އާސިރު އަށް ވީ ގޮތް ނުހޯދެނީ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ: ފުލުހުން

އާސިރު އަށް ވީ ގޮތް ނުހޯދެނީ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ: ފުލުހުން

މިދިޔަ މަހު ހަތް ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަނިކޮށް 12 ދުވަސް ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތެރެއިން ފެނުނު ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އަށް ވީ ގޮތެއް މިހާތަނަށް ހޯދިފައި ނުވަނީ އޭނާގެ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް ސުވާލުކުރުމުން އާސިރުގެ މައްސަލައިގެ ތަހުގީގު ހިނގި ގޮތް ކިޔައި ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ފެބްރުއަރީ 17 ގައި އެއާޕޯޓުން އާސިރު ފެނިފައިވަނީ އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ 'ބްލައިންޑް ސްޕޮޓަކުން' ކަމަށެވެ.

އާސިރުގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށް ބުނެ ތަހުގީގުގެ ބައެއް ތަފުސީލުތައް ސިއްރުކުރި ނަމަވެސް އޭނާ ހޯދުމަށް ހިންގި ތަހުގީގުގެ ޓައިމްލައިން ފުލުހުން މިއަދު ހިއްސާކުރި އެވެ.

އެގޮތުން ޝުޖާއު ވިދާޅުވީ، އާސިރު ހޯދުމަށް އެއާޕޯޓާއި މާލެ ސަރަހައްދުން ލިބެން ހުރި ކެމެރޭ ފޫޓޭޖާއި، މާލެ ސަރަހައްދުގެ ގެސްޓްހައުސް ތަކުގެ އިތުރުން މުޅި އެއާޕޯޓުވެސް ބަލާ ފާސްކުރި ނަމަވެސް މިހާތަނަށް އެ ތަހުގީގަށް ލިބުނު އެއްވެސް މައުލޫމާތަކުން އޭނާ ގެއްލުނު 12 ދުވަހު ވީގޮތް ހޯދިފައި ނުވާ ކަމަށެވެ.

"އާސިރު ފެނުނު ހިސާބުން އަޅުގަނޑުމެންގެ ވިކްޓިމް ސަޕޯޓާއި އާއިލާއާ ގުޅިގެންވެސް އެދިޔަ ދުވަސްތަކުގައި އޭނާ ވީ ތަނެއް އިނގޭތޯ ބަލަން މަސައްކަތް ކުރެވުނު، އެހެން ނަމަވެސް އޭނާ އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް" ޝުޖާއު ވިދާޅުވި އެވެ.

އަދި، އާސިރު ވާހަކަ ނުދައްކަނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކަން އެނގުމުން އޭޑީކޭގައި ހުރި އެފަދަ ކޮންސަލްޓަންޓަކަށް އޭނާ ދެއްކި ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

"(ކޮންސަލްޓަންޓު) އަޅުގަނޑުމެންނަށް ލަފާދީފައި އޮތީ އަދި މިވަގުތު އޭނާއަށް އެވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް، އެހެން ނަމަވެސް އަދިވެސް މަސައްކަތް އެބަކުރަން އިތުރު ބޭފުޅަކާ ވާހަކަދައްކައިގެން އަދި އޭނާ ހަމަޖެހޭ ވަގުތަކުން އަޅުގަނޑުމެންނަށް އެ މައުލޫމާތު އޭނާގެ ފަރާތުން ލިބޭތޯ."

އާސިރު ގެއްލިގެން ހޯދަމުންދިޔަ އިރުވެސް އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާހޯދާ މީހެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން ބައްޔެއް ކަމެއް މިހާތަނަށް ކަށަވަރު ވެފައެއް ނުވެ އެވެ.

މައްސަލައިގެ ފަސްފަހަތް

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އާސިރު ގެއްލުނުކަން ރިޕޯޓުކުރުމާއެކު އޭނާ ހޯދުމަށް ފުލުހުން ކުރި ތަހުގީގު ތެރެއިން އާސިރު ޓެކްސީއެއްގައި ގޮސްް އެއާޕޯޓު ޓާމިނަލަށް ފައިބާ މަންޒަރު އެއާޕޯޓުގައި ހުރި ކެމެރާއަކަށް އެރުމާއެކު އޭނާ ހޯދުމުގެ ތަހުގީގު އެއާޕޯޓަށް އަމާޒުވި އެވެ.

\އެއަށްފަހު އޭނާ އެއްވެސް ތަނަކަށް ވައިގެމަގުންް ނުވަތަ ކަނޑުމަގުން ނުފުރާކަމުގެ ޔަގީންކަން އޮތްކަން އޭރުވެސް ފުލުހުން ދިންއިރު، މިއަދުވެސް ޝުޖާއު ވަނީ އެ ވާހަކަ ތަކުރާރުކުރައްވާފަ އެވެ.

ތަހުގީގު ތެރެއިން އާސިރު އެއާޕޯޓަށް ދިޔަ ކަމަށް ބުނާ ޓެކްސީ ޑްރައިވަރު ހޯދާ އޭނާއާވެސް ފުލުހުން ސުވާލުކުރި އެވެ. މި ތަހުގީގަށް މާލޭގެ ބައެއް ސަރަހައްދުތަކާއި އެއާޕޯޓުގައި ހަރުކޮށްފައިހުރި ކެމެރާތަކުގެ 150 ގަޑިއިރަށް ވުރެ ގިނަ ފޫޓޭޖު ބެލި ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox