ސަޅި ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖިބީ ޑޭޓާ ލިބޭ ޕްލޭނެއް ދިރާގުން ތައާރަފުކޮށްފި އެވެ.
ސަޅި މަންތުލީ x 2 ގެ ނަމުގައި ތައާރަފުުރި އެ ޕްލޭނުގެ އަގަކީ އެންމެ 745ރ. އެވެ. އެ ޕްލޭނުގެ ދަށުން ޖުމްލަކޮށް މުޅި މަސް ތެރޭގައި 180 ޖީބީގެ ޑޭޓާ ލިބޭނެ އެވެ.
އޭގެއިތުރުން އެ ޕްލޭން އެކްޓިވޭޓު ކުރުމުން ދިރާގުގެ ހުރިހާ ނަންބަރުތަކަށް ހިލޭ ގުލާލެވޭނެ އެވެ.
ދިރާގު އެޕު މެދުވެރިކޮށް ވެސް އެސްއެމްއެސް މެދުވެރިކޮށް ވެސް އަދި ޔޫއެސްއެސްޑީ މެނޫ މެދުވެރިކޮށް ވެސް އެ ޕްލޭން އެކްޓިވިޓޭޓު ކޮށްލެވޭނެ އެވެ.
އެސްއެމްއެސް މެދުވެރިކޮށް ޕްލޭން އެކްޓިވޭޓު ކުރުމަށް S4GB30 ޖަހާފައި އެސްއެމްއެސް ކުރާނީ 343 އަށެވެ. ޔޫއެސްއެސްޑީ މެނޫއިން ޕްލޭން އެކްޓިވޭޓު ކުރުމަށް #123* ޖަހާފައި ޑައިލް ކޮށްލުމުން މެނޫ ފެންނާނެ އެވެ.
ދިރާގުގެ ސަޅި ޕްރިޕެއިޑުގެ ދަށުން މީގެ ކުރިންވެސް ތަފާތު ގިނަ ޕްލޭންތައް ތައާރަފުކޮށްފައިވެ އެވެ.
އޫކްލާގެ ސްޕީޑުޓެސްޓުތަކުން ދައްކާ ގޮތުގައި ދިރާގަކީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިން ކުންފުންޏެވެ.











