ދެ ހާސް އެއްވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ ގާތިލް އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ކ. ދިއްފުށީގައި ދިރިއުޅެމުން ގެންދާ ޒުހެއިރު ފެނުނީ އެ ރަށުގެ އުތުރުފަރާތު އަތިރިމަތީގައި ޖޯއްޔެއްގައި އޮއްވަ އެވެ. އޭނާގެ މަރުގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ.
އެޕްރީލް 5, 2001 ވަނަ ދުވަހު ވަރަށް އަނިޔާވެރިކޮށް އަޒްލީނާ މަރާލާފައި އޮއްވައި ފެނުނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގެ ފާހާނާ ތެރޭގަ އެވެ.
ޒުހައިރުގެ މައްޗަށް އަޒްލީނާ މަރާލިކަމުގެ ދައުވާ ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ 2002 ވަނަ އަހަރު އެވެ.
އޭނާ 2013 ވަނަ އަހަރު މިނިވަންވުމަށް ފަހު، މާލޭގައި ދުވަސްތަކެއް ވަންދެން ދިރިއުޅެމުން ބަދަލުވީ ދިއްފުއްޓަށެވެ.

ޒުހެއިރުގެ މަރާ ގުޅިގެެން ބަލަންވާ ކަންކަން މިހާރު އަންނީ ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ.













