ޑާކްރެއިންގެ "ހިންދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބަށް

ޑާކްރެއިންގެ "ހިންދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބަށް

މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ހިނދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބުގައި ރިލީޒްކޮށް ސްޓްރީމް ކުރަން ފަށައިފި އެވެ.

އަހުމަދު ތޮލާލް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ އެ ފިލްމަކީ މީހެއްދެކެ ލޯބިވާ ދަނޑިވަޅެއްގައި އަމިއްލަ ނަފުސު އިހުތިޔާރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައި ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

އެ ފިލްމުގެ މުހިންމު ރޯލުތަކުން ފިލްމީ ދާއިރާގައި މިހާރު ފިޔަ ޖަހަމުން އަންނަ އަލިގަދަ ތަރި، އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފުއްދީން އަބްދުﷲ ގެ އިތުރުން ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު އެކްޓަރު، ރަވީ ފާރޫގު ފެނިގެންދެ އެވެ. އާދަޔާހިލާފު ސިނަމެޓޯގްރަފީއެއް ފެނިގެންދާ ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ މުހައްމަދު އަލީ އަދި އައިޝަތު ފުވާދު ތައުފީގު އެވެ.

"ހިނދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބާއި އެމްއެސްޓީވީ އަދި އެމްއެސް ލައިޓަށް ރިލީޒް ކޮށްފައިވާއިރު، ސްމޯލް ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މާޗު، 23 އިން ފެށިގެން ފޯނުން އެ ފިލްމު ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

ވީޑިއޯކުލަބުން "ހިނދުކޮޅެއް" ރިލީޒްކުރިއިރު، މީގެ ދުވަސްކޮޅެއް ކުރިން މީޑިއާނެޓުން ވަނީ ދިވެހި ސީރީޒް "ހައްޔަރު" ވެސް ދައްކަން ފަށައިފަ އެވެ. ޖުމްލަ 15 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ، އެ ސަސްޕެންސް ތްރިލާގެފަސް އެޕިސޯޑު މިހާރު ބޮޑު ސްކްރީނަށް ރިލީޒް ކޮށްފައިވާއިރު، އާ އެޕިސޯޑު ރިލީސް ކުރާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުރާސްފަތި ދުވަހު އެވެ. ފޯނުން ވީޑިއޯކުލަބުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އާ އެޕިސޯޑު ބަލާލެވޭނީ ބޮޑުސްކްރީނަށް އެޕިސޯޑު ނެރޭތާ އެއްހަފުތާ ފަހުންނެވެ.

އޭގެއިތުރުން ވީޑިއޯކުލަބަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މީޑިއާނެޓުން ދަނީ އެނިވާސަރީ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ. މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާނެ އެވެ. ފަސް ހަފުތާއަށް ކުރިއަށް ގެންދާ އެ ޕުރޮމޯޝަނުގައި ވީޑިއޯކުލަބަށް ސަބްސްކުރައިބް ކޮށްގެން ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަނުގައި ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމެއްގެ ގޮތުން މީޑިއާނެޓުން ވަނީ އިތުރު ބައިވެރިއަކާއެކު ދެ ދުވަހަށް މާލެ އަތޮޅުގެ ގެސްޓްހައުސްއެއްގައި ހިލޭ ހުރުމާއި ކެއުން އަދި ދެކޮޅު ޓްރާސްފާ ހަމަޖައްސާފަ އެވެ.

މީޑިއާނެޓުގެ ވެބްސައިޓު މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކުރައިބު ކޮށްލައިގެން ވީޑިއޯކުލަބު މެދުވެރިކޮށް "ހިނދުކޮޅެއް" އަދި "ހައްޔަރު" ވެސް ބަލައިލެވޭނެ އެވެ. އަދި ވީޑިއޯކުލަބުގެ އެނިވާސަރީ ޕްރޮމޯޝަނުގައި ވެސް ބައިވެރިވެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox