑެންޓު ހިނގި ވަގުތުގެ ވީޑިއޯއެއް މިހާރު ދައުރުވަމުން އަންނަ އިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. އެކްސިޑެންޓު ހިނގަން މެދުުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

އެކްސިޑެންޓު ހިނގީ ހުޅުމާލެއިން ގިނަ ބަޔަކު މާލެއަށްދާ ގަޑިއެއްކަމުން ބްރިޖާއި ހައިވޭ ވަރަށް ބާރުބޮޑު ވަގުތެއްހަ އެވެ.













