ހުލާސާކޮށް އިއްޔެ: ތިން މަރު

Feb 27, 2023, 1:47 AM
ައަޒުލިނާގެ ގާތިލް ޒުހައިރު

ައަޒުލިނާގެ ގާތިލް ޒުހައިރު

މީގެ 22 އަހަރު ކުރިން މަރާލި އަޒުލިނާ ނަފީސްގެ ގާތިލް މަރުވެފައި އޮއްވާ ފެނުނުއިރު، އިއްޔެ ހަވީރު ވެއްޓަނު ރުކަކުން ޖެހުނު ބިދޭސީއަކު މަރުވި އެވެ. އަދި ވަޅިން ހަމަލާ ދީ ޒަހަމްކޮށްލި މީހާ ވެސް ރޭ ވަނީ މަރުވެފަ އެވެ.

ކ. ދިއްފުށީގައި ދިރިއުޅެމުން ގެންދާ އަބްދުﷲ ޒުހެއިރު މަރުވެފައި އޮތީ އެ ރަށުގެ އުތުރުފަރާތު އަތިރިމަތީގައި ޖޯއްޔެއްގެ ތެރޭގަ އެވެ. އޭނާގެ މަރުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ.

ޒުހައިރު، އަޒުލީނާ މަރާލީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ 2002 ވަނަ އަހަރު އެވެ. ދެހާސް ތޭރަ ވަނަ އަހަރު މިނިވަންވުމަށް ފަހު، މާލޭގައި ދުވަސްތަކެއް ވަންދެން ދިރިއުޅެމުން ބަދަލުވީ ދިއްފުއްޓަށެވެ.

ބިދޭސީ މީހަކު އިއްޔެ މަރުވީ ތ. ބުރުނީގައި އިއްޔެ ހަވީރު ރުއްތަކެއް ނެގުމުގެ މަސައްކަތް ކުރަނިކޮށް ވެއްޓުނު ރުކަކުން ޖެހި އެވެ. އޭނާގެ އިތުރުން ތިން ބިދޭސީ އަކަށް އަނިޔާވި އެވެ. އެ ހާދިސާގައި މަރުވީ މީހަކީ ވެސް، އަދި ޒަހަމްވީ ތިން މީހުންނަކީ ވެސް އެ ރަށުގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފުންނެވެ.

ޒަހަމްވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް މީހާއަކީ ބަންގްލަދޭސްގެ މީހެކެވެ.

ފަރުވާ ދިނުމަށްޓަކައި އެ އެންމެން ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުއްރައޫފު ރޭ ވިދާޅުވީ އެ މީހުން ހޮސްޕިޓަލަށް ގެނައިއިރު ވެސް އެކަކު އޮތީ މަރުވެފައި ކަމަށެވެ. އަދި އަނެއް ތިން މީހުން ވެސް ހާލު ވެސް ކްރިޓިކަލް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮލަށް އަނިޔާވެފައި ހުރީ. އަދި ހަށިގަނޑުގެ އެތެރެއަށް ލޭއެޅިފައި ހުރީ. ދެ މީހެއްގެ ހާލަތު ވަރަށް ކްރިޓިކަލް. އަނެއް މީހާގެ ހާލު ވެސް ރަނގަޅެއް ނޫން،" ތޯހިރު ވިދާޅުވި އެވެ.

މި ދެ ހާދިސާގެ އިތުރުން، ހުކުރު ދުވަހުގެ ރޭ މާލޭ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދިން ޒުވާނާ ރޭ ވަނީ އައިޖީއެމްއެޗްގައި މަރުވެފަ އެވެ. އައްޑުއަށް ނިސްބަތްވާ 30 އަހަރުގެ އެ ޒުވާނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިޖަހާފައިވާއިރު، ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގަ އެވެ.

މުހިންމު ބައެއް ހަބަރު

  • ހުކުރު ދުވަހުގެ ރޭ މާފަންނު ބީޖީ ގަރާޖު ކައިރީ ހުރި ފިހާރައެއްގެ ތެރެއަށް ވަދެ މީހެއްގެ ގަޔަށް ވަޅި ޖަހައި މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހި އެވެ.
  • ފުލުހުން ހިންގާ މުހިންމު އޮޕަރޭޝަންތަކުގައި ބޭނުންކުރާ ކަރަންޓު ޝޮކު ޖައްސާ ޓޭޒާ ބަޑި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
  • މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގެއްލުނު މުހައްމަދު ލިޓަންގެ ހަށިގަނޑު އަދި ނުފެނުނު ނަމަވެސް އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރާ މުހައްމަދު ނިޒާމުގެ މައްޗަށް ލިޓަން މަރާލުމުގެ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
  • ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
  • ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާ ގޮނޑީގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ގައި ބާއްވަން ނިންމައިފި އެވެ.
  • ވެމްކޯގެ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް އަންނަ މާޗު މަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެފި އެވެ.

ދުވަހުގެ ކޯޓޭޝަން

ވެމްކޯގެ ބިލުތަކުގެ އޮނިގަނޑު އަލުން އެކުލަވާލައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވި އެވެ. ފީގެ ގޮތުގައި އެ ކުންފުނިން މިހާރު ނަގަމުންދާ އަގަކީ މަސައްކަތް ކުރުމަށް ހިނގާނެ ހަރަދުތައް ބަލައިގެން އެކުލަވާލައިފައި އޮތް އޮނިގަނޑެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު އެކަން ކޮށްފައި އޮތީ މަސައްކަތް ކުރުމަށް ދާނެ ހަރަދަށް ބަލައިގެނެއް ނޫން، އެކަމަކު ބިލުތައް ރީސްޓްރަކްޗާ ކުރިޔަސް ގޭބިސީތަކުން ނަގާ ފީއަކަށް ހަމަ ޔަގީނުންވެސް ބަދަލެއް ނާންނާނެ،"

ދުވަހުގެ ފޮޓޯ

ސސ
ސސ

ފަސް ސެޓު ކުޅެގެން މެލޭޝިއާ ކަޓުވާލުމަށް ފަހު ގައުމީ އަންހެން ވޮލީ ޓީމު ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދި މެޗްގައި ދިވެހި ޓީމުގެ ކުޅުންތެރިޔަކު ރޭ އުފާފާޅުކުރަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox