މަސައްކަތުގެ މާހައުލުގެ ސަލާމަތުގެ ބިލު ބޮޑު ބަދަލެއް ނުގެނެސް ފާސްކޮށްދިނުމަށް އެދިއްޖެ

ބިދޭސީއަކު މަސައްކަތުގައި؛ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު ހުށަހެޅުމުން ޓްރޭޑް ޔޫނިއަނުން ވަނީ މަރުހަބާ ކިޔާފައި-- ފޮޓޯ: އަދަދު ފައިލް

ބިދޭސީއަކު މަސައްކަތުގައި؛ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު ހުށަހެޅުމުން ޓްރޭޑް ޔޫނިއަނުން ވަނީ މަރުހަބާ ކިޔާފައި-- ފޮޓޯ: އަދަދު ފައިލް

ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާ ގުޅޭ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން މަސައްކަތެރިންނާ ގުޅޭ ޖަމިއްޔާ, ޖަމާއަތްތައް ތަމްސީލުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން މަރުހަބާ ކިޔައިފި އެވެ.

މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ ބިލް މަޖިލީހަށް ހުށަހަޅައި ބަހުސް ވަނީ ފަށައިފަ އެވެ.

އެމްޓީޔޫސީއިން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް މުހިންމު އަދި އަސާސީ ހައްގެއް ކަމަށެވެ.

"ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެކަށީގެންވާ މިންވަރަށް ބަޔާންވެފައި ނެތުމާއި ތަންފީޒުވަމުން ނުދިއުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ނުވެ އެތައް ހިތާމަވެރި ހާދިސާތަކެއް ހިނގާ، މަސައްކަތްތެރިންގެ ފުރާނަ ގެއްލި، މިފަދަ ހާދިސާތަކުން ލިބިފައިވާ ގެއްލުމުގެ ބަދަލު މަސައްކަތްތެރިންނާއި އާއިލާއަށް ލިބިފައި ނުވޭ،" ބަޔާނުގައިވެ އެވެ.

މި ފަދަ ބިލެއް ފާސްކުރުމަށް ފާއިތުވީ 10 އަހަރު ތެރޭގައި އެކި ސަރުކާރުތަކަށް ގޮވާލައިފައިވާ ކަން ފާހަގަކުރައްވައި ބަޔާނުގައި އިތުރަށް ބުނީ މަސައްކަތްތެރިންނަށް ގާނޫނީ ރައްކާތެރިކަން ލިބުމަކީ މުހިންމު ބޭނުންތެރިކަމެއް ކަމަށް ދެކޭ ކަމަށެވެ.

މި ބިލު މިހާރު އޮތް ގޮތަށް މާ ބޮޑު ބަދަލެއް ނުގެނެސް، ޓްރޭޑް ޔޫނިއަންގެ މަޝްވަރާއާއެކު ވީ އެންމެ އަވަހަށް ފާސް ކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.

މި ބިލަކީ ސަރުކާރުގެ ސްޓްރެޓިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ އަދި މި ސަރުކާރުން ވައުދުވެފައިވާ ސިޔާސަތުތަކާ ގުޅޭ ބިލެކެވެ. ބިލުގެ މަސައްކަތް ނިމި ގާނޫނަކަށް ބަދަލުވުމުން، ތަރައްގީވެފައިވާ ގައުމުތަކުން ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަން ލިބޭނެ މަގުފަހި ވެގެން ދާނެ އެވެެ.

މި ބިލުގެ އިތުރުން ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް އެކުލަވާލުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox