ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗު މިފަހަރު މީޑިއާނެޓުން ދައްކާނެ

Feb 26, 2023, 3:17 AM
ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗު މިފަހަރު މީޑިއާނެޓުން ދައްކާނެ

ކަރަބާއޯ ކަޕްގެ ފައިނަލް މެޗުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ ފޯރިގަދަ މެޗު މީޑިއާނެޓުގެ އައިސް ސްޕޯޓްސް ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ލައިވްކޮށް ޓީވީ އަދި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.

މީގެ ކުރިން މި މެޗު ބަލަން ސްޓްރީމް ކުރަންޖެހުނު ނަމަވެސް މިއަހަރު ސްޓްރީމްކުރާ ލިންކެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ. އެ މެޗު ފަށާނީ މިރޭ 9:30 ގައެވެ.

ކަރަބާއޯ ކަޕަކީ 1960 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޒަމާންވީ ފުޓުބޯޅަ މުބާރާތެކެވެ. ޕްރިމިއާ ލީގާއި އެފްއޭ ކަޕާއެކު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑު ތިން މުބާރާތުގެ ތެރޭގައި ހިމެނޭ ކަރަބާއޯ ކަޕަކީ ޖުމްލަ 92 ޓީމު، ނޮކްއައުޓް އުސޫލުން ވާދަކުރާ މުބާރާތެކެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފާއިތުވި އަހަރުގެ ޗެމްޕިއަން، ލިވަޕޫލް އެވެ. އެ ކުލަބުން ކަރަބާއޯ ކަޕު ނުވަ ފަހަރު އުފުލާލައިފައިވެ އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފައިނަލް މެޗުގައި ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑުން ވަނީ މުބާރާތުގެ ފައިނަލުގައި މީގެ ކުރިން 9 ފަހަރު ވާދަކޮށްފަ އެވެ. ނިއުކާސަލް ފައިނަލުގައި ކުޅެފައި ވަނީ އެއްފަހަރެވެ.

މި ފޯރިގަދަ މެޗު މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދޭއިރު ފުޓުބޯޅައިގެ އިތުރު މުބާރާތްތަކުގެ މުހިންމު މެޗުތައް ވެސް އައިސްގެ ޗެނަލްތައް މެދުވެރިކޮށް ފެނިގެންދާނެ އެވެ. އެގޮތުން ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލް އަދި ފައިނަލް މެޗުވެސް މިފަހަރު މީޑިއާނެޓު ކަސްޓަމަރުންނަށް ލައިވްކޮށް ޓީވީ އަދި ފޯނުން އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެޓީމުން ވެސް ދަނީ މެޗަށް ނުކުތުމަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑް

މިވަގުތު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ފޯމުގައި އޮތް ޓީމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ޖަވާބަކަށް ވާނީ ޔަގީނުންވެސް މެންޗެސްޓާ ޔުނައިޓެޑެވެ. މިވަގުތު ޕްރިމިއާ ލީގު ޓޭބަލްގެ ތިން ވަނައިގައި ޔުނައިޓެޑް އޮތްއިރު، ޔޫރޮޕާ ލީގުގެ ނޮކްއައުޓް މެޗުގައި ސްޕެއިންގެ ވަރުގަދަ ބާސެލޯނާގެ މައްޗަށް ވެސް ޔުނައިޓެޑުން ވަނީ ކުރިހޯދައިފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށް ދިޔަފަހުން، މި ޓީމު ފެންނަނީ އިތުރަށް ވަރުގަދަކޮށްނެވެ. އެގޮތުން ލީގުގައި މިހާތަނަށް 14 ގޯލު ޖަހާދީފައިވާ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑާއި މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުން ދާ ބްރޫނޯ ފެނާންޑޭޒް ފާހަގަކޮށްލެވެ އެވެ.

މެންޗެސްޓާ ޔުނައިޓެޑު ފައިނަލަށް ދަތުރުކުރީ ސެމީގައި ނޮޓިންގްހަމް ފޮރެސްޓް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ މީގެ ކުރިން ފަސް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފަ އެވެ.

ނިއުކާސަލް ޔުނައިޓެޑް

ނިއުކާސަލްއިން އަންނަނީ މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިފަހުގެ ތާރީހުގައި ވެސް މިއީ ނިއުކާސަލް ދުށް އެންމެ ކާމިޔާބު ސީޒަންކަން ޔަގީނެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައޫދީ ވިޔަފާރިއަކުން ކުލަބު ގަތުމަށްފަހު، މުހިންމު ކުޅުންތެރިންތަކެއް ވަނީ އެޓީމަށް ގެނެސްފަ އެވެ. މީގެއިތުރުން އެ ކުލަބުގެ ކޯޗު، އެޑީ ހަވީ ފާހަގަކޮށްލެވެނީ މިވަގުތު ތިބި ޒުވާން ކޯޗުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ކޯޗުގެ ގޮތުގަ އެވެ.

ޓީމުގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، ގޯލް ކީޕަރު، ނިކް ޕޯޕްއާއި ޑިފެންސްގައި ކުޅެމުން އެޓޭކްތަކުގައި ވެސް ނުރައްކާ ކުރަމުންއަންނަ ޓީމުގެ ކެޕްޓަން، ކެއިރަން ޓްރިޕިއާ އަދި ގޯލާއި ރައްޓެހި ފޯވަޑް މިގުއެލް އަލްމިރޮން ފާހަގަކޮށްލެވެ އެވެ. ނިއުކާސަލް މީގެކުރިން މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަމައެކަނި 1976 ވަނަ އަހަރުއެވެ. އެފަހަރު އެޓީމު ވަނީ ފައިނަލުގައި ބަލިވެފަ އެވެ.

މީޑިއާނެޓުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހިން ޝައުގުވެރިވާ އަދި ބޭނުންވާ މިފަދަ ފޯރިގަދަ މުބާރާތްތަކާއި އެހެނިން ކޮންޓެންޓުތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox