އެޑް ޝީރަން އާއި އެޑޭލް އިނގިރޭސި ޝާހީ ހުށަހެޅުން ބަލައިނުގަތް

ލަވަކިޔުންތެރިން އެޑް ޝީރަން އާއި އެޑޭލް އަދި އިނގިރޭސި ރަސްގެފާނު ޗާލްސް (މ).

ލަވަކިޔުންތެރިން އެޑް ޝީރަން އާއި އެޑޭލް އަދި އިނގިރޭސި ރަސްގެފާނު ޗާލްސް (މ).

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ "ކޮރޮނޭޝަން" ނުވަތަ ތާޖުކޮޅު އެޅުއްވުމުގެ ރަސްމިއްޔާތަށް ފަހު ލަވަކިޔުމުގެ ފުރުސަތު ދިނުމުން، އެޑޭލް އާއި އެޑް ޝީރަން އެ ހުށަހެޅުން ބަލައިނުގަތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ރަސްމިއްޔާތު އޮންނާނީ މޭ ހަތް ވަނަ ދުވަހު އެވެ. އެ ރަސްމިއްޔާތަށް ފަހު ބާއްވާ ކޮންސެޓުގައި އެޑޭލް އާއި އެޑް ޝީރަންގެ ހުށަހެޅުން ހިމެނުމަށް ރަސްގެފާނު ވަރަށް ބޭނުންފުޅުވި ކަމަށް އޯކޭ! މެގެޒިންގައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ އެޑް ޝީރަން ހުށަހަޅުން ބަލައިނުގަތީ އޭނާގެ ޝެޑިއުލް ޖާގަ ނުދޭތީ އެވެ. ކޮރޮނޭޝަން އޮންނަ ދުވަސްވަރަކީ އޭނާ އެމެރިކާގައި ޝޯތަކެއް ދޭން ރާވަފައިވާ ދުވަސްވަރެވެ.

މިދިޔަ ޖޫން މަހު އެޑް ޝީރަން ވަނީ އަވަހާރަވި ރާނީ އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރަން ބޭއްވި ހަފްލާގައި އޭނާގެ ލަވަ "ޕާފެކްޓް" ހުށަހަޅައިދީފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޝާހީ ގަނޑުވަރުގެ ހުށަހެޅުމަށް އެޑޭލް ވެސް ނޫނެކޭ ބުނެފައިވާ އިރު، ވަކި ސަބަބެއް އަންގާފައެއް ނުވެ އެވެ. އެހެންވެ، އެއީ ޝާހީ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާތީ ނިންމި ނިންމުމެއްގެ ގޮތުގައި ބައެއް މީހުން ދަނީ ސިފަކުރަމުންނެވެ.

ޑެއިލީ މެއިލް ނޫހުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ ޕޮޕް އަދި ސޯލް ލަވަތަކުގެ ލެޖެންޑް ލަޔަނެލް ރިޗީ ދަނީ ކޮންސެޓުގައި ހުށަހެޅުމާ މެދު ވިސްނަމުންނެވެ. އޭގެ އިތުރުން 1990 ގެ އަހަރުތަކުގައި މަގްބޫލުވި އިނގިރޭސި ޕޮޕް ބޭންޑް ސްޕައިސް ގާލްސްގެ ހުށަހެޅުން ފެންނާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox